ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމާލައިފިއެވެ.

އެމްޓީސީސީ އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫގެ 81 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ތާރަ އެޅުމުގެ މަސައްކަތުގެ 30 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 81 އިންސައްތަ މިހާރު ނިންމާލައިފައި ވާއިރު ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ދަށުން، ފައި މަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 513،25 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 04.47 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރަށެވެ.

މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން 12 ވަނަ ދުވަހުއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 960،4 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި މަގުގައި ދުއްވޭ ގޮތަށް 790،17 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއު ނިމޭނެ ކަަމަށް ލަފާ ކުރެވެނީ 300 ދުވަސް ތެރޭގައި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލައިލާ

    ކޮން ސަރުކާރަކުން ފެށި މަސައްކަތެއް؟

    • ބަލާވެރިކަން

      ރައީސް ޔާމީން ގެ ތަރައްޤީ މިފެންނަނީ ....އަދިވެސް..

  2. ބަލާވެރިކަން

    ރައީސް ޔާމީން ގެ ތަރައްޤީ މިފެންނަނީ ....އަދިވެސް..

  3. ނޫސްކިޔާމީހާ

    ލައިލާއަށް ހަމަ ނޭގޭތީތަ ތިޔަ އަހަނީ އެއާޓިކަލްގާއެވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގަޔޯ މިހާރު ލައިލާއަށް އެގޭނެކަމަށް ހީކުރަން

  4. ނޫސްކިޔާމީހާ

    ލައިލާއަށް ހަމަ ނޭގޭތީތަ ތިޔަ އަހަނީ އެއާޓިކަލްގާއެވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގަޔޯ މިހާރު ލައިލާއަށް އެގޭނެކަމަށް ހީކުރަން ދެންރަގަޅުތާދޯ ތިޔަކަމުންވެސް ވަރަށްގިނަ ބަޔަކަށް އުފާލިބޭނެތާދޯ ދެންގާމު ސައިކަލް ދުއްވާކުދިންނަށް މަރެއް ވަރަށް ސަޅިވާނެ އޯކޭދޯ ލައިލާ