ރާއްޖޭގެ އެހީތެރިކަމާއެކު އަވަށްޓެރި އިންޑިއާގެ ފުރަތަމަ ސީޕްލޭން މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިންޑިއާގައި ފަށާ ފުރަތަމަ ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި މާހިރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއު ފެށުމަށް ހަމަޖެހިފައި ވަނީ ގައުމީ އެއާލައިން، މޯލްޑިިވިއަންގެ ޕައިލެޓުންނާއި ފަޅުވެރިންގެ އެހީތެރިކަމާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް ވެސް އެ ޓުވީޓުގައިވެއެވެ.

އަދި މޯލްޑިވިއަން އިން މި މަޝްރޫއު އަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ހައި ކޮމިޝަންގެ ޓުވީޓުގައިވެއެވެ.

މި މަޝްރޫއުގައި އިންޑިއާ އިން ފުރަތަމަ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ޑީއެޗްސީ-6 މަރުކާގެ ސީޕްލޭން އެކެވެ. މިހާރު މި މަޝްރޫއު ފެށުމަށް ރާއްޖޭގެ ޕައިލެޓުންނާއި، ސީޕްލޭން ފަޅުވެރިންގެ ޓީމެއް ވަނީ ސީޕްލޭންގައި ދަތުރު ފަށާފައި ކަމަށް އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އިންޑިއާގައި މި މަޝްރޫއު ފެށުމަށް ހަމަޖެހިފައި ވަނީ، އެ ގައުމުން ފާހަގަކުރާ "ސަރްދާރް ވައްލާބްބާހީ ޕަޓޭލް" އަހަރީ ދުވަސް ކަމަށްވާ މިމަހުގެ 31 ވަނަ ދުވަހު ކަމަށާއި، މި ސީޕްލޭންތައް އޮޕަރޭޓު ކުރާނީ ސަބްރްމަތީ އާއި ކެވަދިއާ އާއި ދެމެދު ކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މި ދެ އަވަށުގެ ދެމެދުގައި ދުވާލަކު އަށް ސީޕްލޭން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ދަތުރެއްގައިވެސް ޖާގަ ލިބޭނީ 14 ދަތުރުވެރިންނަށެވެ.

މި ދަތުރުތައް ކުރާ ފަރާތްތަކަށް ދޫކުރާ ޓިކެޓުގެ އަގަކީ 4،800 އިންޑިއާ ރުޕީސް ކަމަށް ހައިކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ޑޯނިއާފްލައިޓާ ހެލިކޮޕްޓަ ރު ދުއްވަންނޭގޭ ދިވެހިންލައްވާ ސީޕްލޭން ދުއްވަނީ އިންޑިއާއިން...ދެން ރާއްޖޭގެ ރިސޯޓްތައް އިންޑިއާއަށް ގެންދާނީ.😡😡😡އިންޑިއާ އައުޓްނުވެ ދިވެހިން އައުޓްވަނީ.😥😥😥

    24
    2
  2. ކޮމެންޓު

    ހެހެ ދިވެހިން ގުނބޫ ހައްދަނީ ދިވެހިންގެ އެހީތެރިކަން ހޯދީ އޭ ކިޔައިގެން

    28
    1
  3. ޣަނި

    މާކުރިންވެސް އެނގޭ ޓީއެމްއޭ ބަލިކޮށްފަ ކުރަން އުޅުނު ކަމަކޫ ތީކަން. ތީގެންވެސް ލިބޭހާ ޑޮލަރެއް ބޭރުކުރާނީ އިންޑިޔާއަށް. ފަށައިގަންނަ އިރު މީޑިއާތަކާއި މީހުންގެ ޕްރެޝަރު އައިސްދާނެތީ ދިވެހިން ގެންގުޅުނަސް މަޑުމަޑުން ދިވެހިން ބޭރުކޮށް އަތްގަދަކުރާނެ. މިގައުމަށް ފައިސާވަންނަ ހުރިހާކަމަކަށް އިންޑިޔާއިން އެދަނީ ބާރު ހޯދަމުން. މި ވެރިކަމުގެ ނިމުން އަވަހަށް ގެންނަވާށި. ޢެންމެ ފުރަތަމަ ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާޤައުމު

    25
    2
  4. ޙާމިދު

    ތީ މަކަރުވެރި ރޭވުމެއްގެ ފެށުން. ހަނިމާދޫ އެއާޕޯޓް ނިމެން ވާއިރު އިންޑިޔާގެ ސީޕްލޭން ކުންފުނެއް ހަދާފަ އެކުންފުނި ހަނިމާދޫގަ އޮޕަރޭޓް ކުރަން ފަށަން އެއުޅެނީ

    18
    1