ސީރިއާގައި އުޅެފައި ރާއްޖެ އައި ދިވެހި މީހާ ބަންދުކޮށްފައި ހުރީ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ފިރިހެން މީހާ މިހާރު ހުރީ ކ. ހިންމަފުށީގައި ހުންނަ ސެންޓަރުގައެވެ. މިއީ އެ ސެންޓަރުގައި މީހަކު ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އެތަނުގެ ސަލާމަތީ ކަންކަން ފުލުހުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ބަލަހައްޓަމުން އަންނަ ކަން އެނގިފައިވެއެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ގާއިމުކުރާ މަރުކަޒުގައި، އެ ގާނޫނުގައި ބަޔާންކުރާ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
"އެހެންކަމުން އިއްޔެއިން ފެށިގެން އޭނާ ބަންދުކޮށްފައިވަނީ މިދެންނެވި ގާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒުގައެވެ. އަދި މިއީ މި މަރުކަޒުގައި މީހަކު ބަންދުކުރެވުނު ފުރަތަމަ ފަހަރެވެ." ބަޔާނުގައިވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ގާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ގާއިމުކޮށް، އެންޓި ޓޯޗަ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީއާތުގެ ކުރިމަށްޗަށް ގެނެސް ގާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ހޯމް މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
"މި މަސައްކަތުގައި ރާއްޖެއާ އުޚުއްވަތްތެރި އިސްލާމީ ޤައުމުތަކާއި، ރަހުމަތްތެރި އެހެން ގައުމުތަކާއި، ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ އެހީތެރިކަމާއެކު އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް ރިއާޔަތްކުރާނެކަން މި ފުރުސަތުގައި އެންމެހާ ފަރާތްތަކަށް ޔަޤީންކޮށް އަރުވަމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ޢެމީހާގެ ކުށަކީ ކޮބާ؟ ދީނަ ށް ފުރައް ސާރަކޮށް ހަޖޫ ޖަހާ މީހުން ރާއްޖެއައީމަ ކީއްވެ ބަންދު ނުކުރަނީ
ޜަނގަޅު ވާގަކައެއް. ދެކޮޅަށްވެސް ހައްދުފަހަނަ އަޅަ - ދީނުގެ ނަމުގަ އަދި ދީނާއި ދުރުކަމުގަ. މިދެބައި މީހުންނަށްވެސް "ހާއްސަ ފެސިލިޓީ" ތަކުގަ ހައްޔަރުކުރެވެންޖެހޭނެ.
އެމީހުން ބޮން ގޮއްވާ އަންހެނުންނާ ޅަދަރިން ނުމަރައި. އެމީހުން ކުޅެނީ ސިކުނޑިއާ. އަހަރެމެންވެސް ދަސްކުރަންވީ އެގޮތް. އޭރަށް ދީން ކުރިއެރުވޭނެ
ތިބޭފުޅާގެ ސިކުނޑިޔާވެސް ފިސާރި ކުޅެލާފަ ހުރިކަމަށް ބެލެވެ. ޢެހެންތާ ވާނީ ނުފެނެ ވިއްޔާ ޑިމޮކުރަސީ އާ މކނިވަންކަމުގެ ނަމުގަ އެ ބައިގަނޑު ބޮން އަޅާ ގައުމުތައް ސުންނާފަތިކުރާ ތަނެއް. ްްްްް
ތީގެ ދެބައި މީހުންނަކީވެސް ހައްދު ފަހަނަ އަޅާފަ ތިބި މީހުން
އެމީހާގެ ކުށޭ؟؟؟؟؟؟
ލާދީނީ ރިޕޯޓް ނެރުނު މީހުން ހައްރުކުރުން މާ މުހިއްމު ތިމީހާހައްޔަރު ކުރުމަށްވުރެ އިންޑިއާ އައުޓް އިންޑިއާ އައުޓް އައުޓް
އެއީ ތުރުކީގައި ދިރިއުޅެމުން އައިމީހެއް. ކޮވިޑް ކްރައިސިސް އާއި ގުޅިގެން ފައިނޭންޝަލީ ޑެބިޑްވެގެން ރައްޖެއައި
ސީރިޔާގަ ހުރެފަ އައީމަ މައްސަލައަކަށް ވަނީ؟ މިފަސްގަނޑުގަ ތިބެ ދީނައް ކިތަންމެ ވަރަކަށް ފުރައްސާރަ ކުރިޔަސް އޭތި އޯކޭ؟ އެހެންނެއްނު ވާނީ ދޫނި ސިކުނޑިއަށް ވުރެ ޅަސިކުނޑިތަކެއް ހުންނަ ބަޔަކު ވިއްޔާ ގާނޫނު ހަދަން މިއުޅެނީ.
ބެންކޮކަށް ޖިހާދައް ދާމީހުން ކޮބާ!
ކޮބާ އެމްޑީއެން އުތެމަގެ މުރުތައްދު ވެފައިވާ މީހުން!