އައްޑޫ މީދޫގައި އަމިއްލަ ޖަމިއްޔާއަކުން ހަދާފައިވާ ހަތަރު މައިޒާނަކަށް ބަޔަކު ގެއްލުން ދީފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އަމިއްލަ ޖަމިއްޔާ އަކުން ހަދާފައިވާ މައިޒާންތަކަކަށް ގެއްލުން ދީފައިވާކަން ރަށުތެރެ ބަލަހައްޓަމުން ދިޔަ ފުލުހުންނަށް ވަނީ ފާހަގަަކުރެވިފައި ކަމަށެވެ. އެގޮތުން ބަޔަކު ގެއްލުން ދީފައި ވަނީ މީދޫ ލިލީ ބީޗަށާއި، ވެރާނޑު ޕާކްއަށާއި، ކޮއްގަނޑު ޕާކް އަދި ސްވިމިން ޓްރެކް އަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެހެން ކަމުން މި މައްސަލަ ސ. މީދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މިއީ މީދޫ ނަލަފެހި ޖަމިއްޔާ ނަމަކަށް ކިޔާ އަމިއްލަ ޖަމިއްޔާތަކަކުން ހަދާފައިވާ ތަންތަންކަން ފާހަގަކޮށްލެވެއެވެ. މީދޫ ނަލަފެހި ނަމިއްޔާ އަކީ ރަށުގެ ޒުވާނުންގެ ބައިވެރިވުމާއި އެކު، އެކި ސަރަހައްދުތަކުގައި މައިޒާންތައް ހަދައި ރަށުތެރެ ސާފުތާހިރުކޮށް ބެއްވުމަށް މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާ އެކެވެ.

މީދޫ ނަލަފެހި ޖަމިއްޔާއިން އިތުރަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މުރަކަ އާލާ ކުރުމާއި އެރަށް ފެހި ކުރުމަށް ރުށް އިންދުމުގެ ޕްރޮގްރާމެއް އަދި ރަށް ސާފުކުރުން ފާހަގަކޮށްލެވެއެވެ.

މިހާރު 80 މެންބަރުން ހިމެނޭ އެޖަމިއްޔާއިން މިފަދަ ކަންކަން ކުރުމަށް ބަޖެޓު ހޯދަނީ ކޮންމެ މަހަކުވެސް ޖަމިއްޔާގެ ކޮންމެ މެންބަރެއްގެ އަތުން 100 ރުފިޔާ ނަގައިގެންނާއި ހެޔޮ އެދޭ އެކި ފަރާތްތަކުގެ އެހީ އާއި އެކު ކަމަށް އެ ޖަމިއްޔާއިން މީގެ ކުރިން ބުނެފައިވެއެވެ. އެ ޖަމިއްޔާ އިން ކޮންމެ ފިނި މައިޒާނަކަށްވެސް ގާތްގަނޑަކަށް 75،000 ރުފިޔާ ހޭދަކުރާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފފއމ

  ތޮނައް ޖަހަލީ ދީ

 2. ހަގީގަތް

  އައްޑޫ މީހުންނަކީ ދިވެހިންނަށްވު ރެ މާ ވިސްނުންތޫނު ބުއްދިވެ ރި ބަޔަކުކަމަށް ދައުވާކޮށްފައި ހުއްޓާ ފެނޭ. ދެން ކީއްވެގެންނޯ އަމިއްލަ ފަސްގަނޑުގެ އަހުލުވެ ރިންގެ މުދަލާއި ތަންތަނާއި ތަކެއްޗަށް އައްޑޫމީހުން އަމިއްލައަށް މި ގެއްލުންދެނީ. ގައިމު އެއްކަލަ ވިސްނުން ކޮށި ދިވެހީންގެ ބަޔަކު އައްޑުއަށް ގޮސް އެއްޗަކަށް މީހަކަށް ގެއްލުމެއް ދިން ޚަބަ ރެއް ނުލިބޭ. އައްޑޫނޫން ރާއްޖޭގެ އެހެން ތަނެއްގައިވެސް ނުބައިނުލަފާ ކަމެއް ކޮށްފިއްޔާ ބަލާނެކަމެއްވެސްނެތް ވިސްނުންތޫނު ބުއްދިވެ ރިން ނުހިމެނި ނުދާނެ.

 3. ކޮވިޑުވަގު

  ތިތާކު ތިކަހަލަ ކޫ ސަނި ބޫ ސަނި ތަކެތި އަތުރާ ކައިބޮއެ ހަދާފަ މުޑުދާރުކޮއް އެތާތިބެ މީހުންގެ މަ ސްކެއުމާ ދެބައޮޑުވުން ކަމަކީ މިފަދަ ނާތަހުޒީބު ބައެއް މިރާއްޖޭގަނެތް

  2
  1