ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހެއް ލިބުނީ އދ. އިން އިސްވެ އަދާކޮށްފައިވާ ދައުރުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ދުނިޔޭގައި ފާހަގަ ކުރާ އެކުވެރި ދައުލަތްތަކުގެ ދުވަހުގެ މުނާސަބަތުގައެވެ. ދައުލަތްތަކުގެ މެދުގައި ސުލްހަމަސްލަސްކަން ގާއިމް ކުރުމުގެ މަގްސަދުގައި 51 ގައުމެއް ގުޅިގެން ޔޫއެންގެ ނަމުގައި ބައިނަލްއަގްވާމީ ޖަމިއްޔާއެއް އުފެއްދީ އޮކްޓޯބަރު 24، 1945 ގައެވެ. މިހާރު ޔޫއެންގައި 200 އަށް ވުރެ ގިނަ ގައުމު ބައިވެރިވެއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ޖަމާއަތް ތައާރަފްވުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ މެދުގައި ސުލްހަމަސަލަސް ގާއިމް ކުރެވި ގައުމުތަކަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަންނަން ގުޅިގެން މަސައްކަތް ކުރުމުގެ ބައިނަލްއަގްވާމީ މައިދާނެއް ލިބިފައިވާ ކަމަށެވެ.

އދ. އިސްވެ މިއަދު އަދާ ކުރަމުންދާ ދައުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއިން އެކުވެރި ދައުލަތްތަކުގެ ދުވަސް ފާހަގަ ކުރަނީ އދ. ގެ ފަހުރުވެރި އަދި ހަރަކާތްތެރި މެންބަރެއްގެ ގޮތުގައި ދެމިހުރެގެން،" ރައީސް ސޯލިހް ލިޔުއްވާފައިވެއެވެ.

އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ދަފްތަރު ކުރެވުނީ ސެޕްޓެމްބަރު 21، 1965 ގައެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުން ނުވަތަ އަޅުވެތިކަމުން ރާއްޖެ މިނިވަންވެ މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބަލައިގަތްވާ ދެ މަހެއްހާ ދުވަސް ފަހުންނެވެ. އިނގިރޭސިންގެ ހިމާޔަތުގެ އެއްބަސްވުން އުވާލުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސީންނާ ދެމެދު ސޮއިކުރީ ޖުލައި 26، 1965 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Anonymous

  އދ. ގޯނިފުލަށް ލާން ބަނައިލް އަގުވަމީ މީޑިޔާތަކަށް ފޮނުވި މެސެޖެއް. އަސްލުވެސް ކިބުލަކީ ވަރަށް މަކަރުވެރި އެއްޗެއްް.

 2. ނަައީމް

  ކޮބާ ތާހިރުވެއްޖެއްނު ގަމާރުކަލޭގެ ދެއްކި ވާހަކަ ދިވެހި ރައްޔިތުން ދެކެ އެއްވެސް ލޯތްބެއް ކުލުނެއް ނުވާކަން މި ހާމަވެގެން ދިޔައީ އެކަމަކު ހިތާމަޔަކީ ދިވެހިންގެ ރައީސް އޭ ބުނަން ޖެހޭތީ

 3. ހުސޭނުބޭ

  ދެން ކަލޭ ތި ބުނަނީ އދ އިން ބުނެގެންނޭ ބައިތުލްމާލުން ވައްކަންކުރީ! އެކަންވެސް އދ ބޮލަށް ދޯ ތި ކަނޑާލަނީ!

  13
 4. Anonymous

  ސާބަހޭ. އަދިވެސް ވެރިކަން ކުރާތި..🌝🌝🌝🌝

 5. ޑަރޭ

  ވިޝަންއެއް މި ސްރާބެއް ނެތި އަމިއްލަ ސިކުޑިއެއް ނެތީމަ ވާނީތިހެން. ދެތިން ގައްދާރުން ވެގެން ގައުމެއްގެ ދުވަ ސް ތިދުއްވާލަނީ.

 6. އިންޑިއާ ބެސްޓް

  ދެންއެނޫން އެއްޗެކޭ ބުނަންޖެހޭތަ މަސަލާމަތް ވާނެގޮތް މަވެސް ހޯދަންޖެހޭނެދޯ މަށަކީ މާމޮޅު މީހެއްނޫންކަން އެނގޭނެދޯ ރާއްޖޭގެ ރައްޔިތުނަށް ދޮގުހަފައިގެންވެސް މަބޭނުންވަނީ ސަލާމަތްވާން ތެދުހެދުމަށްވުރެ ފޮގުހަދަން މަށަށްމާފަސޭހަ އެހެންވީމަ ގިނައިން ހަދަނީ ރޯބުހުތާދޮގު ދޮގުހަދައިގެން ސަލާމަތްވެވެން އޮއްވައި ތެދެއް ހަދާނީކާކު މަށަކަށް އެކަމެއްނުވާނެ ކޮމެގޮތަކުންވެސް ބޭނުންވަނީ ސަލާމަވާން އެއީ ދުނިޔޭގެ ކުރިމަތީގައި ގަންނަންޖެހޭ ލަދެއްގެ ބޮޑުކަމުން ބުހުތާން ރައީސް:!

 7. ރޮ ބޯ

  ފަރަންޖީންގެ އައްޕަ!

 8. އިންސާނާ

  ބަލަ މަށަށް މިހުރެވެނީ ރައްޔިތުންގެ ލޯތްބާއި ތާއީދު އޮތީމަނު ހުސޭނުބެއަށް އެވަރުވެސް ނޭގުނުދޯ؟

 9. މުހައްމަދު އަންޖުމް

  ދެންތިމާގެ ޒިންމާކޮބާ؟ ތިޔަބުނާގޮތުން އދ އާދޯ މިގައުމުގެ ރައްޔިތުން ވެރުކަން ހަވާލުކުރީ ތީ މިރާއްޖެއަށް އަރާހުރި ބީއްރައްސެކޭތޯ! ކިނބުލަކީ އޭގެޒާތުގަ ވަރައްކަންނެތް އެއް ޗެއް އެގޮލާ ދުރުންކާތަކެތި ހޯދާއުޅޭނީ ވަރަށަމަދު ފަހަރެއްގަ މުޅިންވެސް ސަމްސަލަކަށް އަޅާފަ އޮއްސީމަ ބޯލެވޭތޯބަލާނީ ހަމައެފަދަ އުޅުމެއް ތިޔައުޅެނީ ވަރައްހުތުރު ގޮތަކަށް ތިޔަ އުޅެނީ ނުވަންޏާ މަހަށް ،ލަނޑަޔަށް، ބޯވަޔަށް، އަދި އިއްސަށް ދޭބަލަ އިތުރަށްބޭޒާރުނުވެ

 10. ދުންމާރި

  ވެންޓިލޭޓަރުތަށްވެސް ގަތީ އަލިފުދާލުގެ ލަފާގެމަތިން މިހާރު ފަޅާއަރަނީ ހުރިހާކަމެއް ތިޔަކަލޭގެ އުމުރަށް ޖަލަށްލާން އެބަޖެހޭ ﷲ އިރާދަފުޅުން އެކަން ހަމަޖެހޭނެ.

 11. ޖިހާދާ

  ކަލެޔަށްކުރެވުނުހައިވެސް ކަމަކީ މާލިއްޔާ ލޫޓުވުން