އައިޗީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ހާމަކޮށްފިއެވެ.

އިއްޔެ ހެނދުނު އައިޖީއެމްއެޗް ކައިރިން މަރުވެފައި އޮއްވައި ފެނުނީ ގދ. ވާދޫ މުހައްމަދު ސިދުރަތުﷲ، 31،އެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ފާހަގަވުމުން އެ މައްސަލަ އޭނާގެ އާއިލާ އިން ވަނީ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިފައެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއެވެ.

ސިދުރަތުﷲގެ މަރާއި ގުޅިގެން ފުލުހުން އަދި ތަފްސީލް މައުލޫމާތެއް ނުދެއެވެ. ސިދުރަތުﷲގެ ހަށިގަނޑު ފެނުނީ އެސަރަހައްދަށް ޑައިވް ކުރި ޑައިވަރުންތަކަކަށެވެ. ހަށިގަނޑު އެސަރަހައްދުން ފެނުނު ފަހުން ފުލުހުން ވެސް އެ ސަރަހައްދަށް ޑައިވް ކުރިއެވެ.

އޭނާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިވަގުތު ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައެވެ.

ސިދުރަތުﷲގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އޭނާ އަށް އަނިޔާތަކެއްކޮށް ވަނީ ގަސްދުގައި މަރާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމީ

    ކޮބާ މިސަރުކާރުން އުފެއްދި މަރު ކޮމިށަން؟ މިއޮތީ އަދި ހޫނުކަން ނުކެޑޭ ގޮތް ނޭގޭ މަރެއް ކަލޭ މެން ނިކަން ފެންވަރެއް ހުރި ބައެއް ވިއްޔާތަޙުގީގު ކޮށް އެކަން ކުރިބަޔަކު ހޯދަބަލަ....

    17
    2
    • މަރު ކޮމިޝަން

      ތީ ކުރީސަރުކާރު ގެ ކަމެއް އެ މީހުން ކުރުވި ކަމެއް.

      5
      3
  2. ފައްޔާޒު

    މިސަރުކާރުގަ އެއްވެސްކަމެއް ސާބިތެއް ނުކުރެވޭނެ ، ހުރިހާ ކަމެއްވެސް މިގައުމުގަ ހިނގާނީ މޑޕ ގެ އަތެއްއޮވެގެން.

    15
    1
  3. މުހައްމަދު އަންޖުމް

    ކިހާވަރަކުން ދާނެބާ؟ ތީހަމަ ދައްކާލާ ދަޅައެއްނޫންބާ؟ ވެރިކަމަށް އަންނަން ވެގެން ވެސް ތިގޮތަށް މަރުވެފައި އަދި ގެއްލިފަވާ މީހުން ވަކި ތާރީޚް ތަކެއްގައި ހޯދާފައި ވޭދޯ! ވީމާ ތިޔަމަރުވެސް ވަގުތުން ހޯދާ އިންސާފު ލިބޭނެތާ! ދޮގާމަކަރުން ފުރިފައި ތިބިބައެއް އެނޫންކަމެއް ނުކުރާނެ

    17
  4. .ލގަމު

    ފޫނެތްފަޔަށް ފެންފުރުން އިންޑިއާ އައުޓް އައުޓް އައުޓް އިންޑިއާ ޗައިނާ އެކޭ ނޫނޭ މިކިޔަނީ އިންޑިއާ އައުޓް އިންޑިއާ އައުޓް ކިހާދެރަކަމެއް އިންޑިއާ އައިޓޭ އަޑެއްނީވޭތަ ލޮލަކަށް ނުފެނޭތަ ލިޔެފަހުންނަ އެޗެހިކިޔާކަށް ނޭގޭތަ އިންޑިއާ އައުޓޭ އިންޑިއާ އައުޓް ހުހައްޤުގޮތުގައި ވެރިޔަކަށަ ހެދިގެން ހުރި އިބޫއި ސްތިއުފާ މުޅިރާއްޖެ ދަރުވާލައިފި ރައްޔިތުން ހަނު ތިބުން ނޫންގޮތެއް ނެތީތޯ ރައްޔިތުން؟

    13
  5. ޢަފްލާ

    ބަލާބެލުމައް ސުންނަތާއެއްގޮތައް އުޅެމީހެއްކަން އިނގޭ ކޮންމެވެސް ބަޔަކު އޭނަ މަރާލީ މަރުޙޫމަށް ސުވަރުގޭގެބދާއިމީ ނިޢުމަތް ދެއްވުން އެދެން އާމީން

    16
  6. ތަޙްޤީ

    މިފަދަ މައް ސަލަތައް ތަޙުޤީގު ކުރުމުގެ ޤާބިލުކަން އެޗްއާރުގައި ހުރިކަމުގެ ހެއްކެއް ތާރީޚަކުން ނުފެނޭ، ވަރަށް ސަލާމް

    17
  7. އަޙްމަދު

    ސަރު ކާރެއް ފޭލުވާނީ މިހާވަރަ ކަށް ކަންނޭނގެ .ކޮބައިތަ ؟ ކޮންމެ ކަމަށް ފިޓް ހިތްވަރުގަދަ ނަމުން ބަޠަލުން. ކޮންމެ ކަމެއްގައި އެހެންމީހުންގެ އެހީ. މީ ކީއް ކުރާބައެއް . ރައްޔިތުމީހާ ނު ކައިހުރެ ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަދޭން.މިވެރިން ހީ ކުރަނީ ކަނޑު ކޮހުން ކަމަށް .އެ ކަން އެނގޭނެ ވޯޓްލާއިރު .

    92