23:49

ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިނަކީ ބަލިން ރައްކާތެރި ކޮށްދޭނެ ވެކްސިނެއްކަން މިހާރު ކަށަވަރު ވެއްޖެކަމަށް ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތް ކުރާ ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ އިން ބުނެފި.

22:32

ރ.އަތޮޅު އުނގޫފާރުގައި މިއަދު ވަކިތަރުތީބެއް ނެތި ނެގި ސުންކު (ސާމްޕަލް) ތަކުގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށުގެ ސްކޫލްތައް ބަންދުކޮށް ގެއިން ބޭރަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށްފި.

22:12

ރާއްޖެ އިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:11

މިމަހު ކުރީކޮޅު ކޮވިޑް-19 އަށް ފައްސިވި ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަރަންޓީނުގެ އަމުރާއި ހިލާފުވި ކަމަށްބުނެ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންސެންޒޯ ސްޕަޑަފޯރާ ބުނެފި.

20:09

ރ. އަތޮޅު އުނގޫފާރުގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށް މޮނީޓަރިންގއަށް ލައިފި.

19:35

ރ. އުނގޫފާރުގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:35

ފުވައްމުލައް ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:13

15:32

މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވުމުގެ ހުއްދަ ދެވޭ ވަރުވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ.

13:58

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އަށް މި ހިނގާ އޮކްޓޯބަރު މަހުގެ މިހާތަނަށް 126 ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި.

10:03

އެމެރިކާގައި ކޮވިޑް-19 ހާލަތު ކޮންޓްރޯލުން ނައްޓާލައިފިކަމަށް އެމެރިކާ ސަރުކާރުން އެއްބަސްވެއްޖެ.

09:47

ސްރީލަންކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވަމުން އަންނާތީ އިތުރު ބައެއް ސަރަހައްދުތަކުގައި މިއަދު ވެސް ކާފިއު އިއުލާން ކޮށްފި.

08:32

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންޗްގެ އަރިހުގައި މަސައްކަތް ކުރާ ފަސް މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް "ސީއެންއެން" އިން ބެނެފި.

05:15

04:41

04:35

އެމެރިކާއިން އިތުރު 59,630 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 428 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8,887,920 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 230,496 މީހަކު ވަނީ މަރުވެފައި.

04:35

ފްރާންސުން އިތުރު 52,010 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 116 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,138,507 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 34,761 މީހަކު ވަނީ މަރުވެފައި.

04:35

އިންޑިއާ އިން އިތުރު 45,157 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 463 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7,909,049 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 119,030 މީހަކު ވަނީ މަރުވެފައި.

04:34

އިޓަލީން އިތުރު 21,273 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 128 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 525,782 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 37,338 މީހަކު ވަނީ މަރުވެފައި.

04:34

އިނގިރޭސިވިލާތުން އިތުރު 19,790 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 151 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 873,800 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 44,896 މީހަކު ވަނީ މަރުވެފައި.

04:34

ބެލްޖިއަމް އިން އިތުރު 17,709 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 79 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 305,409 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10,737 މީހަކު ވަނީ މަރުވެފައި.

04:34

ރަޝިޔާ އިން އިތުރު 16,710 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 229 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,513,877 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 26,050 މީހަކު ވަނީ މަރުވެފައި.

04:33

ބްރެޒިލް އިން އިތުރު 12,904 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 237 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5,394,128 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 157,163 މީހަކު ވަނީ މަރުވެފައި.

04:33

ޕޮލޭންޑުން އިތުރު 11,742 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 87 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 253,688 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4,438 މީހަކު ވަނީ މަރުވެފައި.

04:33

ނެދަލޭންޑްސް އިން އިތުރު 10,202 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 27 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 291,254 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 7,046 މީހަކު ވަނީ މަރުވެފައި.

04:32

ޖަރުމަންވިލާތުން އިތުރު 9,839 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 27 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 437,647 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10,138 މީހަކު ވަނީ މަރުވެފައި.

04:32

އާޖެންޓީނާ އިން އިތުރު 9,253 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 283 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,090,589 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28,896 މީހަކު ވަނީ މަރުވެފައި.

04:31

ކޮލަމްބިއާ އިން އިތުރު 8,174 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 154 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1,015,885 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30,154 މީހަކު ވަނީ މަރުވެފައި.

04:30

އީރާނުން އިތުރު 6,191 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 296 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 568,896 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 32,616 މީހަކު ވަނީ މަރުވެފައި.

04:30

ޔޫކްރޭނުން އިތުރު 6,088 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 102 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 343,498 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6,391 މީހަކު ވަނީ މަރުވެފައި.

04:29

މެކްސިކޯ އިން އިތުރު 6,025 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 431 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 886,800 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 88,743 މީހަކު ވަނީ މަރުވެފައި.

04:26

02:53

01:12

ބްރެޒިލުގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރޮނާލްޑީނިއޯ ކޮވިޑް-19 އަށް ފައްސިވެއްޖެ.

00:05


ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދިނުމުން ހާލަތު ގޯސްވަމުން އަންނައިރު ދުވަހަކަށް ވުރެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު ގިނަ ގައުމުތަކުގައި އިތުރުވެ މުޅި ބައްރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އިއްޔެ މުޅި ދުނިޔެ އިން ހަތަރު ލައްކަ ފަންސާސް ހާސް މީހުން ފައްސިވިއިރު އޭގެ ތެރެއިން ދެލައްކައަށް ވުރެ ގިނަ މީހުން ފައްސިވީ ޔޫރަޕުންނެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ ފައްސިވި އުތުރު އެމެރިކާ އިން އިއްޔެ ފައްސިވި މީހުންގެ އަދަދު ލައްކައަކަށް ވެސް ނާރައެވެ.

މިއަދު މިވަގުތާއި ހަމައަށް ޔޫރަޕުން ވަނީ ދެލައްކަ ނުވަދިހަ ހާހަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ ޔޫރަޕުން މިހައި ތަނަށް އެއްދުވަހެއްގެ ތެރޭގައި މީހުން ފައްސިނުވާ އަދަދަކަށް މީހުން ފައްސިވުން އެކަށީގެންވާ ދުވަހެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އެންމެ ހާލަތު ގޯސް އެއްގައުމަކީ ފްރާންސެވެ. ފްރާންސުން މިއަދު ވެސް ވަނީ ސާޅީސް ފަސްހާހަށްވުރެ ގިނަ މީހުން ފައްސިވެފައެވެ. މިއަދަކީ މިހާތަނަށް ފްރާންސުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ރާއްޖެ އިން ވަނީ 84 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އޭގެ ތެރެއިން 63 މީހުން ފައްސިވީ ހަދަމުން އަންނަ ރިސޯޓަކުން ކަމަށް ވާތީ ނުރައްކާ ވަކިން ބޮޑަށް އިތުރުވި ކަމަކަށް ނުބެލެވެއެވެ. މިއަދު ވެސް މާލޭ ސަރަހައްދުން ފައްސިވީ 30 މީހުންނެވެ. އެހެންކަމުން މާލޭ ސަރަހައްދުން ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު