ކުރީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނިހާން އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން އެސެޓް ރެކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވަނީ "ވަގުތަށް" ކަށަވަރު ކޮށްދެއްވައިފައެވެ. އެކަމަކު މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެނގިފައިވާ ގޮތުގައި ނިހާން ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައާއި އެ ހިޔާނާތުން ފައިދާ ހޯއްދަވައި އަގުބޮޑު ގަޑިތައް ބައްލަވައިގެންނެވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައާއި ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓްއެއް ބައްލަވައިގަތް ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރުމަށެވެ.

މިކަމާ ގުޅިގެން ނިހާންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

އޭރު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ހުންނެވި ނިހާނަށް އެ ސަރުކާރުގެ ދުވަސްވަރު ވެސް ހިޔާނާތާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެކަމަކު ނިހާން މި ކަން ދޮގުކުރައްވައެވެ. ދަރިފުޅަށް ފްލެޓް ބައްލަވައިގަތީ ވެސް ހަލާތު ގޮތުގައި ލިބުނު ފައިސާއިން ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި އުފަން ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ފަހުން، ޕީޕީއެމް ދޫކުރައްވައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިހާން ގުޅިވަޑައިގެންފައިވެއެވެ. ނިހާން އަދިވެސް ހުންނެވީ ޖޭޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޅަބޭ

    ނިހާނުއާ ސުވާލުކުރީކީ ނޫން. ނިހާނުއާ ފޮށުނީ.

    18
    2
  2. އެއްލާލާތި

    މިހާރު ރައީސް ޔާމީނަށް އެނގިލައްވާނެ ނޫންތޭ ތިޔާ ނިހާން މެންގެ ފެންވަރު ތިޔާ ތިނަދޫ ފެނެބައްޑާ މެން ޑރ. ޖަމީލު ނަގާ އެއްލާލަން ވެގެން ބްރޯ އަތުން ވަނީ މިލިއަނުން ކަޓް ކާފައޭ ތިޔާ އާލާތުން ނަކީ އެއީ ދެން ޕީޕީއެމް އަށް ވައްދަން ހެޔޮވާ ވަރުގެ އާލާތުންނެއް ނޫނޭ..

    42
    8
    • އޭރުވެސް އެނގޭ

      އޭރުވެ ސް އެމީހުންގެ ފެންވަރު އެނގެ އެވެ. ޖަރީމާ ހިންގަން ކައިރި ކޮށްގެން އުޅުނީ އެހެންވެގެންނެވެ.

  3. އަލީމޫސާ

    ފިިލަން ދޯ ޖޭޕީ އާގުޅުނީ. ހީކުރީތަ ކޮއްމެ ތަނެއްގަ އޮތަސް ނެރޭނެ.

  4. އަބްދޫ

    އެމްއެމްޕީއާރުސީން ނިހާނަށް ފައިސާ ދީފަިވޭތަ ދާދީފަހުން ސްޕްރީމްކޯޓް ގެ ހުކުމަށް ވިސްނަވާ.އެސްއޯއެފުން ޔާމީން އެކައުންޓަށް ޖަމާކުރި މިލިއަން ވެސް އެމްއެމްޕީއާރުސީ ގެ ފައިސާކަން ސާބިތު ނުވި ކޮންމެ ކުންފުންޏެއް ނުވަތަ ކޮންމެ މީހެއްގެ އެކައުންޓް ގަ ހުންނާނީ އެމީހެއް ނުވަތަ އެކުންފުންޏެއްގެ އަމިއްލަ ފައިސާ .ޗެކްދިނަސް ކޭސް ދިނަސް އެފައިސާގަ ޒިންމާ އުފުލަން ޖެހޭނީ އެކައުންޓް ގެ ވެރިފަރާތުން. އެކައުންޓް ގެ ވެިފަރާތް މައްސަލައެއް ނެތިފަ އެ އެކައުންޓުން ފައިސާ ލިބުނުމީހާ ޒިންމާ ނަގަންޖެހޭ އުސޫލް ބުނެދީބަލަ.

  5. ކޯދޮންނަ ރޮލެކްސް

    ކަރްމޯން ކީ ސަޒާ ބުކަތުރަހާހޭ!

  6. ކަމަނަ

    ކޮބާތަ ނަޝީދު ސަރުކާރުގައި ހިންގާފައިވާ ޖަރީމާތައް ބަލާކަށްނުޖެހެނީ އެމީހުންކެއީ ކޮންބައެއްގެ ލާރިތަ ރައްޔިތުންގެ ލާރިއެމީހުންވެސް ކެއީ

  7. ހެނދުނުހެދުނާ

    ތިޔަ ކަމިޝަން އަށް ހާޒިރު ކޮށް ތިޔަ ތުހުމަތު ކުރެވޭ ކަންކަން ކޮޅެއްގައި ޖައްސާ ރައްޔިތުންނަށް ކުށް ކުރި ބަޔަކާއި ކުށް ނުކުރާ ބަޔަކު އެނގި ސާފުވާނެއެވެ.

  8. ލ.ގަމު

    ކޮބައިތޯ ތިވިދާޅުވާ ބޮޑު ހިޔާނާތުގައި ހިމާޔަތްކޮށްފަތިއްބެވި އެމްޑީޕީ ގެ އިއްޒަތުން ނަފް ސް މުޑުދާރުނުވާ އިތްޒަތްތެރި އިއްފަތްތެރި ރީނދޫ ސަރުކާރުތެރޭގައި ތިއްބެވި ސާފު ސާފު ތާހިރު ހުދުކާފޫރު ކޮޭޅެއްފަދަ ހަތަރުކަށިމަތި މެއްފަދަ އިއްޒަތްޔެރި ވަގުންތައް ކޮބައިތޯ؟

  9. އަބްދޫ

    އެމްއެމްޕިއަރުސިގެ ފައިސާގެ މައްސަލާގަ ނިހަނާ ސުވަލެއްނުކުރެވޭނެ.

  10. ލާދީނީ

    ފެނެބައްޑާމެން ނުލާ ޕީޕީއެމް ހިންގޭނެތަ.

  11. ކެލާ އާރިފް

    މީތާ ދޮންކެޔޮ ބުރޯމެން ކަރުންނާރު ނަގާ ހަޅޭލެވިކަމަކީ، ދެންނުކުންނާނީ ދީނޭކިޔައިގެން ސަރުކާރު ވައްޓާލަން، ކުރިންވެސް 8000މިލިޔަން ތެލުގެ ވަގުވިޔަފާރީގެ މައްސަލަބަލާތީ ސަރުކާރުވައްޓާލަން ނިކުމީ.

    2
    2