އަންނަ އަހަރަށް ލަފާކޮށް ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިނިސްޓްރީގައި މިހާރު ކުރިއަށްދަނީ ބަޖެޓު އެކުލަވާލުމުގެ ފަހުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދު ބުނާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާ ކުރާ ބަޖެޓު އޮކްޓޫބަރު މަހުގެ 31ގެ ކުރިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ބަޖެޓު ހުށަހަޅަން ޖެހޭނީ ހުރިހާ ތަފްސީލްތަކާ އެކުގައެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން އޮތީ ހާމަކޮށްފައެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި މިއަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރިއެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓާލަން ޖެހުމާ ގުޅިގެން ރާއްޖެ އަށް ލިބޭ އާމްދަނީގެ ގިނަ ދޮރުތަކެއް ބަންދުވެގެން ދިޔައެވެ.

މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގައެވެ. އެހެންވެ ބަޖެޓު ފޫބެއްދުމަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރީ

    ސާބަހޭ ހިތްވަރުގަދަ ފިނޭސް މިނިސްޓަރު ބަޖެޓު ޖައްސައިގެން ރީދޫ ބަޔައްބަހާލާ ނަޒާހަތް ތެރިކުދިންް

    18
  2. ތަމެންދޯ

    ސަފާރީ ކޭހަކީ އަޑު ފެތުރުނުހާ ބޮޑު މައްސަަލައެއް ނޫން ކޮވިޑް ވެންޓިލޭޓަރުން ކުރި ވައްކަން ވެސް އެއީ އެހާ ބޮޑު މައްސަލަ އެއް ނޫނޭ ދެން ކޮވިޑް ތެރޭގައި ހުޅުމާލޭގައި މީސް މީހުންގެ އަމިއްލަ ގޯތީގައި ކޮވިޑް ފެސިލިޓީ ހެދުން އެއީ މާބޮޑު މައްސަލަ އެއް ނޫނޭ ފިނޭންސް މިނިސްޓަރު އަމިއްލަ ވިޔަފާރި ނަމުގައި 81 މިލިއަން ރުފިޔާގެ ދޯނި ފަހަރު މާލެ ސަރަހައްދުން 20 ލަގްޒަރީ އެޕާރޓްމެންޓްސް އޭނާގެ އެކެބަނޑެ ބެއްޔާ މެންގެ ނަމުގައި ގަތުން އެއީ ވެސް ދެން މާބޮޑު މައްސަލަ އެއް ނޫނޭ އެއީ ދެން ކުދި ކުދި ވައްކަން ތަކޭ ބޮޑެތި ވައްކަން ތަކަކީ އެއީ އެމްއެމްޕީއާރުސީގެ ވައްކަންތަކޭ ދޯ...

  3. ޖައްސާށޭ

    ނޮވެމްބަރު ނިމޭއިރު 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ޑރ. މައުސޫމު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ސިންގަޕޯރ އެއާރލައިންސް އެބަޖެހޭ ރާއްޖެ އަށް ދަތުރު އެސްކިއު ދަތުރު ކުރަން ފެށުމުން ރާއްޖެ އަށް އަންނަ އިންވެސްޓަރުން ވެސް އިތުރު ވާނެއޭ އަދި އެބަޖެހޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެތަނުން 250 ހާސް އަކަފޫޓްގެ ބްލޮކްސް ތައް ނަގާ އެފަދަ ބްލޮކްސް ތައް ވިއްކަން ބްލޮކެއްގެ ފެށޭ އަގަކީ 1 މިލިއަން ޑޮލަރޭ ނީލަމުގައި ވިއްކާނީއޭ މިކަން ކުރަންވީއޭ...

  4. ހުސޭނުބޭ

    މި އަހަރުގެ 38 ބިލިއަން ދިރުވާލިއިރު މަގޭ މަތިން ނެތް ދޯ ހަދާނެއްވެސް! އަންނަ އަހަރުގެ ބަޖެޓުން މަށަށްވެސް ބައެއް އަޅާން ހަދާންބަހައްޓައްޗޭ!

  5. އަހްމަދު

    ކުރީ ދުވަހަކު ބުނި ބަޖެޓް ފޫބައްދަން އިންޑިޔާއިން ފައިސާ ދިންވާހަކަ. އެވެސް ކައިލީދޯ؟ ނޫނޭ ތިޔަހުރީވާ މޮޅު މާލީވަޒީރެއް.

  6. ފައްޔާޒު

    އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު 35 ބިލިއަނޭ ނުކިޔާ ޓުރިލަން ކިޔާ.