އައްޑޫ ސިޓީ ގަމުގައި ހިނގަމން އަންނަ އޭޝިއަން އެކަމަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ފްލައިން ސްކޫލްގައިި ކިޔަވަމުންދާ ހަތަރު ދަރިވަރަކު ވަކިކުރި މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނުރުހުން ފާާޅުކުރައްވައިފިއެވެ.

އެ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެގެން އެ ސްކޫލްގައި ކިޔަވާ 86 ދަރިވަރަކު ވަނީ ކަމާ ބެހޭ އިދާރާތަކަށް ޕެޓިޝަންއެއް ހުށަހަޅައިފައެވެ. ސްކޫލުން ވަކިކުރީ ޕެޓިިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ ހަތަރު ދަރިވަރެކެވެ.

ނަމަވެސް އޭއޭއޭ ފްލައިން ސްކޫލް އިން އެ ދަރިވަރުންނަށް ފަހުން ފޮނުވި ސިޓީއެއްގައި ވަނީ ދަރިވަރުން ވަކިކުރި މައްސަލަ މިހާރު މަޑުޖައްސާލާފައިވާ ކަމަށާއި ރިވިއު ކޮމިޓީއަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްލައިން ސްކޫލް އިން ދަރިވަރުންނާ މެދު އަމަލު ކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ކަމާ ބެހޭ އިދާރާާތަކާ ހިއްސާކުރުމުން ދަރިވަރުންް ކަނޑާލަން ނޯޓިސް ފޮނުވި ފޮނުވުން ކުށްވެރި ކުރާ ކަމަށެވެ.

"ޓްރާާންސްޕޯޓް މިނިސްޓްރީން ސްކޫލްއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލަން. މި މީހުންގެެ ކަންތައް މާ މައްޗަށް ގޮސްފި،" ރޮޒައިނާގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ދަރިވަރުން ވަކިކުރި ނިންމުން ބަދަލު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެ ސްކޫލަށް އަންގާފައިވެއެވެ. ދަރިވަރުންގެ ޕެޓިޝަން ހުށަހެޅުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައިވަނީ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅު ސްކޫލާ މެދު އަޅަން ނިންމާފައިވާ ކަމަށެވެ.

އޭއޭއޭއަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އެކަމަޑަކީއެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަން ރެގިއުލޭޓް ކުރާ އެކަޑަމަކީއެކެވެ.