ކުޑަ ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.މީސްމީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯގައި މާލޭގެ ގެއެއްގެ ބެލްކަންޏެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނާތީ ޖެންޑާ މިނިސްޓްރީން ވަނީ އެ މައްސަލަ ތަހުގީގުކުރަން ވެސް ފަށާފައެވެ.އެ ވީިޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށީ ރެއިން ފެށީ ރޭގެ ވަގުތެއްގައެވެ.އެ މައްސަލަ ބަލަމުންދާކަން ހާމަކުރި ނަމަވެސް އެކަމާއި ގުޅޭ އިތުރު މައްސަލައެއް ޖެންޑަރ މިނިސްޓްރީއިން ހާމައެއް ނުކުރައްވައެވެ.

މިހާރު ގިނަ އެކައުންޓްތަކުން ވަނީ އެ ވީޑިއޯ ޑިލީޓްކޮށްފައެވެ. އެ ވީޑިއޯއިން ބެލްކަނީއެއްގެ ތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްޓާލުމަށްފަހު އެ ކުއްޖާ ގަދަކަމުން ގޭތެރެއަށް ވައްދަން މީހަކު މަސައްކަތް ކުރާ މަންޒަރު ފެނިގެންދެއެެވެ. އަދި އަނިޔާކުރަމުން ދިޔަ ފިރިހެން މީހާގެ އަތުގައި ހެދުން އަޅުވާ ކޮނޑެއް އޮތްކަން ވެސް އެ ވީޑިއޯ އިން ފާހަގަވެއެވެ.

އެ ވީޑިއޯ ދައުރުވާން ފެށުމުން އާއްމުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އެފަދަ ގޮތަކަށް ކުޑަ ކުއްޖަކަށް އަނިޔާކުރާއިރު ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓް ނުކޮށް ވީޑިއޯ ކުރުމުން އެކަމަށް ވެސް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކުގައި އެ ކުދިންގެ ވީޑިއޯތައް ދައުރުކޮށް، އާއްމު ނުކުރުމަށް ޖެންޑާ މިނިސްޓްރީ އާޢި ކަމާއި ގުޅޭ އެހެނިހެން ފަރާތްތަކުން ނަސޭހަތްތެރިވެއެވެ.

އަދި އެފަދަ ވީޑިއޯތަކުގެ ސަބަބުން އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބި މުސްތަގްބަލަށް ހުރަސް އެޅިދާނެ ކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށްވެސް އެ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންނި

    ނުފެނޭ.

    8
    2
  2. ސަމްކުޅިބޭ

    އެފަދަވީޑިޔޯ އާންމުކުރުމުން ކުދިންގެ ކަރާމާތް ގެއްލެނިއްޔޯ. އެކަމުން އެނުބާ އަމަލުތައްހިންގާމީހާ ތިޔަ ހިމާޔަތްކުރަނީ. ތާކުންތަކު ނުޖެހޭ ވާހަކަދައްކަނީ. ސިނގިރޭޓް ބޯމީހުން ސިނގިރޭޓް ބުނއިން ހުއްޓުވުމަށް ފޮށީ ބޭރުގައި ފޮޓޯޖެހީމާ ބުއިން މަދުވޭތޯ؟ އިހުނަށްވުރެ މިހާރު ބޯލެއްގިނަ. ބޯމީހުންގެ އަދަދުވެސް ގިނަ. ފޮށީގެ ބޭރުގައި ލިޔެފައި އެއްވެސް އެއްޗެއްއޮތޯ ނޫނީ އޮތީ ކޮންކަހަލަ ފޮޓޮއެއްތޯވެސް ބަލާނުލާ. ސިގިރޭޓްފޮށި ދިއްކޮށްލާއިރަށް ފިހާރަ ތެރޭގައި ހުރެފާ ފޮށިކަނޑާލާފާ ސިނގިރެޓެއް ނަގާފާ ވަގުތުންރޯކޮށްލާފާ ނުކުމެގެން އެދަނީ.

    25
  3. ޖޯން

    ޢެންމެ ފަހުން މައްސަލަނިމޭނީ ވީޑިއޯކުރި މީހާ ކުއްވެރިވެގެން. ޥީިޑިއޯނުކުރިނަމަ ފުލުހުންބުނާނެ ހެއްކެއްނެތޭ. ޢަމާ ބުނީތީ ފަރަށްދާ އުސޫލުން މަސްސޫލިއްޔަތު އަދާކުރާ ސަރުކާރުގެ މުއައްސަސާތަކެއް.

    43
    • ވާނުވާ

      ވީޑިއޯ ކުރި މީހާ ކުށްވެރިވަނީ ވީޑިއޯ ކުރުމަށްފަހު މީސްމީޑިއާގައި ދައުރުކުރަން ފެށުމުން. ވީޑިއޯ ކުރުމަށްފަހު ފުލުހުންނާއި ހަވާލުކުރީމަ އެކަން ނިމުނީ. ވީޑިއޯ ކުރާ މީހާގެ ސަބަބުން ގިނަ ފަހަރު ކުޑަކުދިންގެ ކަރާމަތަށް އަސަރުކުރަނީ އޭ ބުނަނީ އެހެންވެ

      7
      20
  4. އާލިމް

    ވެދާނެއްނު އެ ކުއްޖާ ބެލްކަނިން ފުންމާލަން އުޅޭތީ އެކަން ހުއްޓުވީ ކަމަށްވެސް؟

    2
    3