މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައުލޫމާތު އާއްމުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބެލުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މިހާރު ޖަލުގައި ހުރި ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދު ނަމަކަށް ކިޔާ އުމުރުން 37 އަހަރުގެ އެ ފިރިހެން މީހާއަކީ މަކަރާއި ހީލަތުން އެޕާޓްމެންޓު ކުއްޔަށް ދިނުމަށް ކަމަށްބުނެ ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލާފައިވާ މީހެއް ކަމަށެވެ.

އަދި އޭނާގެ ފުށުން މިފަދަ ކަމެއް ކުރިމަތިވެފައިވާ ފަރާތްތަކުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުގެ ނަންބަރު 9790048 ނަންބަރު ފޯނަށް ގުޅުއްވާ އެކަން ހިއްސާކުރުމަށް ފުލުހުން ކޮށްފައިވާ އިއުލާންގައި ވަނީ އެދިފައެވެ.

ފުލުހުން ވަނީ މިހާރު މަކަރާއި ހީލަތުގެ މައްސަލަތައް ގިނަވަމުން އަންނަ ކަމަށާއި، އެހެން ކަމުން ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރުމުގެ ކުރިން އެ މުއާމަލާތުގެ ސައްހަކަން ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. ސައްހަ ނޫން މުއާމަލާތެއް ކުރުމަށް މަސައްކަތް ކުރާ ކަމަށް ޝައްކު ކުރެވޭ ނަމަ އެކަމެއް ފުލުހުންނަށް ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކުއްތައް ހުއްޓުވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯޖަލީލު

    ތިއި އިބޫގެ ކެންޕެއިނަން ވަރަށް ރުފިޔާ ހޯދިސޮރެއް

    9
    12
  2. ދުންތަރި

    ހިންނަވަރެއްނު ނުވާޏެ ކަމަކަށް ރޭޕްކޭސްވެސް ހުދުކާފޫރަށްހަދާލީ ތިޔަވެސްވާނީހަމަ ތިގެން

    6
    2
  3. މަހާކަލަމެންޖާ

    އިބިރިހިމާގެ ކޭމްޕެއިނަށް ލައްކަ ފައިސާ ހޯދައި ހޭދަކުރި ޅަކުއްޖެއް

    2
    1
  4. ޓަކިބޭ ދައިތަ

    އެސޮރު ދެން ބަދަލުވާނީ ހުދުކާފޫރަށް. ނުވާނެ ކުށްވެރިއެއް. ތިޔަމައްސަލަ ބަލާ ބަޔަކު ބެދޭނީ އެންމެފަހުން ތިޔަކަން ނިމޭއިރު.

    2
    1