ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލަށް ލާން ޙުކުމް ކުރުމުން ވެސް އޭނާ ގޭބަންދަށް ބަދަލު ކޮށްފައި ވަނީ އަދީބު ނިދަން ޖެހެނީ ވަކި ޚާއްޞަ މެޝިނެއް އެހީގައިކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެހުންތެރިންނަށް ސުވާލު ކުރެވޭ ގޮތައް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އަދީބު ޖަލަށް ލާން ޙުކުމް ކުރުމުން ވެސް ގޭގައި ހުރުމަށް ފުރުޞަތު ދެއްވާފައި ވަނީ ކޮން އުސޫލަކުންތޯ އެހުންތެރިއަކު އެޕްރޮގްރާމްގައި މިނިސްޓަރަށް ސުވާލު ދެންނެވުމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަކަމަށާއި، ފުއްޕާމެއާއި ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުންތަކުގައި ވާކަމަށެވެ. އަދީބު ނިދުމުގައި ވަކި ޚާއްސަ މެޝިނެއް ބޭނުންކުރަންޖެހޭ ކަމަށާއި، އެމެޝިނަކީ ޖަލުގައި ބޭނުން ކުރެވޭނެ މެޝިނަކަށް ނުވާތީ އެކަމަށް ރިޔާޢަތްކޮށް އަދީބު ގެއަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
"މީގެ ކުރީ ފަހަރެއްގައި ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް ވެއްޓި ނިތްކުރި މަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރި. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގަ އެމެޝިން ޤާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަޙްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާކަމަށް މިވަނީ." ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގެންނެވި ފަހުން އަދީބު ވަރަށް މަދު ދުވަސްކޮޅަކަށް ނޫނީ ޖަލުގައި ނުހުންނަވައެވެ.
އެންމެ ފަހުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއިރު ވެސް އޭނާ ހުންނެވީ ގޭގައެވެ. ނަމަވެސް އެޙުކުމް އިއްވުމުގެ ކުރިން ދެހަފްތާއެއްހާ ދުވަހު އޭނާ ޖަލުގައި ހުންނެވިއެވެ.
ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން އަދީބަށް ލުއިތައް ދެމުން ގެންދަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މިސަރުކާރުގެ ފަރާތްތަކުގެ ނަންތައް ސިއްރުކޮށް، ކުރީ ސަރުކާރުގެ ވެރިންނާއި ދެކޮޅަށް ހެކިބަސް ދޭން އަދީބު ބޭނުން ކުރުމަށްޓަކައެވެ.
އަދީބު އިއުތިރާފުވި ދައުވާތަކުގެ ޝަރީޢަތުގައި އަދީބު ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކުރި ކަމެއް ކަމަށް ބުނެފައެވެ. އެމްއެމްޕީއާރްސީގެ ފައިސާ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށާއި ކުރީގެ ރައީސުންނަށް ވެސް ލިބިފައި ވާނެ ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ބެހުމުގައި އިސްކޮށް ހުރި އަދީބު ގޭބަންދުގައި ހުންނެވި ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ހުރީ ޖަލުގައެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން ގެއަށް ބަދަލުކޮށްދިނުމަށް ވަކީލުންނާއި އާއިލާ އިން އެދޭތާ އެތައް ދުވަހެއް ވީއިރުވެސް ގެއަށް ބަދަލު ކޮށްްދީފައެއް ނުވެއެވެ.
އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގަ އެމެޝިން ޤާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަޙްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާކަމަށް މިވަނީ."؟؟؟؟؟؟؟؟؟؟؟؟؟
އިމްރާން ޢަބްދުﷲ
ކޮންމެމީހަކުވެސް އެމެސިން ބޭނުންކުރެ. ޔާމިީން މެސިންވެސް ހުންނަނީ ގޭގަ
ޢާންމުންގެ ސިކުނޑިއަށް ތިޔައީ ހެޔޮ މީހެއްގެ ގޮތުގައި ބަސްމަގު އެތުރިދާނެ.. އެހެނެއްކަަކު މީހުންގެ ނިޔަތް ދެނެވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ
ޢިމްރާން. ކަލޭ ފަޅޮލޭ ކިޔާބަލަ.
ކޮބައިތަ މެޝިނުގެ ޑޮކިއުމެންޓްތައް؟ ދޮގުހެދިޔަސް ހޭޖެހޭ މީހުން ދައްކާ ކަހަލަ ވާހަކަދައްކަން ދަސްކުރޭ
ޔާމިންވެސްބެެނުންވޭ.
ތިކަމުން އެގި ސާބިތުވިކަމަކީ އިމްރާނަށް ކިތަންމެ ބޮޑުދޮގެއް ހަދަންވެސް ކެރިދާނެކަން. އަދި އިމްރާންގެ ޢިޙްލާސްތެރިކެއް ނެތްކަން.. ދޮގުހެދުމަށްވުރެން ޖަވާބު ނުދިންނަމަވެސް މާރަގަޅުވީސް
އަދީބު ގެއަށް ބަދަލުކުރީ ނިދުމަށް މެޝިނެއްގެ އެހީ ބޭނުންކުރަން ޖެހޭތީ: މިނިސްޓަރ އިމްރާން،:- މިއީ ތެދު ހަގީގަތެއްކަން އިނގޭނެ ހެކިތައްވެސް ހާމަކުރަން ޖެހޭނެ ނޫންތޯ؟؟؟މިފަދަ އިސްލާމީ ޝަރީޢަތަކާއި ގުޅުންހުރި ކަމެއްގައި ހަމައެކަނި އަނގައިންބުނެލާފަ ނިންމުމަކީ ވަރަށް ޒިންމާ ދާރުކަންކުޑަ ކަމެއް، ފެންނަ ފެނުމުގައި މިކުށްވެރިޔާ ވަގު އަދީބު ވ. ސިއްޙަތު ރަނގަޅުކަމަށް ފެންނަނީ، ތިފަދަ ބޭއިންސާފު ޝަރީއަތާއިގުޅޭ ޖަޒާ ދެއްވާ ފަރާތް ﷲ ހުރިހާ ހަގީގަތެއް މޮޅަށް ދެކެ ދެނެވޮޑިގެންވާނެކަން ޝައްކެއްވެސްނެތް....
މީގެ ކުރީ ފަހަރެއްގައި ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް ވެއްޓި ނިތްކުރި މަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރި. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް” ދެން އަހަރުމެން ގަބޫލުކުރަންވީ؟؟ އަދީބު ނިދަނީ ކޮޅަށް ހުރެގެންތަ؟؟ ކޮޅަށް ހުއްޓާ ވެއްޓުމާ ނިދުމާ ކޮންގުޅެއް އޮތީ!!
ތިޔަ މެސިނަކީ ދިރޭއެއް×ަކާވައްތަރީ
250 އަށް ވިއް ކާ މަދިރި މެޝިން ތަ؟
ވަގުއަދީބުގެ އަރިހުގައި އެހުރި އަނބިކަނބަލުން ބިރެއްނުގަނޭތަ ކޮރަޕްޝަން ވަގުފައިސާތަކެއް ބޭނުންކޮށް އެ ކައިގެން ދިރިއުޅެން، ﷲގެ ކޯފާއެއް އަންނާނެއިރެއް ނެއެނގެނީ، ހަލާލު ފައިސާތަކެއް ނޫންކަން އިނގޭއިރުވެސް ހަރާމް ފައިސާތަކަށް މޮޔަވެގެންވިއްޔާ މިއަންހެނާ އަދީބުއައި ކައިވެނި ކުރީވެސް، އެކަލޭގެ ކުދިންގެ މަންމަކާރިން ވަރިކުރުވައިގެން އެ އާއިލާ ޚަރާބު ކޮށްލާފަ، ﷲ އެމީހަކު ކުޅަކަމަކަށް އިންސާފުވެރި ޖަޒާ ދެއްވާނެކަން ޔަގީން
އަދީބު ގެއަށް ބަދަލުކުރީ ނިދުމަށް މެޝިން ބޭނުންކުރަންވާތީ
ނަޝީދު ބޭރަށއފޮނުވީ މައިބަދައިގެ އޮޕަރޭޝަކަށް
ގާސިމު ބޭރަށްފޮނުވީ ހިތުގެ އޮޕަރޭޝަނަކަށް
ހައްތަހާ ސިޔާސީ ގޭމު ބޭނުންވީމަ
ރ ޔާމީނު ހިތުގެ މައްސަލަ ހުންނާތީ ގެއަށް ބަދަލުކޮށްދިނުމަށް ޑަކުޓަރުން އެދުނު އެކަމެއް މިމިސްޓަރަކަށް ނުއެގުނު
އަދީބު މީގެ ކުރިން ގޭގަ ބަހައްޓައިގެން ސަރުކާރުން ޑިލްހަދައިގެން ޔާމީނަށްހުކުމްކުރީ އަދީބު ބޯކާޅައިގެން ޔާމީނު ވެރިކަމުގަ އެމްޑީޕީން ހުރިހާ ޖަރީމާއެއްހިންގީ އަދީބުވަގަށްނެގި ފައިސާގެބޭޏުން އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންކުރިކަމަށް މީހުން ބުނެ އުޅޭ އެހެން ވީމާ އަދީބު ސަލާމަތްކުރަން އެމްޑީޕީން ކލުރެވެންހުރިހުރިހާ ކަމެއްދަނީކުރަމުން ރާއްޖޭން ބޭރަށް ފުރުވާލަންއުޅުނު އެކަންނުވި ދެން 800 އަހަރުގެ ހުކުމް 20 އަހަރަށް ހިޔާނާތްތެރިބިހާ ފައިސާ ހަދިޔާއަކަށް މިޖަހާ ސަކަރާތް ނޭނގެނީކީނޫން ކޮންމެވެސް ބަހަނާއެއްދައްކައިގެން ގޭގަ އަރާމުގަ ބަހައޓާނީ ދެން ދުވަސްކޮޅަކުން ބޭސް ފަރުވާއަށް ބޭރަށް ފުރުވާލާނީ ދެން އެ ނިމުނީ
ކަލޯ މީ ހަމަޖެހޭ ޒާތުގެ ދޮގެއްވެސް ހަދަން ނޭގޭ ޝޭހެއްތާ.....މީހަމަ ދެއުޅިއްނުވާ ސޭ ކެއް.
ސޭކު އިމުރާނެވެ. މިއަދު ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލިޔަސް މާދަމާ ﷲ ގެ ހަޞުރަތުގައި އޮޅުވައެއްނުލެވެނެ
ތިވަށްތަރުގެ ނިދާމެށިނެއް އަހަރުންވެސް ގަންނަން ބޭނުން އެކަމަކު އެމެށިން އުފެއްދިމީހާ އިމްރާންގެނަމުން މޭޑޭއިން އިމްރާން ޖަހާފަ އިންނަން ޖެހޭނެ.
ޢެެެއީ އަނެއްކާ ކޮންނކަހަލަ ވަރުގަދަ މެޝިނެއްބާ؟ ޖަލުގާ ޙުންނަ ވަކިމީހަކށް ސްވިމްޕޫލެއް ހަދާއިރު މިވަރުގެ މިޝިނެއް ނުބެހެއްޓުމަކީ އެއީ ޤަބޫލް ކުރެވޭނެ ކަމެއްނޫނެވެ. ޢަހރެންވެސް އެކހަލަ މެ×ިނެއް ބޭނުން ކުރަމެވެ. ޢެމެޝިން ބޭނުންކުރަން ކުރުމަށް ބޭނުންޖެހެނީ ހަމައެކަނި ކަރަންޓް ސޮކކކކކޓެކެވެ. މިވަރު ޖަލުގައި ހަމަ ނެތީބާއެވެ.
އިމްރާން ކަލޭ ދައްކާވާހަކަ މިހާރު މީހުން ޤބޫލެއް ނުކުރާނެ އެއީ ލަކެއަކީ މިހާރު 1 ނަމްބަރ ޖާހިލެއް ދެއިރު ދެދަޅައަށް ވާހަކަ ބަދަލުކުރާ ދޮގުވެރިއެއް
އިމުރާނޫ އެމްޑީޕީން ބޭނުން ކަންތައް ވެއްޖެ. ކަލޭގެ އަބުރެއް އަދި އިއްޒަތެއްގެ ޒައްރެއްވެސް ދިވެހިންގެ ކުރިމަތީނޯންނާނެ ވަރަށް ދޮގުހަދުވައި ހަޑިހާވުވައިފި. ދެންމާގިނަދުވަހެއް ނުވެ ކޯލިޝަންގެ ކަންތައްވެސް ނިމިދާނެ. ކަލޭގެ ބޭނުންވެސް ނިމުނީ.
އިމްރާހު ޖަލުގަހުއްޓާ ޔާމީނުގެޔައް ބަދަލުކޮއްދިނީ ކޮންކަމެއް ބޭނުންވާތީތަ؟
ތިޔަންވުރެ މާ މީހުން ޤަބޫލްކުރީސް އަދީބުއަށް ފާކާނާ ކުރެވެނީ ގޭގަ ހުރި ތަށްޓަށޭ ބުނިނަމަވެސް
ތިޔަ މެޝިނު ގަންނަންދޯ 37 މިލިޔަން ރުފިޔާ ހިންނަވަރު މީހަ ކަށް ހަވާލު ކުރީ .
އެންމެ މީހަކަށް ލައްކައިން މިލިއަނުން ޚަރަދު ކޮށްގެން ފަތާ ޓްރެކާއި ސްވިމިންގ ޕޫލާއި އޭތި މީތި ހަދާއިރު ވަގު އަދީބު ނިދަން ބޭނުން ކުރާ މެޝިނެއް ބަހައްޓާލާނެ ފެންވަރު ސޭކު އިމްރާންގެ ނެތް. ދޮގު ހަދާ ސޭކު އިމްރާން. އިބިލީހަށް ވުރެ ކުރީގަ އުޅޭ އިންސާނެއް މީ.
ދެން ތިބުނާ މެސިނު ޖަލައްގެންގޮސް ތިޔަ ދީބެއް ނިންދަވަބަލަ. ގުގުރިދަމާތީ ނޭފަތަށްވެސް މީހުން ލައްވަނީ މެސިނު ވިއްޔާ.
މމޕރސ ގެ ފައިސާ އެނމެގިނައިން ބޭނުން ކޮށްފައިވަނީ
މޑޕ ގެ ބޮޑުން ކަން އަދީބުގެ ބަހުންވެސް އެއޮތީ އެނގޭށެވެ އެކ ހެންވީމާ ޖަލުގައި އަދީބު ބޭއްވޭ ކަށްނެތެވެ.
ވެރިކަމަށް އައީވެސް އަދި ސާފްތާހިރު ވީވެސް ވަގު ފައިސާ
އިންނެވެ.
އިމްރާނޫ! އަދީބަށް ޙުކުމެއް ކުރުމުގެ ބޭނުމެއް އެބައޮތްތޯ؟ އަހަރެމެން ރައްޔިތުންގެ ފައިސާތައް ކައިލައިގެން ހޮޑުލެވިފައި ހުރިއިރުވެސް އަނބިގޮއްޔެ ކައިރީ ގޭގައި. މާނައަކީ އަދީބުގެ ޚިޔާނާތުގައި އިމްރާނުމެން ބައިވެރިވެފައޭ ވަނީ ދޯ؟
ކަލޯ މީ ހަމަޖެހޭ ޒާތުގެ ދޮގެއްވެސް ހަދަން ނޭގޭ ޝޭހެއްތާ.....މީހަމަ ދެއުޅިއްނުވާ ސޭ ކެއް.
ޢަންހެން މެށިނެއް ދޯ ނިދަން ބޭނުން ވަނީ ....އެމެޝިން ޖަލަށް ނުވެއްދޭނެ
ތިވެސް ޝެއިޚަކު ދެއްކި ވާހަކައެއް.
މާދަމާ މިނިސްޓަރުކަން އަތުލީމާ 2 ވަނަ އަނގައިން ތިކަންވެސް ކުރީ މަޖުބޫރުންކަމަށް ނުބުނާތި
ސޭކު ވިދާޅު ވިޔަސް އެއީވާ ތެދުފުޅެ އަދީބު ނިދިކުރަށްވާ މެޝިން ވިހިއަހަރު ޖަލުގާއި ބާއްވާއި ފިނަމަވާނީ ހުކުމަކާއިނުލާއި އެ “ މެޝިން “ އަށްދެވޭނުހަށްގު އަނިޔާއަކަށްވާނީ އަދި އަދީބު ބޭނުން ކުރަށްވާ “ މެޝިން “ ބޭނުންފުޅެއްނުވޭ ޖަލަށް ވަޑާއިގަތުމަކަށް ސޭކުވެސް އަވަހާރަފުޅު ލައްޕަވަން ބޭނުން ކުރެއްވި މެޝިން ދުވަސްވެ މުސްކުޅި ވުމުން މިހާރު އާމެޝިނެއް ބޭނުން ކުރަށްވާކަން ފާހަގަކޮށްލެވޭ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ޢަދީބު ޖަލުގާއި ނުބެހެއްޓިގެން އުޅެނީ ވަކިބަޔެއް މިމަށްސަލާއިގާއި ބެދި ގައުމުގެ ސިޔާސީ އެންމެ އިސްދެމަގާމު ހުސްވާނެތީ މިކަމުގެ ސުރުހީއެއްވަނީ ޝަރިއްޔަތުގެ މަޖިލީހުގާއި އަބީބު ފިސާރި ރަގަޅަށް އަޅާއިލާފަ ގަންނާކުރެއްވި ބިރުން ގެޔަށް ބަދަލުކުރީ
އެއީ ހެދުން ލައްވާ ފައި ހުންނަމެޝިނެއް.
އެއީ ވަރަށް އަގުބޮޑު އެކަމަކު ކުޑަކުޑަ ސިމްޕަލް މެޝިނެއް... އެއީ ބައިޕެޕް މެޝިން. ޑޮކްތަރ ނުބުނާނެ ޖަލުގަ ބޭނުންނުކުރެވެނެއެކޭ.. އަދިބަށްވުރެ މާ ނާގާބިލް ކުޑަކުދިން އަމިއްލައަށްވެސް ނިދާގަނޑީގަ އެމެޝިން ބޭނުންކުރޭ..ވަރަށް އާދައިގެ މާސްކެއް އަނގަމަތީ އަޅާލީމާ ނިމުނީ..ބޭނުންވަނީ ކަރަންޓްސޮކެޓެއް.....ދޮގުހެދިޔަސް މީދެން ބޮޑުވަރު..މީ މިސަރުކާރުގެ ބޮޑުޖޯކު...
ދިވެހީން ޖޯކަކަށް ހެދި އިމްރާންނަށް ސަލާމަށް ފަހު ދަންނަވަމެވެ. ތި ކަހަލަ ނިދާ މެޝިން ބެހެއްޓޭނީ އަދީބުގެ ގޭގައި އެކަންޏެއް ނޫނެވެ. ކަރަންޓް ސޮކެޓެއް ކައިރީގައި ހުރިއްޔާ މަސް ދޯނިފަހަރާއި ކުނި ގޮނޑާއި އެއާރ ޕޯރޓާއި ފަޅު ރައްރަށާއި އެމެރިކާގެ އިތުރުން ހަނދާއި އިރާއި ތަރިތަކާއި އެހެން ޕްލެނެޓް ތަކުގައިވެސް ތި މެޝިން ބެެހެއްޓޭނެއެވެ. ތި މެޝިން ޖަލުގައި ނުބެހެއްޓޭނެ ކަމަށް އިމްރާނަށް ފެނުމަކީ ނުވަތަ ހީކުރުމަކީ އިމްރާންގެ ނާޤާބިލް ކަމާއި ނުބައި ނުލާފާ ކަމާއި އިޚްލާސްތެރި ކަމެއްނެތްކަމާއި ވަކި ބަޔަކަށް ވިކިފައި ހުރިކަން ދޭހަވާ ކަމެކެވެ. ތިހިރީ ދުނިޔެ ފެނިފައެވެ. އަދި އާޚިރަތް ފެންނާނެއެވެ.
ބަލަގަަ ބޯގަޅި ޝެއިޚު. ކަރެކްޝަންގައި ކީއްކުރަން ވަޒީފާ ދީފަތިބޭ ނަރުހުންނާއި ޑޮކްޓަރުން ތިބެނީ. އަދިބާއެކު އެއްބަސްވީ ގޭގަބަހައްޓަންކަން ދިވެހިންނަށް އެނގޭ. ޝައިޚު ހީކުރީތަ ދިވެހިން ނަކީ ގަމާރުނާކަމަށް.
ގައުމު ހަލާކުވެއްޖެ.