މިއަދު ރާއްޖެ އިން މުޅިން އަލަށް 84 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އިއްޔެ ހަވީރު 18:00 ން ފެށިގެން މިއަދުގެ 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 84 މީހަކު ފައްސިވެފައި ވާއިރު މީގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 58 ބިދޭސީއެކެވެ.

މިއާއިއެކު މިހާރު ރާއްޖެ އިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،506 ށް އަރާފައެވެ. އަދި މިވަގުތު މި ބައްޔަށް ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވަނީ 937 ށް އަރާފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 52 މީހަކު ފައްސިވެފައި ވަނީ ރ.އަތޮޅުގައި ހަދަމުން ގެންދާ ރިސޯޓެއް ކަމުގައިވާ ރ.ކުޑަކުރަތުގައެވެ. މީގެ ކުރިން އެ ރަށުން 11 މީހަކު މި މަހުގެ 21-23 އާއި ދޭތެރޭ ފައްސިވެފައި ވާއިރު، މިއަދު ފައްސިވި 52 މީހުންނާއި އެކު އެރަށުގެ ޖުމްލަ ވޭދަނަ (ކޭސް) ގެ އަދަދު ވަނީ 63 ށް އަރާފައެވެ.

މި ފަހުން ރާއްޖޭގައި ކޮވިޑް-19 އަށް މީހުން ފައްސިވަމުން އަންނަ ރޭޓު ދައްވެފައި އޮތުމަށް ފަހު ކުއްލިއަކަށް މިހައި ބޮޑަށް އިތުރުވެފައި މިވަނީ މިއަދު ކުޑަކުރަތުން ގިނަ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަކަރި

    އެޗްޕީއޭ މީ ކަމެއްވާ ތަނެއް ނޫން. ލޮކްޑައުންކޮށް މުސީބާތް ޖައްސައިގެންވެސް ލާރިކެއުން ނޫންކަމެއް ނުކުރެވުން. ބަލި ކޮންޓްރޯލެއް ނުކުރެވުން

    1
    2
  2. ޙހޖ

    މުޒާހަރަ ފަށާނަމޭ ބުނީމާ އަދަދުތަށް މައްޗަށް ޖައްސާނެ. މީ މިބައިގަނޑު ރައްޔިތުން ނުކުމެދާނެތީ ޖައްސާ މަންތިރިޔެއް

    2
    1
  3. މަހާ

    ނަސީމް ހާދަގަދައޭ، އެއްރޭން 85ކަށް ތި އަރުވާލީ، މީތާ އަންނި އެބުނި ވާހަކައަކީ، ނަތީޖާ ދައްކައިފި

  4. މަހާ

    ނަސީމް ހާދަގަދައޭ، އެއްރޭން 84 ކަށް ތި އަރުވާލީ، މީތާ އަންނި އެބުނި ވާހަކައަކީ، ނަތީޖާ ދައްކައިފި