ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ސަފާރީގައި އަންހެނަކު ރޭޕް ކޮށްފައި ނުވާކަމަށާއި ސަފާރީގައި ހިނގީ ވަރަށް އާދައިގެ ކުޑަކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ އަޑުން" ފޮނުވި ޕްރޮގްރާމެއްގައި ވާހަކަދައްކަމުންނެވެ.

ފުލުހުންގެ މުއައްސަސާ ބަލަހައްޓަވާ މިނިސްޓަރ އިމްރާން ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެހީ ބޮޑު ރޭޕް ކޭސްއެއް ކަމަށް ހީކުރެއްވި ކަމަށެވެ.

"އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ (އެނގުނު އެހެން ނޫންކަންވީ) އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ އާންމުތަނެއްގައި ހރެފައި ވެސް މީހަކަށް ކޮށްލެވިދާނެ ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ސަފާރީގައި ހިނގި ކަންތައް ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި މިނިސްޓަރ އިމްރާން ސިފަކުރެއްވި ނަމަވެސް މިމަސް ތެރޭގައި އާއްމުވި ވީޑިއޯއަކުން ވެސް އެނގޭ ގޮތުގައި ބިދޭސީ އަންހެން މީހާގެ ބްރާގެ ތެރެއަށް ސަފާރީގައި ހުރި ފިރިހެނަކު އަތްލާ އޭނާގެ އުރަމަތީގައި ހިފާފައި ވެއެވެ.

ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައަށް އެތައް ދުވަހެއް ވެފައި ވާއިރު އަދިވެސް އެމައްސަލައިގައި ދައުވާ އުފުލާފައި ނުވާތީ އާއި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާ ގޮތުން ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ޖ

    އިމުރާން ނަމެއްގައި ސޭޙެއް ބޯހަލާކު

    44
    1
  2. ދަންނަ އިމޫ

    އިމްރާން އެބުނި ބަހުގެ މައުނައީ ސިޓީއުރަމަތީގައި މީހަކު އަތްލިވާހަކަ ދެއްތޯ ނޫނޭވާ ކަލޯ އެބަހުރި ކިޔަވާފަ ކިޔެވިކިޔެވީނުން ތިހުރީ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ އާދައިގެ ކަމަކަށްހަދާފަ ވަޒީފާގެ ދަހިވެތިކަން ސިކުނޑީގައި އަށަގެންފަވަނީ ވަރަށްގަދަޔަށް .

    47
    1
  3. ޖާހިލު

    އާއްމު ތަނެއްގަ ހުރެފަކަލޭވެސް ވަރައްގިނައިންކޮއް އުޅޭކަމެއްދޯ ކަލެއައް މަންޒަރުފެނުނީތަ ނިދާފައޮއްވާ

    41
  4. ޅަތީފާ

    ގޮތެއް ފޮތެއްނެތް މީހާގަނޑެއްމީ

    35
  5. ބަލާ

    ތިޔަވަރަކުން އިންސާފޭ ގޮވާއިރު ކޮބާތޯ އަފްރާސިމް ކޮބާތޯ ޑުރައިވަރު ގާސިމް ކޮބާތޯ މަރާލެވުނު އެތަކެއް މައުސޫމް ބަޔެއގެ ފުރާނަތައް ކޮބާތޯ އިންސާފް

    31
  6. ޖީހާން

    އިމުރާނޫ ކަލޭގެ ދަރި ނުވަތަ އަނބި މީހަ މަގުމަތީ ބަހައްޓާ ނެރެފަ ތިކަހަލަ ވަރައް ކުޑަކަމެއް މަވެސް ކޮއްލަފާނަން އެއީ ކުޑަކަމެއްގެ ގޮތުގަ ދެކޭތި ދައުވާނުކުރާތި މަވެސް އެމްޑީޕީޔައް ސޮއެކޮއްލާފަ އެކަން ކުރާނީ

    41
    1
  7. ފަހަރިދައިތަ

    އަދުލުއިންސާފުގެ ތިލަފަތުން އެއްލިލަފަތައް ކެންޔާ އަންހެން ކުއްޖާގެ ބުރާ އަޅާފަ އަނެއް ތިލަފަތައް އުރަމަތިލީމަ ނިކުންނާނީ ކޮންނަތީޖާއެއް އިމުރާނު ޖަވާބުދީފި

    22
    1
  8. ފާތުމަ

    އެހެން މީހަކަށް އިހުސާސެއް ނުވާނެ އަނިކާގެ ހިތުގަ އަޅާ ވޭނެއް. އަޑުއަހާ މީހަކަށް ކުޑަކަމެއް ހެން ހީވިޔަސް އެކަން ގޯ ތްރޫ ކުރި މީހާ ވާނެ ދެރަ އިހުސާސެއް ނުވާނެ. މިގައުމުގަ އެކަކު އަނިކަކަށް އަޅާލާ ލޯބި ދިނުމެއް ނޯވޭ. ކޮންމެ ކަމެއް ވެސް ވަރަށް ކުޑަކަމަކަށް ހަދަނީ. ކަމެއް ކުރިކަން ނޭނގޭ ވަރު ކަމަކަށް ވީމަ އޭގެ މާނަ އެއް ނޫން އެއީ ކުޑަ ކަމެކޭ. ވަރަށް ދެރަ ދެން. އަހަރެމެންގެ މާތް ރަސޫލާ (ސ.އ.ވ) އަހަރެމެންނަށް އެނެގެވި އަންހެނުންނާ ދޭތެރޭ ރަނގަޅަށް ކަންތަށް ކުރަން. އެކަމަކު މިގައުމުގަ ފެންނަނީ މީގެ އިދިކޮޅު. އަން ކިޔައިފިއްޔާ ހެޔޮ އަންގިޔަކަސް. ކުޑަކުއްޖެއް ބޮޑުމީހަކަށް ނުބަލާ. ކަންކަން ހައްލު ކުރަން ތިބޭ މީހުން ވެސް ވަނީ އިހުމާލު. އެންމެން ވެސް ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް ވޭ. ޖަވާބުދާރީ ވާން ޖެހޭ ފަރާތެށްވޭ. މީސްތަކުންގެ ހައްގު ރަށްކާތެރި ކޮށްދޭން މަތީ މަގާމުގަ ތިބޭ އެންމެންގެވެސް ހާލަތަކީ މީ.

    19
    1
  9. ކިޔުންތެރިއެއް

    މަގާމާ ދުނިޔެއަށްއޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ދީނާ ، ގައުމު ވިއްކާލަންފަސްނުޖެހޭ މީހެއްތީ. މަރުވެދާނޭ ހިތަކަށްވެސްނާރާ ، އިންތިހާއަށް ދޮގުހަދާ ފިތުނަފަސާދަ އުފައްދަމުން ދާއިރު.

    24
  10. އައިޗާ

    ތިކަމަކީ ކުޑަކަމެއްކަން އެނގިދާނެ މަޖިލިސް މެމްބަރ އަދި ޕާޓީ މީހެއްގެ ފިރިކަލުން ޝާމިލް ނުވިނަމަ.ތީ އަހަރުމެންދަންނަ ކުޅިވަރެކޭ..ޕާޓީ މީހަކު ވެއްޖެއްޔާ ވަރިހަމަ ގައުމު ދަވާލިޔަސް ނުވާނެ ކަމަކަށް.ކުޑަކުދިންނާ ބެހުނަސް ނުވާނެ ކަމަކަށް.ގއ ރަށެއްގަ ކުޑަކުއްޖަކާބެހި ނުވިތާކަށް އޮރިޔާން ފިލްމް ދެއްކީމަވެސް އެހެރީ ދޫކޮށްފަ ބޮޑުކަމަކަށް ނަހަދާ.ފަހަރުގަ އިމްރާނަށް ހީވީ ކަހަލަ ބާލީސް އުރަމަތީގަ އަތްލީކަމަށް.އެހެންނަމަ މައްސަލައެއްނުން.އެކަމަކު އަންހެނެއްގެ (އރމތ) ވެއްޖެއްޔާ ބޮޑުމައްސަލައެއް.މަގާމުގެ ދަހިވެތިކަމުގަ ޖެހޭނީ ޕާޓީ ކުދިން ރުއްސައިގެން ހުންނަން.

    18
    1
  11. ޢަލީ

    މަސްތުވާތަކެތި ބޭނުންކުރާމީހަކައް އެހެންމީހަކު މަސްތުވާތަކެތި ބޭނުންކުރުމަކީ މާބޮޑުކަމަކައް ނުވާނޭ. އަދި ކާފަރަކައް މުސްލިމަކު އިސްލާމް ދީން ދޫކޮށް ކާފަރުވުމަކީވެސް މާބޮޑު ކަމަކަށް ނުވާނެއެވެ. އިމްރާން މިހާރު އެހުރީ ސޭކުވެފައެވެ.

    20
  12. ޢަލީ

    މަސްތުވާތަކެތި ބޭނުންކުރާމީހަކައް އެހެންމީހަކު މަސްތުވާތަކެތި ބޭނުންކުރުމަކީ މާބޮޑުކަމަކައް ނުވާނޭ. އަދި ކާފަރަކައް މުސްލިމަކު އިސްލާމް ދީން ދޫކޮށް ކާފަރުވުމަކީވެސް މާބޮޑު ކަމަކަށް ނުވާނެއެވެ. އިމްރާން މިހާރު އެހުރީ ސޭކުވެފައެވެ. ހެޔޮނުވާނެ އިމްރާނުގެ ވާހަކަ ނުދައްކާށޭ. އެއީ މިހާރުފައްކާ މުނާފިގެކޭ.

    10
  13. ނޫސްކިޔާމީހާ

    އަންހެންމީގާގެ އުރަމަތީގަ ހިފީމާތޯ އޭނަ މޫދަށް ފުންމާލީ. ޢިމްރާނަށް އަންހެނެއްގެ އުރަމަތީގައި ހިފުން އެއީވަރަށް އާދައިގެ ކަމަށްވިޔަސް ކޮންމެ އަންހެނަ ކަށް އެއީ އާދައިގެ ކަމެއް ނޫން.

    21
  14. ޕިސް

    އިމްރާނުގެ އަންހެންދަރިއެއްގެ އުރަމަތީގަ މީހަކު އައިސް ހިފީމަވެސް އާދައިގެ ކަމެއްތޯ؟

    29
  15. އަލި

    މިއީ އިދކޮޅު މީހުން ބުނި އެއްޗެއް ނަމަ މިހާރު އެމީހަކު ހަވަރަށް ދޭނެ. ތަނެއްގަ ހުރި އަލްއުސްތާޒު އުސްތަނަކުން ވެއްޓި ހަލާކުވެ މޮޔަވެފައި ހުރި ލާދީނީ ސަރުކާރަށް ތާއީދު ކުރާ ބުރާންޗެއް މިބާވަތުގެ ކަންކަން ކުރީމަ މާބޮޑު ކަމަކަށް ނުވޭ... ތިޔައީ ޝޭހެއް ނޫން ސޭކެއް... ލާދީނީ ސަރުކާރު.... ރީނދުލަށް ތާއީދުކުރާ ހުރިހާ މޮޔައިން މި ކޮމެންޓަށް އަންލައިކު ދިނަސް

    28
    1
  16. އޯކޭ އިމްރާން

    " "އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ." މިހަބަރަށް ބަލާއިރު މިވާހަކައަކީ އިމްރާން ބުނި އެއްޗެއް ކަމަށް ވަނީނަމަ، އިމްރާނުގެ އަންހެން ދަރިއަކަށް އަނތްބަކަށް ނުވަތަ އަންހެން ކޮއްކޮ ނުވަތަ ދައްތައަށް ޕަބްލިކް ތެރޭގަ މީހަކު ހުރެފަ މިފަދަ އާދައިގެ ކަމެއްކަމަށް އިމްރާނު ދެކޭ ކަމެއް ކޮށްގެން ހޭބަލިވެގެން އުޅެގެން ނުވާނެތާ! ނަމަވެސް މިހާރު ވެސް މީންމީހެއްގެ ތިމާގެ މީހަކަށް މީހަކު ޕަބްލިކް ތެރޭގައި ހުރެފަ ނޫން ގޮތަކަށް ބަލާލިޔަށް އެމީހަކު ހަލާކުވާނެ އިމްރާންމެން މިގެންގުޅޭ ޖަސްޓިސްގެ ސަބަބުން ، ހަމަ ހަޤީޤަތުގައިވެސް ދިވެހިރާއްޖޭގަވެސް ހިނގަނީ "އަންދާޤާނޫން"، ދެން މިހާރު ހުރިހާއެންމެން ވެސް ޤަބޫލުކުރަން ޖެހޭ އިމްރާން ހޯމް މިނިސްޓަރަކަށް ހުރިކަމަށް ވީނަމަވެސް އިމްރާނު ބަސް ބުނަން ޖެހެނީ އަމިއްލަ އިހްތިޔާރުގައި ނޫންކަން .... އެހެންވާނަމަ މިއައްވުރެ ބޮޑު އަޅުވެރިކަމެއް ކޮބައިތޯ...... ހުރިހާ ބޭފުޅުންވެސް ވިސްނާލާ!!! ލަދުވެތި ،، ދެރަހުރި ކަމެއް އިމްރާން ކަހަލަ ބޮޑެތި މީހުން ވިއްޔާ (ސޭހުންގެ ލަގަބް ދޭނެކަމެއް ނެއް، ސޭހުންނަށްވެސް ހުތުރު)

    11
  17. އަހުމަދު

    ކުޑަޔަސް ބޮޑަސް ކުށްވާނީ ކުށަށް. އަދަބު ދެވެންވާނެ. އޮޅުވާލަން ދޮގުނަހަދާ.

    26
  18. މުރާދު

    ޢެއީ ކުޑަކަމެއްނޫން އެއީ ދީނާޚިލާފް ވަރަށްބޮޑުކުށެއް ތިގޮތަށްދެކިލައްވާނަމަ ޝެއިޚުލަގަބު
    ލިބިލައްވާފައިވާބޭފުޅުންގެ އެލަގަބު ކަނޑާ ލެއްވިކަމުގައިވިއަސް އެއީ އެލަގަބު ލިބިލައްވާވަރުގެ
    ގާބިލްފަރާތެއްނޫންނަމަ ކުޑަކަމަކަަށްވާނެ

    21
  19. ޖަޒީރާމަނިކު

    މީނާމީ އެކަހަލަ އާދައިގެ ކަންތައް ވަރަށް ގިނައިން ކުރާމީހެއް. އެހެންވީމާ އެނުވާނެ ބޮޑު ކަމަކަށް.

    18
  20. ފޭކު ޝޭހު

    އެހެންނު ވާނީ. އަންހެނުންގެ އުރަމަތީގައި ހިފަމުން ދުވާ މީހުންނަށް އެކަހަލަ ކަންތައް ވާނީ ވަރަށް ކުޑަކަމަކަށް. އަހަރުމެންނަށް އެއީ ވަރަށް ބޮޑެތި ކަންތައްތައް. ޝޭހެކޭ ކިޔައިގެން އުޅޭ ދެފުއްކެހެރިއެއް ތީ. ވެރިކަމާއި މަތީ މަގާމަށް ބޫތު ކައިފަ. ކިޔޭ ނުކިޔޭއެއް ނޭނގޭ.

    18
  21. ޙެހެ

    މަގާމްގެއްލިދާރަގަޅައްތިވިދާޅުވީ.

    10
  22. ހުސެންބެ

    އެއީ މިނިސްޓަރުވެސް ކޮށްއުޅޭކަމެއްވީމަ އޯކޭވާނެ އެއްނު

    19
  23. ކަމަނަ

    ފާދިރީ އިމްރާނު ކިޔައިފިއްޔާ މީނަ އޯކޭވާނެބާ ހިލޭ އަންހެނެއްގެ އުރމަތީ ހިފިއަސް އަދި ކޮލުގައިހިފިއަސް ވާނީ ގަޔަށްއެރިކަމަށް އެއީ ބަދުއަޚުލާޤީ އަމެލެއް ކަލޯ

    19
  24. ބޯޖަލީލު

    ފަހަރިޔަށް ވެސް ކޮށްލީ ވަރަށް އާދައިގެ ކަމެއްދޮއްތޯ

    21
  25. ޙުސެއިން

    ޢަންހެއްގެ އުރަމަތީގަ އައްލީމަ އެހާ ބޮޑުކަމަކަށް ނުވަނީ ފިރިހެނަކަށް ވީމަ. އެއީ ހަމަ ބޮޑުކަމެއް، އަދި އަދަބުވެސް ދޭންވީ ކަމެއް. މި ގައުމު އިންޑިއާ އަށް ނަހަދާ

    23
    1
  26. XD

    މީގެ މާނައަކީ އިމްރާންގެ ފަޓުލޫނުގެ ތެރެއަށް މީހަކު އަތްލައި ހިފިޔަސް އެއީ މައްސަލައަކަށް ނުވާނެތާއޭ.

    22
  27. އެޑްމުންޑޯ

    އައްޑޫ އަށް ދިޔަ ފްލައިޓެއްގެ ތެރޭ ބިދޭސީއަކު އަންހެނެކާއި ދިމާލަށް ނުބައި އެއްޗެއް ކިޔާގެންވެސް ޖިންސީ ފުރައްސާރަކުރިކަމަށް ބަލައި ހައްޔަރުކޮށް ވަގުތުން ފިޔަވަޅު އަޅައި ބޮޑުކަމަކަށްވި ، އަދި މުސްކުޅި މީހަކު މަގުމަތިން އަންހެނަކާއި ދިމާލަށް ހަޑި ނުބާ އެއްޗެހިކީ މައްސަލާގެ އެމުސްކުޅިޔާ ހައްޔަރުކޮށް ދާދިފަހުން ހިގިކަންތައް އެންމެނަށް އެގޭނެ ، އެކަމަކު ނުބައި އެއްޗެހި ކިޔާ ޖިންސީ ގުނަވަނެއްގެ އަތްލާހެދީމާ ، މިވާހަކަދައްކާތީ އިމްރާނަށް މިކަންވީ ޖޯކަކަށް

    21
  28. ނާއްޓޭ

    ދެން ތިބުނާ ބޮޑު ކަމަކީ ކޮބާތޯ

    19
  29. ހުސޭނުބޭ

    މިހާރު މީނައަށް ހުތުރު ޢަމަލުތައްވެސް ކަމުދަނީތަ؟

    18
  30. ސުމެއް

    އެހެންވީމަ އިމްރާނުގެ ކުރިމަތި ފަރާތުގެ ހިފީމަ ނުވަތަ އަތްފޯރުވީމަވެސް ވާނީ ކުޑަކަމަކަށްތޯ ނުވަތ ކުޑަކަމު ދިޔުމަށްތޯ؟

    19
  31. ބޮލި މުލައް

    އެކަމަށް ފެންބޮވައިގަނެފަ ހުރި މީހަކަށް މާބޮޑު ކަމަކަށް ނުވާނެއްނު.
    އަޅެ މީނަ ދީނީ ޢިލްމު ކޮންތާކުން އުނގެނިގެން އާސްތަ މިއުޅެނީ؟ ކޮޅުފުށީ މީހެކޭ ބުނާތީވެސް ލަދުގަނެ

    18
  32. ރައްޔިތު

    އެމީހަކު އާންމުކޮށް ކުރާ ކަމެއް އެމީހަކަށް ބޮޑު ކަމަކަށް ނުވާނެތާ؟! ހަޔާތް ކުޑަ...

    13
  33. ޤާދިރު

    އޭނާއަކީ އަބަދު އެކަން ކުރާމީހެއް އެހެންވެ ބޮޑު ކަމަކަށްނުވާނެތާ

    10
  34. ބޮންދު

    މީނަ މަރުވީމަ، މީނަގެ ކަށު ނަމާދުގައި ބައިވެރިވާ މީހުން ވެ ސް ފާފަވެރިވާނެ

    5
    1
  35. ކުޑަކާށި

    މިސެއިޚުގެ އިލްމީ ޤާބިލުކަން ހުރިމިންވަރު މީގެންހާމަވެއްޖެ ، ސެއިޚުގެ މައިމީހާވެސް ލަދުގަންނާނެ ތިމަންގެ ދަރިއަކީ ސެއިޚެކޭބުނަންވެސް ،،

  36. އިމޫ

    އެ އޯކޭވާ ނެ ދޯ އިމްރާ ން.....އުރަމައްޗެއް ނު....އުރަމަތި ނުވަތަ ކުޑަކަމުދާ ނިޒާމުގަ ހިފިޔަސް އޯކޭ...ކަމެއް ނުކުރޭތާ...ހައްހައް..ހައްހައް..

    5
    2
  37. އަހްމަދު

    ޢިމްރާނުއަންހެނުން މަގުމަތިންފެނިގެން މީހަކުއެކަހަލަޢަމަލެއްހިންގައިފިނަމަ ޢިމްރާނު ކީކޭބާބުނާނީ؟

    13
  38. ފާތޭ

    މި މުނާފިގު ޢިމްރާނުގެ އަންހެނުނާއި އަންހެން ދަރީގެ ކިރުގައި މީހަކު ހިފާދަމާ ގަދަކަމުން ބޮއެ ހެދިޔަސް މީނާ އަށް އެކަންވާނީ ކުޑަކަމަކަށް ދޯ.

  39. ގަލަން ތުނޑު

    އިމްރާނު މިހާރު ދޮގުހެއްދެވުމަށް ވަރަށް ކުޅަދާނަ ވެއްޖެ.
    1.ސަފާރީ ރޭޕްކޭސްއާދައިގެ ކަމަކަށް ހެއްދެވުން.
    2.އަދީބު ބޭނުންކުރާ ބައިޕެޕްމެޝިން ޖަލުގަ ބޭނުންނުކުރެވޭނެކަަމަށް ވިދާޅުވުން.

  40. ހަސަންބޭބެ

    އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި ދަމައި ހިފައިގަތުމާއި، ޖިންސީ އަނިޔާ ކުރުމާއި އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި އިންޒާރު ދިނުމާއި، މިހިރަ މިހިރަކަންތައް އާއްމުކޮށް ކުރާ މީހާ ބުނާނީ އެއީ މާ ބޮޑުކަމެއް ނޫނޭ!

  41. ސަމްސިއްޔާ

    އިމްރާން އެބަޖެހޭ މަގާމުން ވަކިކުރަން. ރައްޔިރުން ނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އޮންނަ މުއައްސަސާގެ އެންމެ އިސްމީހާގެ ވާހަކަ ހުންނަގޮތް ވަރަށްސާފު. ދެން އަހަރުމެންނާއި އަހަރުމެންގެ ދަރިންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟؟ އަހަރުމެން އިންސާފު ހޯދަން ދާނީ ކޮންތާކަށް؟؟

  42. ސަމްސިއްޔާ

    އިމްރާންމެ ދަރިއަކާމެދުގައި އެފަދަ އަމަލެއް ހިންގީމަވެސް ހަމަ ތިޔަގޮތަށް ވާހަކަ ދައްކަން ކެރޭނެތޯ؟؟

  43. އޖއ

    މަންޖެ އަމާތަ އެއީ އަޅެ

  44. އަންނި

    ސާބަހޭ އިމޫ.

  45. އެމަންޖެ

    މިހާރު މިމީހުން ނޭނގޭނެ ދޯ ލިޕްސްޓިކް އުނގުޅައިގެން އުޅުނަސް.

  46. ލލ

    ޕަބްލިކް ތަނެއްގަ ކޮއްލަން އޯކޭ ކަމެއްގެ ވާހަކަ ޕަބްލިކް ތަނެއްގަ ނުދެއްކެނީ ކީއްވެ؟؟