ލ.ގަމުގައި އަންހެނަކާއި ފިރިހެނަކު ޒުވާބު ކުރަމުން ގޮސް، މާރާމާރީ ހިންގާ ހިސާބަށް ކަންތައް ދިޔައިރު ވެސް ފުލުހުން އެއްވެސް ކަމެއް ނުކޮށް ހެވިފައި މަންޒަރު ބަލަން ތިބުމުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ދެމީހަކު ޒުވާބު ކުރަމުން ދިޔައިރު ފުލުހުން މަންޒަރު ބަލަން ތިބީ މީގެ ދުވަސްކޮޅެއް ކުރިން ލ.ގަމާއި ފޮނަދޫ ގުޅޭ ބޮޑު މަގުގައެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާބު ކުރީ ފިރިހެނަކާއި އޭނާގެ ކުރީގެ އަނބިމީހާ އާއިއެވެ.

ޒުވާބު ކުރަމުން ދިޔަ އަންހެން މީހާ ބުނާ ގޮތުން އޭނާގެ ކުރީގެ ފިރިމީހާ ވަނީ އޭނާ އަށް ހަމަލާދީފައެވެ. އެއީ އެފިރިހެން މީހާގެ މިހާރު އަނބިމީހާއަށް ކުރީގެ އަނބިމީހާ މަރުގެ އިންޒާރު ދިން ކަމަށް ބުނެއެވެ. ނަމަވެސް އަންހެން މީހާ ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

ދެމީހުން މަގުމަތީގައި ޒުވާބު ކުރަން ތިއްބާ އެސަރަހައްދަށް ފުލުހުން ގޮސް އާދައިގެ ހެދުމުގައި ތިބި ދެފުލުހަކު އެތަނަށް ފައިބާ މަންޒަރު ބަލަން ތިއްބެވެ. ނަމަވެސް ޒުވާބު ހުއްޓާލުމަށް ވެސް ނުވަތަ އެސަރަހައްދު ދޫކޮށް ދިއުމަށް ވެސް ފުލުހުން އެއްވެސް މީހަކަށް ނާންގައެވެ.

ނަމަވެސް އަންހެން މީހާގެ ސައިކަލުން ފުލުހަކު ފޮޓޯއެއް ނެގި މަންޒަރު ވީޑިއޯ އިން ފެނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން ކައިވެނިކޮށް ދަރިން ލިބުނު ފަހުން ކައިވެނި ރޫޅިފައިވާ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި މީގެ ކުރިން ވެސް އެތައް ފަހަރަކު ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވެއެވެ.

ނޯޓް: ޚަބަރުގައި ވީޑިއޯ ހިމަނާފައި ނުވަނީ ވީޑިއޯގައި ބައެއް ބޭއަދަބީ ބަސްތައް ބޭނުން ކޮށްފައި ވާތީ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޜައްޒާގު

    އެދެމީހުން ޒުވާބު ނުކޮށް ގެއަށްދާން ބުނިނަމަ ފުލުސް މީހާ އެމީހުންގެ ޒާތީ ކަންތަކާ ބެހުނީއޭ ކިޔާފަ ހަބަރެއް ލިޔެލާނެ ދޯ.

    14
  2. Anonymous

    ޒުވާބު ކުރުމަކީ ޖިނާއީ ކުށެއްތަ؟ ދައުލަތުގެ ޓީވީން ރައްޔަތުންގެ މަޖުލިސް އަޅުވާލިޔަސް ފެންނަނީ ޒުވާބު ކުރާތަން އަހަރުންވެސް ހެވިފަ ބަލަން ތިބެނީ ބަލަން

    13
  3. ލޮލް

    ތީ ކޮން ޒަމާނެއްގެ ވީޑިއޯއެއް؟ ތި ސޯޝަލް މީޑިޔާގަ ދައުރުވާތާ ގަރުނެއް ވެއްޖެ. ވަގުތު ހާދަ ފަހަތެއްގަ ތިއުޅެނީ؟ ލިޔާނެ އެއްޗެއް ނެތީމަ ވާނީ ތިކަހަލަ ގޮތެއް. ދުނިޔެ މަތީ އެހެން ކަމެއް ކުރަން ވިސްނާ. އޭރުން އޯކޭ ވާނެ.

    42
    1
  4. މަ

    ސައިކަލުން ވެސް ފުލުހުންނަށް ފޮޓޯ ނެގޭތަ؟

    20
  5. އލަި

    ސައިކަލުން މިހާރު ފޮޓޯ ނެގޭތަ

    19
  6. ައަަރިފް

    ތީ މަހެއް ކުރީގެ ވީޑިއޯ އެއް. ތިކުދިންނައް ޒާތީ ވެލާނެ ވިސްނުން މިފަހަރު ތިޔައީ މަހެއް ފަހުން. ފްރީ ޔާމިން. ހަހަހަ

    20
    1
  7. ޢަގޫ

    އަދުރޭގެ ރަށްދޯ.

    10
    5
  8. ލުއްޗޭ

    ޒުވާބު ކުރަން ބޭނުންވާ މީހާއަށް ފުރުސަތު ދިނުމަކީ ހަމަ ރަނގަޅު ކަމެއް.

    13
    5
  9. ހުސޭނުބޭ

    އެވަގުތު އެމީހުން އަތުގައި ސްޓިކާގަނޑެއްވެސް ނެތީ! އެހެން ނޫންނަމަ ދެމީހުން ގައިގާ ސްޓިކާޖަހާނެކަން ޔަޤީން

    20
    1
  10. ޢަލީ

    ޢަދުރޭ ގެ ރަށެއްނޫން ސަމްޕަތު ގެ ރަށް

    16
    4
  11. ތެދު

    ފުލުހުން ދޯ...... ދެންބުނާނެއެއްޗެއް ނެތް.

  12. ދުންތަރި

    ޢަޅުގަނޑު ވެސްދުށިން ތި ވީޑިއޯ ތީ ވަރަށް ކުރީގެ ވީޑިއޯ އެއް ލ.ގަމު މުކުރިމަގު ތިވީޑިއޯ އިން ފެންނަނީ

    • ހެހެހެ

      ތިހާ ޔަގީންކޮށް ބުނިއިރުވެސް އަވަށް ނުބައިކޮށް ބުނީމަ މަހަމަ ހައިރާންވޭ

  13. ފައްޔާޒު

    ކިހިނެތް އިނގެނީ ފުލުހުންގެ ވެހިކަލުން އެފެއިބީ ފުލުހުން ކަމެއް ، މިހާރު ސިފައިންނާ ފުލުހުންގެ ވެހިކަލްތައް އިނޑިޔާގެ ބޭފުޅުން ފޫހި ފިލުވަން ދުއްވެޔޭ.

    1
    1
  14. އަހްމަދު

    ކޮންމެދެމީހަކުވެސް އިނދެގެންއުޅޭއިރު އެކަކު އަނެކަކަށް އަނިޔާކުރާނެދޯ ދެންއެވާހަކަގޮވިއަކަސް އެކަމާ ފިޔަވަޅުއަޅާކަށްނުޖެހޭދޯ

  15. ޝޮކްތެރަޕީ

    އެއީ އިންޑީޔާއިން ތަމްރީނު ހާސިލްކޮއްގެން އައިމީހުން

  16. ސެލޯވިން

    އަނގައިން އެއްޗެއް ކިޔާއިރަށް ފުލުހުންނަށް ހުއްޓުވޭތަ. ސުރުޚީހެދިޔަސް ބޮޑުވަރު.