ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ޑރ މަޖީދުގެ އާއިލާއަށް ތައުޒިއާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގަައި ވިދާޅުވެފައި ވަނީ، ޑރ މަޖީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ޚަބަރު ރައީސް އެއްސެވީ ފުން ހިތާމާއާއެކު ކަމަށެވެ.

"އެ މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވާށި. މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވައި، ތައުޒިޔާ ދަންނަވަން". ރައީސްގެ ތައުޒިޔާ މެސެޖްގައި ވެއެވެ.

އަދާލަތު ޕާޓީން ވިދާޅުވީ ޑރ.މަޖީދު އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ޑރ.މަޖީދު ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެމަނިކުފާނުގެ ހާލު ސީރިއަސް އެވެ. އޭގެ ފަހުން ޑރ.މަޖީދުގެ ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އަދި ފަހުން ޑރ.މަޖީދު ނޭވާލަމުން ގެންދެވީ ވެންޓިލޭޓަރުގެ އެހީގައެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ ވެސް މެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.

ޑރ.މަޖީދު ފާހަގަވެގެން ގޮސްފައިވަނީ ހަމައެކަނި އިލްމުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑރ.މަޖީދަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަދި އެ ޕާޓީގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވެވިއެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވުމަށްފަހު ފަހުން އެމްޑީޕީ އާއި ވެސް ޑރ.މަޖީދު ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ހިތްހަމަނުޖެހި ވަޑައިގަންނަވާތީ އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެންފައެވެ. އޭގެފަހުން ޑރ.މަޖީދު ފަހުން އަނެއްކާވެސް ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީއާއެވެ.

ޑރ،މަޖީދު އަވަހާރަވިއިރު ހުންނެވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

ޑރ.މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޑރ.މަޖީދު އަވަހާރަވިއިރު އެމަނިކުފާނުގެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އ މ

    މަލާމާތަކާ ބޮޑަށް ވައްތަރީ

  2. މުޙައްމަދު ނަޝިދު

    ޑރ މަޖީދުގެ ފުރަަނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ﷲ މިންވަރު ކުރަށްވާށި އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި (އާމީން)

  3. ޕޮފުބާ

    ރައީސްޔާމީނަކީ ދީނީ ދަންނަބޭކަލުންނަށް ފާޑު ވިދާޅުވާބޭފުޅެއްނޫން އެމަނިކުފާނަކީ ހިތްތިރި މަޑުމައިތިރި ރިވެތި މާތް اخلاق އެއްގެވެރިއެއް

  4. ޢަލީ

    ދެއްކުންތެރި ރައީސް. މިހާރު ހުންނާނެ ގޭތެރޭގައި އުފާ ފާޅު ކުރަން ފާތުމަ އާއި ދެމީހުން. މީހަކަށް ދެރައެއް ލިބިއްޖެ ނަމަ ވަރަށް އުފާ ކުރާ ދެމަފިރިން ކަމަށް ޖަންގިޔާ ނާޒިމް ވެސް ބުނެފައިވރ.

  5. މުއާޒު

    ތައުޒިޔާ ކީ ޔާމީނު ތަ ނުވަތަ މުޢާޒު ތަ؟ މިހެން މިބުނީ ޔާމީނު ބުންޏޭ ބުންޏޭ ކިޔާފަ ނުބުނާ އެއްޗެހިވެސް ވަޔަށް ބުނާ މީހެއްމީ ، އަޅޭ ޔާމީނު ކީއްވާނީ މިވަރުގެ އަގުބޮޑު ޤައުމަށް ޚޮދުމަތް ކޮށްދީފައި ވާ މީހަކު އަވަހާރަ ވުމުން ޢާއިލާ އަށް ގުޅާލަން؟ ބަލަގަ މަރުޙޫމް މަޖީދަކީ ދައުލަތުގެ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެއް. މިވަރުގެ މީހަކު މިއުޅެނީ ރައީސް ކަމަށް ކުރިމަތިލާން، މަބުނާނީ މިވަރުގެ ފިނޑި މީހަކަށް ތައުޒިޔާ ކިޔާލަންވެސް ނުކެރޭ މީހަކަށް ރައްޔިތުން ސަލާމޭ ، މިކޮމެންޓް ނުޖަހާނެ ކަން ވެސް އެނގޭ މިއީ ޕޮލިހުން ހިންގާ ސައިޓެއްކަންވެސް އެނގޭ

    • ނަފާ

      ވަޒީރަކު ނުވަތަ އެގެންވަރުގެ މަޤާމެއްގައި ހުރި ނުވަތަ އެ ފަދަ މަޤާމެއް ފުރުއްވި ބޭފުޅަކު އަވަހާރަވުމުން ޢަމަލުކުރަންވީ ގޮތުގެ ސިޔާސަތު ރައީސް އޮފީހުގަ އޮންނާނެ.. ބައި ދަނޑިއަށް ޤައުމީ ދިދަ ތިރިކުރައްވާ ވާހަކަ ވެސް އޮންނާނެ.. އެކަންކަން ނުކޮށް ދެން ކޮން ޢިޙްތިރާމެއް އަދާކުރާކަށް

  6. ޙަފްޞާ / މާލެ

    ޑޮކްޓަރ މަޖީދަށް ހެޔޮ ރަޙްމަތް ލައްވާށި! މިއީ ބައިދަނޑިޔަށް ދިދަތިރިކޮށް މާ ބޮޑުކޮށް ކަންތައް ގެންދަންވީ ދަނޑިވަޅެއްނޫނެވެ. މަޖީދަކީ ޢިލްމުގެ ބޭނުން ނަޖާއިޒްގޮތުގައި ހިފައި ، ދީނާއި ޢިލްމަށްވުރެ ކުރިޔަށް ސިޔާސީ ކަންތައް ނެރެގެން އުޅުއްވި ބޭކަލެކެވެ. ޤަވްމުގެ ރައީސެއްގެގޮތުގަ ހުރި މީހަކު ތިނމަންނަގެ ނުލަފަކަން ރައްޔިތުންނަށް ދައްކާލާނަމޭ ބުނިއިރު މަޖީދު އިންނެވި! ބަހެއްވެސް ނުބުނޭ! ބޯންޖެހެޔޭ ބޯން އެބަޖެހެޔޭ ބުނިއިރު މަޖީދު އިންނެވި! ކީރިތި ޤުރުއާނަ ސުންނަތް ފިޔަވައި އެހެން އެއްޗެއް އެބަ ހޯދަންޖެހެޔޭ ބުނިއިރު މަޖީދު އިންނެވި! މަރަށް މަރުހިފުމާ ހައްދު ޖެހުން ރާއްޖެއިން އެބަ ހުއްޓާލަންޖެހެޔޭ ބުނިއިރު މަޖީދު އިންނެވި! އެހެންވީމާ !!!!!!!!!! ވަﷲ އަޢުލަމް~