ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ފަށައިފިއެވެ.
ޝެއިޚް އިމްރާންގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭކަން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ހީނާ ވިދާޅުވީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޕީޕީއެމްއާ ޕީއެންސީން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިހާރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މެމްބަރުންގެ ސޮއި ހޯދަމުން އަންނަ ކަންވެސް ހީނާ ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުމަށް 10 މެމްބަރެއްގެ ސޮއި ބޭނުންވާނެއެވެ. މި އަދަދު ހަމަކޮށް މާދަމާ މަޖިލީހަށް އެމައްސަލަ ވައްދާނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އިމްރަންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ބުނެފައި ވަނީ، އެ މައްސަލައިގެ ގަރާރުގައި ބުނެފައި ވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަޙްޤީޤް ކޮށްދިނުމަށްއެދި ފުލުހަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާދިޔައީ ރޭޕެއް ނޫންކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް އިމްރާން ވިދާޅުވުމަކީ ހޯމް މިނިސްޓްރީއާ ޙަވާލުވެ ހުންނެވި ވަޒީރުގެ ޙައިސިއްޔަތުން އޭނާގެ ޤާބިލްކަމާއި ޒިއްމާދާރުކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކަށް އިމްރާންގެ ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީއާއި، މިވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.
އަދި އެ ޕްރޮގްރާމްގައި ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާވެސް ތަފާތު ގޮތަކަށް ވާހަކަދައްކަވާ ކަމަށްވެސް އެ ހުށަހެޅުމުގައި ވެއެވެ.
"އެގޮތުން މޭޑޭ މުޒާހަރާގައި ރިޟްވާންއާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމާއި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވުމާއި، މިމައްސަލައާގުޅޭގޮތުން އެކިފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުންދާތީއާއި، މިފަދަ ބޮޑެތި މައްސަލަތަކުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށްބުނެ ކަމާބެހޭ މުއައްސަސާތަކަށް އެމަޢުލޫމާތު ނުދެއްވާ ހުންނެވުމަކީ ކުށަކަށްވާތީއާއި، މިކަމުން މަރުތަކަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހިޔަނި އެޅިފައިވާ މިންވަރު ހާމަވާތީ". އިދިކޮޅުގެ އެ ގަރާރުގައި ވެއެވެ.
އަދި ހޯމްމިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން މިފަދަ ދަށުދަރަޖައިގެ ކަންކަންކުރެއްވުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާ ކަމަށާއި. ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރުމާއި ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިއްމާ އުފުއްލަވާ ވަޒީރުގެ ޤާބިލްކަމާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަަމަށްވެސް ބުނެފައި ވެއެވެ.
އަދި މިކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޤާބޫލްކުރެވޭ ކަމަށާއި، ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ ކަމަށާއި، އަދި ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
އިމްރާންގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވާއިރު، ގިނަ ރައްޔިތުން މިހާރު ވަނީ އިމްރާން ދައްކަވާފައިވާ ވާހަކަތަކުން ހޫނު ފެނަށް ވެއްޓިފައެވެ. އެގޮތުން އިމްރާން ވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީގައި ހިނގި ހާދިސާއަކީ އެއީ ވަރަށް އާދައިގެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެވާހަކަ ތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ އިމްރާނަށް ފާޑު ވިދާޅުވެފައެވެ.
އިމްރާންގެ މައްސަލައިގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނައިރު، ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކެންޔާ އަންހެން މީހާ ތަމްސިލް ކުރާ ލޯ ފާމް، ރިޒާ އެންޑް ކޯގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި އިމްރާާނަށް ފިޔަވަޅު އަޅައިދޭންވެސް ވަނީ ގޮވާލާފައެވެ.
ޢިމްރާން ބިރުން ހުން އައިސްފަ އެބައޮތް. ބޮޑު ސިންގާ އިދިކޮޅު ޕާޓީ ދެކެ.
ކެންޔާ އަންހެން މީހާވެސް ދެފަހަރު ދެގޮތައް ވާހަކަ ދައްކާފަ ހުރީ މިވަނީ ކިހިނެއްބާ ؟
ކެންޔާ އަންހެން މީހާވެސް ދެފަހަރު ދެގޮތައް ވާހަކަ ދައްކާފަ ހުރީ މިވަނީ ކިހިނެއްބާ ؟
އިމްރާނު އެކަމާ އުފަލުން އެބަ އުދުހޭ
ޢިމްރާން ވަކިކުރުމުން ވެރިކަން ކުރާ ކޯލިޝަނަށް ކުރާނެ އަސަރެއް އޮތް ކަމަށް ނުފެނޭ. މިއީ ޢިމްރާނަށްވުރެ ގާބިލް މީހަކު ހޯމް މިނިސްޓަރ ކަމަށް އަންނަންވީ ވަގުތު.
މިވެރިކަމުގައި ކުރި މެގަރ ވައްކަން ކަމަށްވާ ވެންޓިލޭޓަރު ވައްކަން ފޮރުވަން ޕީޖީ ވަނީ ޖާނާއި މާލުން އެކަމަށް ޤުރުބާން ވެފައޭ މިކަން ޖެހޭނެއޭ ބެލެން އޭސީސީ ކުދިން ވަރަށް ބުރަ ކޮށް މަސައްކަތް ކޮށް ހުރިހާ އެވިޑެންސާއި އެކު ކޮވިޑް ވެންޓިލޭޓަރ ދަ ބިގް ވައްކަމުގެ ޝަރީއަތް ފަށަން ކޯޓަށް ފޮނުވަން އޭސީސީ ކުދިން އެދުމުން އެކަން ނުކޮށް ކުރީގެ ނައިބް ރައީސްގެ ކޭސް ކަމަށްވާ ވަރަށް ކޫސުނި ކަމެއް ޝަރީއަތަށް ފޮނުވުމުން މިއިން އެގިގެން ދަނީ ޕީޖީ ކޮރަޕްޝަން ދިރުވާއާލާ ކުރުވާ މީހަކަށޭ ޕީޖީ ޝަމީމް އިސްތިއުފާ ދޭންވީއޭ ޕީޖީ ޝަމީމް އިސްތިއުފާ ދޭންވީއޭ ޕީޖީ ޝަމީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ވެންޓިލޭޓަރު ގަތުމުގައި 340 މިލިއަން ޑޮލަރުން ބޮޑު ޚިޔާނާތެއް ހެލްތް މިނިސްޓަރާއި އަދި ސަރުކާރުގެ ތެރޭގައި ތިބި މިނިސްޓަރުންނާއި ރައީސް އޮފީހުގެ ބޮޑުން ބޮޑު ވަގު ނެޓް ވާރކެއް އަޅައިގެން އެކަން ކުރުމުން އެކަން ވަރަށް ރަނގަޅަށް ދިރާސާ ކޮށް ހަދާ އެކޭސް ތައްޔާރު ކޮށް އޭސީސީން ޕީޖީ އަށް ފޮނުވުމުން ޕީޖީން އެކޭސް ނުވެސް ބަލާ އެކޭސް އޮޅާލާ އަނބުރާ އޭސީސީ އަށް ފޮނުވާލުމުން ޕީޖީ ކަމުގެ މަގާމް ގައި ޝަމީމް ހުރެގެން ރާއްޖޭން ކޮރަޕްޝަން ނައްތާނުލެވޭނެއޭ އޭނާ ޖެހޭނީ އިސްތިއުފާ ދޭންއޭ ޕީޖީ ޝަމީމް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
މި ވޯޓުން އެމްޑީޕީގެ ދެފުއްދެގޮތްކަން ސާބިތުވާނެ. އެއްވެސް ކަމެއްގައި އިޚުލާސްތެރި ކަމެއްނެތްކަން އެނގޭނެ. މާދަމާ އަޑުއިވޭނެ ޢިމްރާނު ދިފާއުކޮށް ވާހަކަ ދައްކާ އަޑު އިވޭނެ
ވެންޓިލޭޓަރު ތަކުގެ ބޮޑުހިޔާނާތުގެ ވިސިލްބުލޯވަރއަށް ދެންއަންނަ ސަރުކާރަކުން ގައުމީ އެއަރލައިނުގެ ޕައިލެޓުކަން ހަވާލުކުރާނަން މިކަމުގެހުރިހާ ހަރަދެއް ސަރުކާރުންކުރާނަން.
އިމުރާނަށް ވަނީ މާސްހިސްޓީރިޔާ ޖެހިފަ އަވަހަށް އިތުބާރުނެތްކަމުގެ ވޯޓުނަގާ އެމްޑީޕީ ހޭވަށްލާ ތަށްޔާރު .
ޜަނގަޅު ކަމއެއް
ތިޔަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާނދޭވެ! ތިޔަ މަސައްކަތް ނިކަން ހަލުވިކަމާއެކު 5 ވަނަ ގިޔަރުގައި ކޮށް ނިންމާލައްވާށެވެ! ޤައުމަށް ޣައްދާރު ނުވަމާތޯއެވެ؟