ދަމާސްއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް މިހާރު ނޯންނާނެ ކަމަށް، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ، މުޙައްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޢަބްދުﷲ (މުޙައްމާ) މިހެން ވިދާޅުވީ، އޭނާއާއި ދެކޮޅަށް، ދަމާސްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މަދަނީ މައްސަލަ އަކާއި ގުޅިގެން، މާދަމާގެ 11:20ށް އެ ކޯޓަށް ދިއުމަށް ފޮނުވި ކަމަށް ބުނާ ޗިޓެއް މީޑިޔާގައި ޢާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.

"ދަމާސްއަށް ދޭންޖެހޭ އެއްވެސް ފައިސާއެއް މިހާރަކު ނޯންނާނެ. އެ ފައިސާ ވާނީ ދައްކާފަ. އަދި އެ ބުނާ ޗިޓެއް އަޅުގަނޑަކަށް ނުވެސް ލިބޭ. އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ނޫން. އަޅުގަނޑުގެ ނަމްބަރަށް ގުޅުމުން އަޅުގަނޑާއި ދިމާވާނެ. އަޅުގަނޑަށް އެކަން އެނގުނީ އަޅުގަނޑުގެ ރައްޓެހިންގެ ފަރާތުން. އެ ޗިޓް ތަތްކޮށްފައި ހުރި ގެއަކީވެސް މިހާރު އަޅުގަނޑު ދިރިއުޅޭ ގެއެއް ނޫން." މި މައްސަލައާއި ގުޅިގެން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މުޙައްމާ ވިދާޅުވިއެވެ.

މީސް މީޑިޔާގައި ދަޢުރުވެފައިވާ މި ޗިޓުގައިވާ ގޮތުން، މި މައްސަލަ އަކީ، ދަމާސްއިން ގަނެފައިވާ މުދަލާއި، އަދި ހޯދާފައިވާ ޚިދުމަތަކާއި ގުޅިގެން މުޙައްމާއާއި ދެކޮޅަށް ހުށަހެޅި މައްސަލަ އެކެވެ. މިކަމާއި ގުޅޭގޮތުން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ދަމާސްގެ ޤާނޫނީ ވަކީލް، ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިހާރު އެ ފައިސާ ވަނީ ޚަލާޞްކޮށް ނިމިފައި ކަމަށާއި، މުޙައްމާ ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.

"މުޙައްމާ ފައިސާ ދެއްކިކަން އަޅުގަނޑުމެންވެސް ވާނީ ކޯޓަށް އަންގާފަ. އެ މައްސަލައަކީ ކުރިން ޝެޑިއުލްކޮށްފައިވާ މައްސަލައެއްކަމަށްވާތީ ޗިޓް ފޮނުވާފަ އެ ވަނީ. ކޯޓުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ގޮތުން ކަމަށް އަަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ އެ ޗިޓް ފޮނުވާފަ އެ ވަނީ." ޤާނޫނީ ވަކީލް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން، މުޙައްމާ އިތުރަށް ވިދާޅުވީ، އެ ޗިޓަކީ ގޭގެ ދޮރުގައި ތަތްކުރެވޭނެ ޗިޓެއްކަމަށް ޤަބޫލުނުކުރާ ކަމަށާއި، އެކަން ހިނގާފައިވާ ގޮތާއި ގުޅޭގޮތުން ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މުޙައްމާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައިވެސް އަމިއްލަ ގޮތުން އިހަވަންދޫ ދަޢިރާއަށްވެސް ވާދަކުރައްވާފައެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ، އެމްޑީޕީން ވާދަކުރެއްވި ކެނޑިޓޭޓް، މުޙައްމަދު ޝިފާޢުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި ސަރުކާރުން އައީ ރައްޔިތުން ފެލާ ނޮޅާ ކާން. އެކަން އެބަކުރެއެއްނު.

    9
    3
  2. ބަކަރި

    އެޖެންޑާ 19 ގަ އޮންނާނީ ބަލާވެރިކަމާއި މުސީބާތް

    10
    1
  3. ޞާރި

    މުހައްމާގެ އަބުރު ކަތިލީ ދޯ؟؟؟

  4. ޑީޑީ

    ދަމާސުގެ އިސްތިހާރެ ކުޅެލީދޯ އަނެއްކާވެސް މިފަހަރު ހަބަރަކުން ... ގޯހެއް ނުން

  5. ާަލޯބި

    ދަމާސް އިން ބަޔަކަށް ދަރާފަ ނެތީތޯ؟؟؟ނިކަމެތި މުހައްމާގެ އަބުރު ތިނަގާލީ

  6. ށިޜޫ

    ގުރުބާން ތިކުރީ މުހައްމާގެ ބްރޭންޑް