ހުޅުމާލޭގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި ރޭ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ ފިރިހެނުންނެވެ. އެދެމީހުންނަކީވެސް ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައިފާސްކޮށްފައިވާއިރު، ބަލައިފާސްކުރި ފަސް ކާރުގެ ތެރެއިން އެއްކާރުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޅަބޭ

    ތި ބޯބަޔަކު ބޯން ދޫކޮއްލަބަލަ. ކޮން ސަކަރާތެއްތީދެން ކޮންމެދުވަހަކު ޕޮލިހުން ނުކުމެ. ކިހިނެތް ޕޮލިހުންނައް ކޮންމެ މީހެއްގެ ކަރުގަ ހިފަހައްޓާއިގެން ހުންނާނީ އެމީހަކު ރާބޮއެފާނެ ކަމައް...
    ބޮއެވަރަކައް ބޮއެފަ އަމަލުވެގެނެ ބީތާވެފަ ތިބެދާނެއެއްނު.

  2. ކޮކީލާ

    ބޮގަރު އެއީ ކޮންބާވަތެބާ.

  3. ދުންތަރި

    ތިޔަ މަސްތުވާ ތަކެއްޗާ ބަނދުރަލާ މި ތަކެއްޗަކީ ލާދީނީ އެމްޑީޕީ ސަރުކާރުގެ އާންމުކަމެއް ތިޔަކަންކަމުގަ ހައްޔަރުކުރާ މީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑު ފަތިފައްޗަށް އޮންނަބައެއް އެކަމަކު އެމީހުން ތިބެނީ މިނިވަނުންގެ ގޮތުގަ މީހުނަށްކަންދައްކަން ހައްޔަރުކުރަނީވެސް ދުވަސްކޮޅަކުން ދޫކޮށްލާނެ

    7
    1
  4. އަހްމަދު

    އަޅެއަހަރުމެންގެމަޖިލިސްރައީސް ވިދާޅުވިއެއްނޫންތަ ޓެކްސްފައިސާ ޚަރަދުކޮށްގެން ތިޔަކަހަލަ އޮޕަރޭޝަން ކުރިއައްނުގެންދާށޭ އެކަމަކުވެސް އެއަޑުނާހާ ތިޔާކުރާކަންތަކުގެނަތީޖާ މާރަނގަޅެއްނުވާނެކަންނޭގެ

  5. މުހައްމަދު އަންޖުމް

    ތީ ބޮޑު އޮޅުވާލުމެއް މިތަކެތި އެންމެންނަށް ދައްކާލީ އަނެއްދޮރުން މިތަކެތި ނެރިގެން ބާރުވެރިން ބަހާލައިގެން ބޮއިހުސްކޮށްލާނެ މިހާރުތީ އެއްވެސްކަމެއްނޫން މުޅިގައުމު ވަނީ ތިޔަޒާތުގެ ތަކެތިން ކޮއިލްތަކާ ނާބުސްޚާންތައްވަނީ ތިޔާގިވެފަ ހިލޭސާބަހަށް ބަހަމުންގެންދަނީ

  6. ބޮގަރު

    ބޮގަރު؟

  7. ލ.ގަމު

    ތިދެން އެމްޑީޕީ ވެރިކަމެއް ވެއްޖިއްޔާ ތިކަންކުރާނެދޯ ތިއީ އެމްޑީޕީ ފިކުރުގައި ކާންބޯ ލާރިހޯދަން ކުރާ ވިޔަފާރިއެއްނުދޯ މިވެރިކަން އޮތްހާދުވަހަކު ދުވަހެއް ދުވަހަކަށް ތިދާނީ ގިނަވަމުން އެއްބަޔަކު އަތުން އަތުލާފަ ހައެ އަނެއްކާވެ ސް އެހެން ބަޔަކަށް ވިއްކާލާނެ މިހާރު ރަގަނޅަށް ވިއްޔާ ތިޕޮލިހުންގެ މު ސާރަވެ ސް ތިވިއްކައިގެން ކަންނޭގެ ހަމަޖައް ސަނީދޯ އަތުލާނެ އަތުލާފަ ކޮންމެވެ ސް ނިކަމެއްޗެއްގެ ދަރިޔަކަށް ވިކާލާ މިވެރިކަން ނިމޭއިރު ރަނގަޅަށް ތިބިޒުވާނުންގެ ދުވަ ސްވެ ސް ދުއަވާލާނެ ހުރިހާޒުވާނުން ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ ހުރިހާޒުވާނުން ވަޒީފާއިން ބޭރުކޮށް މަގުމަތިކޮށްލާފަ ޑުރަގް ދީމަގުފުރައްދާފަ އިންޑިއާއާއި ރާއްޖެހަވާލުކުރުމުގައި ހޭބޯނާރާ އެމްޑީޕީގެ ބާއިގަނޑު އެތިބަގެން ތެޅިބާލަނީ ހަމައެއްލަމައެއްނުބަލާ ޒީރޯ ޓޮލަރެން ސް ސޭ އިން ސާފޭ ހަމަހަމަކަމޭ އެޖެންޑާ-19 އޭ ފ.އަތޮޅޭ ކިޔަމުން ވަގަށްގޮވަމުން ވޯޓް އޮޅުވާލައި ވަކަންކޮށްގެން ވެރިކަންފޭރިގަނެގެން މުޅި ދިވެހިރާއްޖޭ ގެދުވަ ސްދުއްވާލައިފި މިހާރުމިއޮތީ ދިވެހިރާއްޖޭގެ ރައްޔިތުން މިތިބީ ޑިމޮކްރަ ސީވެފަދޯ ކިހާ ސަޅި ޑިމޮކްރަ ސީވީމަދޯ އެމްޑީޕީގެ ބޮޑަތިވަގުން ތަކަކަށް ދެވަނަފަހަރަށް ވެރިކަންހޯދަދޭ މަ ސައްކަތް ކުރިހުރިހާ ދިވެހިދަރިންނަށް ބުނެލާނީ ސާބަހޭ ދަރިންނޭ ހަމައައް ސަރިބަހާއި ސާބަ ސް މިބިމަށް ެެެެެެެެެެެެެެެެެެެެެެެެެެ މިބިމަށް އުފަން ދިވެހިދަރީންތަކެއް ދިވެހިބިން ފަނާކުރުމަށް ތިކުރަވަމުން ތިގެންދަވާ މަ ސައްކަތަށް ހަމަ ސާބަ ސް އިގޭ ތިދަރީ މިދިވެހިފަ ސްގަނޑުދެކެ ތިބާ ލޯތްބަށް ދޭނެނަމެއް މަހިތަކަށް ހަމަވި ސްނާވި ސްނާވެ ސްނޭގުނު ހިތާމަޔާއެކު ބުނެލަން އޮތީ ތީވެ ސް ހަމަ މިދިވެހިބިމަށް އުފަން ދަރީންހޭ؟

  8. ހުސެން

    ތި މީސް މީހުން ގެ ނަމައި ވަނަވަރު ވަގުތުން ހާމަސ ނުކުރެވެނީ ކީއްވެތޯއެވެ.