ޖިންސީ ގޯނާއާއި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ ޖިންސީ ކުށްތަކާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ)ގެ ހަތަރު މެމްބަރަކު ހައްޔަރު ކޮށްފިއެވެ.

ވީއޯސީގެ ހަތަރު މެމްބަރަކު ހައްޔަރު ކޮށްފައިވާކަން އެ ޖަމްއިއްޔާގެ އޮފިޝަލަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ވީއޯސީގެ އޮފިޝަލް ވިދާޅުވީ، އެ ޖަމްއިއްޔާގެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެ ކަމަށާއި ހައްޔަރު ކުރީ ބާރުގެ ބޭނުން ކޮށްގެން ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވެފައިވާ ވީއޯސީގެ މެމްބަރުން ކައިރީ ޖެންޑަރ މިނިސްޓްރީގެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި އެމީހުން ހައްޔަރު ކޮށްފައިވަނީ އެސަރަހައްދު ދޫކޮށް ނުދެވެނީސް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިއަދު އެ ޖަމްއިއްޔާއިން ރާވައިގެން މާލޭގައި މުޒާހަރާއެއް ބާއްވާފައިވާއިރު، މީގެ ކުރިންވެސް އެ ޖަމްއިއްޔާއިން ވަނީ މާލެ މަގުމަތީގައި ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުންތައް އިންތިޒާމުކޮށް ރާވާފައިވެއެވެ.

"އެންމެން ޖިންސީ ގޯނާއާ ދެކޮޅަށް" ޝިއާރުގައި ބޭއްވި އެއް އެއްވުން ފަށާފައިވަނީ މިއަދު 16:00 ގައެވެ.

ޖިންސީ ގޯނާގެ ކުށްތަކާ ދެކޮޅަށް މިއަދު ހަވީރު މާލޭގައި މުޒާހަރާ ކޮށްފައި މިވަނީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަރަށް ޒިންމާދާރުކުޑަ ގޮތަކަށް ދެއްކެވި ވާހަކަތަކާާ ގުޅިގެން އިމްރާނަށް ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަ ބަޔަކަށް ފުލުހުން ނަސޭހަތްތެރިވުމުންވެސް އެއްވެސް ކުރިއަށް ގެންގޮސް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައަކާއި ގުޅިގެން މިއަދު ހަވީރު ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ދިވެހި ދެ ފިރިހެނުންނާއި ތިން އަންހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެރިލޯބި

    އިންޑިއާގެ ސަގާފީ ކުޅިވަރުތަކާ އިދިކޮޅުވަންޏާ ހައްޔަރުވެސް ކުރާނެ.

    37
    2
  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެޖެންޑާ 19 ތަފަތުވާނެ.. މި ސަރުކާރުން ބޭނުންވާނެ އިންޑިއާމީހުން އުޅޭ ގޮތްތަކަށް ތާއީދުކުރަން

    17
    1
  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ކުޑަކަމެކޭ ބުނެފިއެއްނު.. ދެން ތިބޭ ހެވި ދިލިފަ.. އަދިވެސް މި ގުންޑާއިންނަށް ވޯޓު ދޭތީ ދެރައީ

    19
    1
  4. Anonymous

    ޢިމުރާނުގެ އަންހެންދަރިފުޅެއްގެ ތަނެއްގައި މީހަކުހިފައި ދަމައިގަންނަން އަމިއްލަ ޒަމީރު ހުއްދަ ދޭނެބާ އެހެންކަށް ނުވާމަމަ މިފަދަ ކަންތައް ހުއްޓުވަންޖެހޭނެ ޕަބްލިކްތަނެއްގައި ކުރާކަހަލަ އާދައިގެ ކަމެކޭ ބުނެލާ އޯކޭ ވެވިދާނެބާ

    24
    1