އިންޑިއާގެ އަވަށެއް ކަމަށް މައުޖެ ދެވްޖަލި އިން 550 ކިލޯގެ ފިޔާ ވަގަށް ނެގި 2 މީހަކު ހައްޔަރު ކޮށްފިއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންގެ ނަން ފުލުހުން ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރެއިން އެކަކަށް ކިޔަނީ ސަންޖޭ ޕަރަދީ އެވެ. އަދި އަނެކަކީ ޕޮޕަޓް ކޭލް ނަމަކަށް ކިޔާ މީހެކެވެ. މި ދެމީހުންގެ އިތުރު އެއްވެސް މައުލޫމެއް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

ގިނަ އަދަދެއްގެ ފިޔާ ވަގަށް ނަގައިގެން ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، މިހާރު އެ ސަރަހައްދަށް ކުރާ ވިއްސާރައިގެ ސަބަބުން ފިޔާގެ އަގު ވަނީ ކިލޯއެއް 100 ރުޕީސް އަށް މަތިވެފައެވެ. އެކަމުގެ ސަބަބުން ގިނަ ދަތިތަކެއް މީހުންނަށް ދަނީ ކުރިމަތިވަމުންނެވެ.

މިވިއްސާރައިގެ ސަބަބުން ދަނޑުވެރިން ހައްދާފައިވާ ބައެއް ފިޔާވެސް ހަލާކުވެ، އެފަރާތްތަކަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް ދަނޑުވެރިން ހައްދާ އެހެން ތަކެތިވެސް ވަނީ މި ވިއްސާރައިގެ ސަބަބުން ހަލާކުވެގެން ގޮސްފައެވެ. ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ގެތަކަށް ފެންވަދެ ގެއްލުން ވެފައިވާތީ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފިޔާ ވަގަށް ނެގި ދެމީހަކު ހައްޔަރު ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާއި ފާޑުވިދާޅުވެ، އެދެމީހުންނަށް މަލާމާތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު