ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް މީޑިއާތަކުން ގެނެސްދިން ގޮތް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށްވެސް ގޯސްވެއްޖެ އެވެ.

އެ މައްސަލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ރޭ އިމްރާން ވިދާޅުވީ، ސަފާރީގައި ހިނގައިދިޔަ ކަންކަން އާންމުންގެ ތެރޭގައި ދެކެވެނީ މާ ބޮޑު ކޮށްލައިގެން ކަމަށެވެ. ސަފާރީގައި ރޭޕްގެ ކަމެއް ނުހިނގާާ ކަމަށާއި ހިނގީ އަންހެން މީހާގެ ގުނަވަނެއްގައި ހިފުން ފަދަ އަމަލެއް ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ އެއީ އާދައިގެ ކުޑަ ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އިމްރާންއަށް ވަނީ އަމާޒުވެފައެވެ. އަދި އިމްރާން ވަނީ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމަކީ ކުޑަ ކަމެއްގެ ގޮތުގައި ވާހަކަ ދައްކަވާފައި ނުވާނެ ކަމަށާއި އެފަދަ ގޮތަކަށް ދެއްކެވި ވާހަކަ މޭރުންވާނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް މިއަދު ވިދާޅުވެފައެވެ.

އިމްރާން އެކަމާއި މައާފަށް އެދި ޓްވީޓް ކުރުމުގެ ކުރިން އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީސް މީހުން ދައްކާފައި ހުންނަ ވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް ނޫސްތަކުގެ ސުރުހީގައި ޖަހައިގެން ހަބަރު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، އެފަދަ ކަންތައް ވާނީ ބިންމަތީ ފަސާދަ ފެތުރުން ކަމަށެވެ.

އިމްރާން އެގޮތަށް ވާހަކަދެއްކެވުމާއި ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ބަލައިދެއްވުމަށް އެދިވަޑައިގެން ކެންޔާ އަންހެން މީހާގެ ވަކީލުން ހުށަހަޅުއްވާފައިވެއެވެ. މަޖިލީހަށް އާންމު ގޮތެއްގައި މި ގޮތަށް ހުށަހެޅޭ ސިޓީތަކާ މެދު ކަމާ ބެހޭ ކޮމިޓީއެއްގައި މަޝްވަރާ ކުރެއެވެ.

ކެންޔާ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހަކު ވެސް ހައްޔަރު ކުރިއެވެ. އެކަމަކު ފަހުން އެ ދެ މީހުން ދޫކޮށްލިއެވެ. އެ ދެ މީހުން ދޫކޮށްލީ ސަރުކާރުގެ އިސް ބޭފުޅަކު ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށް އެކި ވާހަކަ ފެތުރިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާމި

    މިތިބަ މީހުންގެ ވާހަކަޝޭޚުންނޭ ކިއާފަ ނޫސްތަކުގަ ނުލިޔަންވީނޫން ތޯއެވެ މިމީހުން ކޮންމެ ކަހަލަފަތުވާ އެއްވެސް ނެރެފާނެ ގިނައިން މިސަރުކާރުގެ ރަގަޅުކަމުގެ ވާހަކައިން

    34
    1
  2. ފެކްޓް

    މީހަކު ތިތަންމެ ބޮޑު ނުބައިކަމއެއް ކުރިޔަށް އެކަމެއް ނުޖެހޭ ކޮންމެހެން އޮރިޔާން ވާހަކަ ގެންނަހެން ގެންނަން. އެތަނުންވެސް އެނގެނީ ފާޙިޝް މަންޒަރުތަކުގެ ވާހަކަ ދައްކަން ހުންނަ ތިބޭ ވަރު. އެކަހަލަ މަންޒަރު އިހުސާސް ވާގޮތަށް ވާހަކަ ގެންނާކަށް ނުޖެހޭ. ގެނެވިގެންވެސް ނުވާނެ. މީހާކު ނުބައި ކަމއެއް ކުރީމާ އެކަމުގެ ދިފާއުގައޭ ބުނެ ނުޖެހޭ ފާފަކުރާކަށް. މިހާރު އެކަންކުރި މީހާއެކޭ ކަލޭމެނެކޭ ހުރީ ކޮންތަފާތެއް. އެނުންގޮތައްވެސް އެވާހަ ގެނެވޭނެ. ހީވީ ދޯ މާމޮޅކަމެކޭ ތިކުރެވުނީ!

    7
    20
  3. ވިއްކާލީ

    އިމްރާން އެކަމާއި މައާފަށް އެދި ޓްވީޓް ކުރުމުގެ ކުރިން އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީސް މީހުން ދައްކާފައި ހުންނަ ވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް ނޫސްތަކުގެ ސުރުހީގައި ޖަހައިގެން ހަބަރު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، އެފަދަ ކަންތައް ވާނީ ބިންމަތީ ފަސާދަ ފެތުރުން ކަމަށެވެ.ކޮން ބަޔަކައްބާ ފަސާދައުފައްދަން މަސައްކަތްކުރެވެނީ ކަލެއައް އެނގޭތަ އެއީ ތިޔަކަހަލަމީހުންނައް،. ކަނޑައެޅިގެން ދުވާލުގެއަލިފަދައިން ފެންނަންހުންނަކަންތަކާ ދެކޮޅައް ވާހަކަދައްކަނީ އެއީ އަސްލު ފަސާދަވެރިންނަކީ

    28
  4. ތަހުނިޔާ

    ލާދީނީ ޝޭކު

    26
    1
  5. ސާހިލް

    ބަލަ ތިޔަކިޔަނީކީކޭތަ ބަލަގަ ތިމާއައްއެކަމެއްހިނގިގޮތް ނޭންގެންޏާ އެއައްވުރެމާރަނގަޅުވީސް އެއީއާއްމުންގެތެރޭގަވެސް މީހަކުކުރާކަހަލަ ކަމެކޭ ނުބުނެ ތިމަންނަޔަކައްނޭންގެއޭ ބުނިނަމަވެސް ނޫނިއްޔާ އެއީ ބަދުއަޚުލާޤީ އަމަލެކޭ އެވާހަކައެއްނުދެއްކޭނޭ ކޮންމެހެން ނުޖެހޭ ދޮގުހަދާކައް މީކީ ދިފާއުގަ ވާހަކަދެއްކޭނެކަމެއްނޫން

    21
  6. ހުސޭނުބޭ

    މިވެސް 4 އަނގައިން ވާހަކަދައްކާ ބޭކަލެއް!

    29
  7. މޫސަ

    ތިޔައީ ދެފުށް ކެހެ ރި ސޭހެއް. ރުފިޔާ ފަހަތުން ދުވާ ބު ރާންޗެއް. ސޭހެއްގެ ޓެގްއަޅައިގެން ނުކުމެ އެ އުޅެނީ ހިތުން މީހުންގެ މަޤްބޫލުކަން ހޯދަން. ތިޔަ ފާޑުގެ މުނާފިގުން ދައްކާ ވާހަކަ ގަބޫލު ކު ރާނެ މީހަކު މިހާ ރަކު ނެތް

    28
  8. ދީދީ

    އިސްލާމީ ތާރީހްކިޔާދޭ ފޮތެއްގައި ލިޔެފައިވޭ؛
    ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައި މަދީނާގައި އެކަލޭގެ ފާނު ހުކުރު ދުވަހު ހުކުރުނަމާދަށް މިސްކިތަށް ވަދެވަޑައިގަތުމުން މަދީނާގެ އަންސާރުންގެ ބޮޑެއްކަމަށްވާ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލު މިސްކިތުތެރޭގައި އިނދެފައި ފުންމައިގެންތެދުވެ ގޮވާލާނެ އޭމީސްތަކުންނޭ މިހިރަގެން ވަޑައިގަންނަވަނީ މާތްﷲގެ ރަސޫލާއޭ އެކަލޭގެފާނުގެ ސަބަބުން މާތްﷲ އަހަރުމެން އިއްޒަތްތެރިކުރެއްވިއޭ. ތިޔަބައިމީހުން އަޑުމަޑުކޮށް އެކަލޭގެފާނުގެ ކިބައިން ބަރަކާތްލިބިގަންނާށޭ.
    މި އަބްދުއްﷲ ބިން އުބައްޔު ބިން ސަލޫލުގެ ގޮތަކީ ރަސޫލުﷲގެ ފާނުގެ ކުރިފުޅުމަތީގައި އަދި މުސްލިމުންގެ އިސްބޭފުޅުންނަށް އިވޭތަނުގައި ރަސޫލުﷲގެ ފާނަށާއި ސަހާބީންނަށް ހެޔޮބަސްބުނުމަސްފަހު އެބޭކަލުން ނެތްތަންތަނުގައި އެބޭކަލުންނަށް ހުތުރުބަސްބުނެ ފިތުނަ އުފެއްދުން. މިހެންވެ މީނާއަކީ މުނާފިގުންގެ ވެރިޔާގެ ގޮތުގައި ބެލެވިފައިވާމީހެއް.
    އެއްދުވަހަކު ރަސޫލުﷲ ގެފާނު ހުކުރުދުވަހު މިސްކިތަށްވަޑައިގަންނަވަނިކޮށް މީނާ ހަމަ އެއްކަލަގޮތަށް ފުންމައިގެންތެދުވެ ވާހަކަދައްކަން އުޅެނިކޮށް ސަހާބީން މީނާގައިގައި ހިފަހައްޓައި ތިރިކޮށް ކަލޭގެ ތިޔަކަން ހުއްޓާލާށޭ ކަލޭއަކީ ތިޔަފަދަކަމަކަށް އެކަށީގެންވާމީހެއްނޫނޭ ކިޔައިގަތީމައި އައިރުޅީގައި މަމިކިޔަނީ ނުބައިއެއްޗެއްހޭ ކިޔާފައި މިސްކިތުން ނިކުމެގެން ހިނގައިގެންފިއެވެ.

    10
  9. ކޮވިޑް

    މަ ހަނު......

  10. ކޮވިޑް

    ސޫ ކުރިއްޔާ ސޭކު

  11. އަޙްމަދް

    އިމްރާން އެކަމާއި މައާފަށް އެދި ޓްވީޓް ކުރުމުގެ ކުރިން އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީސް މީހުން ދައްކާފައި ހުންނަ ވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް ނޫސްތަކުގެ ސުރުހީގައި ޖަހައިގެން ހަބަރު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، އެފަދަ ކަންތައް ވާނީ ބިންމަތީ ފަސާދަ ފެތުރުން ކަމަށެވެ.
    ————————————————————————
    ތި ސިޔާސީ ޝޭޙުންނަށްވުރެބޮޑަށް ބިން ފަސާދަކޮށް ޙަރާބުކުރާ ދެވަނަބަޔަކު މިއުޑުގެދަށުގައި ވޭތޯއެވެ؟
    އާދައިގެ ސަތޭކަ މީހަކު ފަސާދަ ކުރާވަރުގެ 100 (ސަތޭކަ)ގުނަ ތީން އެއްމެ ޝޭޙަކު ކުރާނެތެވެ.
    ބިންފަސާދަ ކުރުމުގައި ތި ސިޔާސީ ޝޭޙުން
    (އެކްޓިވިސްޓުން)ވަރުގެ ނުބައިނުލަފަ ބަޔަކު ތިބޭނެތޯއެވެ؟

  12. އިބްރާހިމް

    ދިވެހި ފަސްގަނދުގަ ފަސާދަ ތިޔަ އުފައްދްނީ ޢިލްމު ވެރިޔެޔޭ ކިޔާގެން ހުރެ އިޔާޒު ، ތި އިމްރާން ދެއްކި ވާހަކަ ރަނގަޅަށް ކަނުލާ އަޑު އަހާފަތަ ޓުއިޓް ތިކުރަނީ. ޙެޔޮ ނުވާނެއްނު ތިޔަފަދަ މީހަކައް ވެހުރި ތިޔަފަދަ އިބާރާތަކުން ވާހަކަ ދައްކާކައް.

  13. ހަބޭސް

    ޢެއީޝޭހުނެއްނޫން

  14. އިބްރާހިމް

    އިޔާޒް ތިޔަ ވިދާޅު ވަނީ މިޔަދު ޙަރާމެއް ޙަލާލެއް ނެތީ ތޯ އެވެ. ( މި ޙާތުގަ ހަމަ އެކަނި ބުނެވޭނީ އިޔާޒު އަށް މާތް ﷲ ހެޔޮ ވިސްނުން ދެއްވާށިއެވެ. ) އާމީން.

  15. ސޭކުސްތާނު ބޮޑުވަޒީރު

    ޑރ. ޢިޔާޟް އެވެ. ޝައިޚްމެން ބޭނުންވާ ގޮތަށް ރާއްޖެ މިއޮތީ އަނބުރާލެވިފައިތާއެވެ. ޝައިޚަކީ ވެސް ތިޔަވަނީ ދުނިޔެ ވިއްކާ އާޚިރަތް ގަނެފައެވެ. މިއީ ލައްކަ ވާހަކައެވެ. މިހާރު ޝައިޚުމެން ދައްކާ ދެއުޅި އެއްނުވާ ވާހަކަ ޤަބޫލު ކުރާނެ ބަޔަކު މިއުޑުދަށުގައި ނެތްކަމީ ފާޅުކަން ބޮޑުގޮތެއްގައި މިރާއްޖެއިން ފެންނާން އޮތް ޙަޤީޤަތެކެވެ.

  16. ާއާސިމް

    ތީ ހަމަ ފަސާދަ ކުރާ މީހުން

  17. ރޯނުއެދުރު

    މި ގައުމު ފަސާދަ ކުރުން ނުންކަމެއް ކަލޭވެސް ނުކުރޭ، މާ ދަންނަމީހަކައް ހެދިގެން މީނަ ނުބެހޭކައް ކަމެއް ނޯވޭ، ތަނެއްގަ ހުރި ބޮޑު ރޯނުއެދުރެއް

  18. އަޙްމަދް

    އިމްރާން އެކަމާއި މައާފަށް އެދި ޓްވީޓް ކުރުމުގެ ކުރިން އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މީސް މީހުން ދައްކާފައި ހުންނަ ވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް ނޫސްތަކުގެ ސުރުހީގައި ޖަހައިގެން ހަބަރު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށާއި، އެފަދަ ކަންތައް ވާނީ ބިންމަތީ ފަސާދަ ފެތުރުން ކަމަށެވެ.
    ————————————————————————
    ތި ސިޔާސީ ޝޭޙުންނަށްވުރެބޮޑަށް ބިން ފަސާދަކޮށް ޙަރާބުކުރާ ދެވަނަބަޔަކު މިއުޑުގެދަށުގައި ވޭތޯއެވެ؟
    އާދައިގެ ސަތޭކަ މީހުން ފަސާދަ ކުރާވަރުގެ 100 (ސަތޭކަ)ގުނަ ތީން އެއްމެ ޝޭޙަކު ކުރާނެތެވެ.
    ބިންފަސާދަ ކުރުމުގައި ތި ސިޔާސީ ޝޭޙުން
    (އެކްޓިވިސްޓުން)ވަރުގެ ނުބައިނުލަފަ ބަޔަކު ތިބޭނެތޯއެވެ؟