ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި ހައިޖެކްކޮށްފި ކަމަށް އެދޯނީގެ ފަޅުވެރިން ބުނެފިއެވެ.

"އައްޑޫ ލައިވް" ގައި ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ "ވަޑިނޮޅު" ކައިރީ އެންދަމަން ދިއްލައިގެންނެވެ.

ދޯނީގެ ފަޅުވެރިންނާއި ހަވާލާދީ "އައްޑޫ ލައިވް" އިން ބުނީ ދަންވަރު 12:30 ހާއިރު ދޯނީގެ ފަޅުވެރިން އެންދަމަން ދިއްލައިގެން ތިއްބާ ގްރޫޕަކުން ދޯންޏަށް އަރައި ތޫނު އެއްޗެހިން ބިރު ދައްކައި ދޯނި ހައިޖެކް ކުރި ކަމަށެވެ.

"ދޯނީގެ ފަޅުވެރިން ތިބީ އެންދަމަން ދިއްލައިގެން، ތިއްބާ ކުއްލިއަކަށް ބަޔަކު ދޯންޏަށް އެރީ، އޭރު ކެޔޮޅު އޮތީ އެތެރޭގައި އިތުރު ދެމީހަކާއި އެކު، އެހެން އޮތްވާ ހަތިޔާރާއި އެކު އައި ބަޔަކު އައިސް ކެޔޮޅު ހޯދަން ބުނި، އެހިސާބުން މުޅި ދޯނި އެމީހުންގެ ބެލުމުގެ ދަށައް ގެންދިޔަ." ފަޅުވެރިޔަކު ބުންޏެވެ.

"ވަގުތު" އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެދޯންޏަކީ ފަހުން ފައިސާ ދައްކާ ގޮތައް ވިއްކާލާފައިވާ ދޯންޏެކެވެ. ނަމަވެސް ދޯނި ގަތް ފައިސާ ނުދައްކައިގެން ދޯނީގެ ވެރިފަރާތަކާއި ދޯނި ގަތް ފަރާތާއި ވަނީ މައްސަލަ ޖެހިފައެވެ. އެމައްސަލަ މީގެ ކުރިން ޝަރީޢަތައް ވެސް ހުށަހެޅިއެވެ.

ދޯނިން "އައްޑޫ ލައިވް" އަށް މައުލޫމާތު ދިން މީހާ ބުނީ ދޯންޏަށް އެރި މީހުންގެ ސީދާ އަދަދެއް ނޭންގެއެވެ. ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާއި އެކު ދޯންޏަށް އެރިކަމަށެވެ.

"ހީވީ ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު އެރީހެން، އެމީހުން ކެޔޮޅަށް ބިރު ދައްކައިގެން އެންގީ، ލ. ގަމު ފަޅަށް ވަނުމަށް، އެމީހުން ތިބީ މުޅި ދޯނި ހައިޖެކްޓުކޮށްގެން، ނެތް ގުޅޭނެ ގޮތެއްވެސް، ފޯނެއް ނެގޭކަމަށްވެސް ނެތް، ދެން އެހެން އުޅެފައި ބައްތި ފޯނަކުން ގުޅީ ސ. މީދޫ ޕޮލިހަށް، ގުޅައި، މި ހަބަރު ދިނީ، އެމީހުން ގާތު އެދުނީ ފުލުހުން ފޮނުވައިދިނުމަށް" ފަޅުވެރިޔަކު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެމީހުންގެ އެންގުމުގެ މަތިން ދޯނި ގޮސް ލ. ގަމުގެ ބަނދަރަށް ވަނީ ދަންވަރު 3 ޖެހި ފަހުންނެވެ.

"ދޯނި ގަމަށް ކައިރި ކުރި އިރު ފުލުހުންގެ ވެހިކަލް އޮތް، އެމީހުން ދޯނީގައި ތިބި މީހުންގެ ނަން ނޯޓުކޮށް ފޮނުވާލައިފި، އަދި ދޯނީގައި ތިބި ވަޅި، ކަތިވަޅި ފަދަ ތަކެތި ނަގައިގެން ގޮސްފި" އޭނާ ބުންޏެވެ.

އޭނާ ބުނީ ދޯނީގައި ތިބި 22 މީހުން މިތިބީ ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށާއި މިއީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންނާއި އެއްވެސް ތަފާތެއް ނެތި ހިނގިކަމެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުން މައުލޫމާތެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހަނި

  މިގަމުގާ އިން ސާފުންކަންތަނުކުރެވެނިޔާ މިޔަވުރެ ބޮޑެތި ކަންތަވެ ސްހިގާނެއެވެ

  53
  1
 2. ޞަހީފާ

  ވޯޓުން ވައްކަންކޮށް ފޭރިގެންފައޮތް ވެރިކަމެއްގަ ހުރިހާދިމާއަކުން އޮންނާނީ ނާމާންކަމާ ބިރުވެރިކަމެވެ. އަޅެ ފަހެ މި ވެރިކމުގަ މިނޫން ދުވަހެއް އެބަ ފެނޭހެއްޔެވެ.

  75
  15
  • ހިހީ

   ހުރިހާ ކަމަކާ ވެރިކަމާ ނުގުޅުވަބަލަ. މިހާ އުޅޭ މީހުންގ ނުބައިކަން ހަމަ އެއީ

   13
   23
 3. މެކް

  ތި ފުލުހުންނަކައް ނޭންގެނޭނެ ތިބޭބނީ ރައްޓެހިން

  52
  5
 4. އަރީ

  ތިވާނީ ފުލުހުންގެ ތަމްތީނަކަށް

  51
  1
 5. ޅަބޭ

  ދެން މުނާފިގު އިމުރާނު ބުނާނެ ތީ މާބޮޑުކަމެއް ނޫނޭ، ވަގުތު ނޫހުން މާކަންތައް ބޮޑުކުރަނީއޭ..

  79
  3
 6. އަލި ބޭބެ

  ވަގުންނާއި މުޖުރިމުންނަށް ހިމާޔަތް ދިނުނުގައި ސިޔާސީ ފަރާތްތަކެއް@ ކޮމެންޓު ތަކުން ވެސް އެމީހުންނަށް ސަނާ

  12
  1
 7. ފަހަރިދައިތަ

  ތީވަރައް ބޮޑުކޮއްގެން ދައްކާވާހަކައެއް އެމީހުން ގެންގުޅުނީ ނިޔަފަތި ކަނޑާ ދައްޗެއް އާންމުތަނެއްގަ ހުރެފަވެސް ނިޔަފަތި ކެނޑިދާނެފަދަ އެއީ ނުރައްކަލެއްވެސްނޫން

  11
  3
 8. އަލީ

  ވިސްނާށެވެ... ބެލެނިވެރިން އެމީހުންގެ ޒިންމާ އަދާނުކުރެވި ދަރިން ބޮޑެތިވަނީއެވެ.. ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވުނީއެވެ... އަހަރެމެންގެ ގައުމުގައި ނުބައި ކަމަކަށް ނުހިނގަނީ ކޮން ކަމެއް ހެއްޔެވެ... ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނަމަ މިކަހަލަ ކަންކަންމާ ކުރިމަތިލާކަށް ނުޖެހޭނެއެވެ... ނަމުން ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ... އެކަމް ނުކުރާ ނުބައި ކަމެއް ނެތެވެ. ނަމުން އިސްލާމް ނަމަވެސް ކަމުން ކާފިރުވެފައެވެ... މުސްތަގުބަލު ފެންނަނީ ވަރަށް ނުރައްކާކޮށެވެ. ސަރުކާރުން ބަލަނީ ޕާޓީ ކުދިންކޮޅު ހިތް ރުއްސޭތޯއެވެ... އިސްލާމްދީނަށް ނަސްރު ދިނުމުގެ ބަދަލުގައި މުޅި އިސްލާމީ އުންމަތަށް މަލާމާތް ކުރަނީއެވެ... ހިތާމަ ހުއްޓެވެ.

  21
 9. އިންސާފު

  މި ލިޔުމުގައި އެންމެ ފުރިހަމަޔަށް ތެދުމަޢުލޫމާތު ހިމަނިފައި ނެތްކަން ފާހަގަ ކުރަން....
  މީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުއްﷲ ޖާބިރު ލ.ގަމު މީހެއްގެ ދޮންޏެއް ގަނެގެން ފައިސާނުދީ އުޅޭތާ ދެ އަހަރުވަނީވެފަ..... ފައިސާހޯދާން ޖާބިރަށް ގުޅީމަ ކޮންމެވެސް މޮޅުވާހަކަތައެއް ދައްކާފަ އަދި ފަހުން ގުޅޭނެ ގޮތެއްވެސް ނުވިކަމަށް ދޯނި ވެރިމީހާބުނި... ފައިސާ ލިބުން ލަސްވެ، ގިނަދުވަސްވެ ދަތިވެގެން ދިރިއުޅުމުގެ ޒަރޫރީ ބޭނުން ކުރާނެއެއްޗެއްވެސް ނެތުމުން ދޯނި ވެރިމީހާ މިހާރުދަނީ މަހަށް..... ކއެހެންވެ އޭނަގެ ދޯނި އަތުލެވުނު ގޮތަކަށް އަތުލީ.... ކޮބާ އޭނަގެ ކުށަކީ....މީ އޭނަގެ ދިރިއުޅުމުގައި ކުރި މަސައްކަތް..

  19
  2
 10. ވާގޮނުސްކޮ

  މިހާރު ފުލުހުން ހާދަ ޕްރޮފެޝަނަލް ވެއްޖެޔޭ. މީހުންގެ ނަން ނޯޓް ކުރާނެ ނޯޓްފޮތެއް އޮތީމަ ޖޮބްޑަން.

  10
  2
 11. އިންސާފު

  ސުބުހާނަﷲ ކަނޑުމަތީގެރައްކާ ތެރިކަމެއްވެސް ނެތީތަ؟ ދެންމަސްވެރިކަމުގައުޅޭ ފަރާތްތައް ބިރުވެރިކަމެއްގަ ތިބެންޖެހޭނީ އެވަރުކުރިބަޔަކަށް އަދަބުދޭންހައްޤު ދޯނީގަތިބިމީހުން ނަފްސާނީ ބިރުވުވެރިކަމެއްގަ

  11
  2
 12. ބަކުރުބެ

  ދިވެހި ރާޢްޖޭގެ ޝަރުޢީ ކޯޓުތައް ކަރަޕްޓްވެ މީހުންގެ ޙައްޤު ނިގުޅައިގަނެ، މީހުންގެ ޙައްޤު ގެއްލެންދެން ލަސްކުރުމުގެ ނަތީޖާއަކަށް ވަނީ އިންސާފު ހޯދުމަށް ގޭންގްތައް ބޭނުންކޮށް ޓެރަރައިސް ކުރުން. އަޅުގަނޑު މީހެއްގެ ޙައްޤު ހޯދުމަށް 2017 ގައި ކޯޓަށް ދިޔުމުން މައްސަލަ އަދިވެސް ނުނިމެ. މިހާރު އެއްބަސްވުމުގެ މުއްދަތް ހަމަވެގެން އެ އިމާރާތްވެސް ދޫކޮއްލާފަ އެމީހުން ގޮސްފި . މީ 3 އަހަރު ބޭކާރު ނުކޮށް ގޭންގަކަށް ލާރިދިންނަމަ 3 ދުވަސް ނުވަތަ 3 ހަފްތާތެރޭ ނިމުނީސް. ނަމަވެސް އުސޫލު ތެރޭން ދެވޭތޯ ބެލީ . އެކަމު ޙައްޤު ގެއްލެނީ . އަނެއް ހެން ގޯހެއް ނޫން ތިކަމެއް .

 13. ނަފާބޯޓް ކުރީގެ ކައްކާ

  ހިރިލަންދޫ ހަސަން ޝިހާމުވެސް އެހެރީ އެލްމެނިއަމް ދޮރުތަކެއް ޖަހާދޭނަމޭ ކިޔާފަ، މަގޭ އަތުން ލާރިތަކެއް ނަގާފަ ނުދީ. ކެއްސެއް ދީފިނަމަ އޭނަވެސް ބުނާނެ ދީފިއޭ.

 14. ދީނާ

  އައްޑޫ ގޫބައްޑާއިން ދުވަހަކުވެސް އިސްލާހެއް ނުވޭނެ... ބޯ ހަލާކު