މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން އޭނާ ވަނީ މަރުވެފައިކަން އާއިލާ އަށް އަންގާފައި ނުވާ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފިއެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވަނީ 2015ވަނަ އަހަރު މޭޑޭ މުޒާހަރާގައި އޭނާ އަތުގައި ރިލްވާންގެ މައްސަލަ އާއި އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގިނަ ހެކިތަކެއް އެބަހުރި ކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ގެންގުޅުނީ އަސްލު ހެކިތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ރިލްވާންގެ ދައްތަށް ފާތިމަތު ޝެހެނާޒު ކުރި ޓްވީޓެއްގައި ވަނީ ހަގީގަތެއް ނެތް ވާހަކަތައް ދެއްކިއިރު ރިލްވާންގެ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތާއި އޭނާ އަށް ވީގޮތެއް ނޭނގިގެން ރުއިރުއިމާ ކުރި ހިތާމަ އެންމެ ފަހަރަކުވެސް ހިތަށް އެރިތޯ ސުވާލު ކުރައްވާފައެވެ. ސިޔާސީ މީހުންގެ ފައިދާ އަށް އެފަދަ ވާހަކަތައް ދެއްކުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ވެސް ބުންޏެވެ.

ޝެހެނާޒު ވަނީ ޝަރުއީ އެއްވެސް ކޯޓަކުން މިހާތަނަށް ރިލްވާން މަރާލާފައިވާ ކަމަކަށް އާއިލާ އަށް އަންގާފައި ނުވާ ކަމަށާއި ރިލްވާނަށް ވީގޮތް ހޯދަން ރަނގަޅު ތަހުގީގެއް ކުރަންޖެހޭ ކަމަށެވެ. އިމްރާން ދެއްކި ވާހަކަވެސް މަރު ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެފަދަ ވާހަކަތަކަކީ މަޝްހޫރުވާން ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވެސް ޝެހެނާޒުގެ ޓްވީޓުގައި ބުނެފައިވެއެވެ.

މި މަހުގެ 21ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވަނީ ރިލްވާންގެ މައްސަލާގައި އޭރު ހުރި ކަމަށް ދެންނެވި ހެކިތައް 2015ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި އޭނާ ހައްޔަރު ކުރުމަށްފަހު އޭރު ފުލުހުން އަތުލި ކަމަށެވެ. އެހެންކަމުން މި މައްސަލާގައި މިނިސްޓަރު އިމްރާން ދެގޮތަކަށް ވާހަކަ ދެއްކުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖގދސ

    ރިޒުވާނާ ޔާމީނު މަރުގެ ސިޔަސީ ފައިދާ ވަރަށް ފުރިހަމަޔަށް މިބައި މީހުނަށް އެބަ ކުރޭ. އިމުރާނު ތީ ހައްދުފަހަނައަޅާ ގޮސްސަ އޮތް މީހެއް. އެނަޔަކަށް ނޭނގޭ އޭނަ ގުނބޯ ހައްދައިރުވެސް. ހމ ލާފަ އިނިމަ ވަރަށް ހެދިލައިގެނެއް ނުން އެހެރީ. ބަސް ވިކޭއެއްޗެއް ނުން ތީކި

  2. ޕަނީނޯ

    އިމްރާނު ކަހަލަ މީހުން ގައުމު ފަސާދަ ކުރަނީ.. އިސްތިއުފާ

  3. ކައި

    ވަޒީރުކަން ލިބުނީމަ އެކަކު އުޅެނީ އަންހެންވެރިންް ފަހާ ދުވެވޭތޯ. އަނެކަނު އުޅެނީ ގަސް ނުހެއްދިގެން. ދެން އުޅޭ މަނިކުފާނަށް ފައިފުއްސެއް ފެނުނަސް ޖެހޭ އެއާ ހިފަން. ނެތެއްނު ސަލާމަތެއް. ނާގާބިލް ސަރުކާރު އިސްތިއުފާ

  4. މާމީ

    ސޯލިހު ހުވާކުރާ ދުވަހު ފަހުދުވަހު ރިލުވާނައް ވީގޮތެއް ހާމަ ކުރާނެ. އަދި ހުވާ ނުކުރަނީ އާއިލާ އިން އަތްޖަހާލަ ޖަހާލާ ތިބޭ....