ރާއްޖޭގެ ރައްޔިތުންގެ ކައިރީގައި ސިޔާސީ އެކިއެކި ބޭފުޅުން ކުރަން ހެޔޮ ނުވާ ވަރުގެ ވާހަކަ ދެއްކެވުމުގެ ކުރިން ވިސްނަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ، ކ. ކާށިދޫ އާއި ކ.ގާފަރާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅައިގެން ދަތުރު ކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލިހުގައި ވިދާޅުވެފައިވަނިކޮށެވެ. ތިން ރަށުގެ މެދުގައި ކޭބަލް ކާރުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަކީ ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވައުދެކެވެ.
އަސްލަމް ދެއްވި ޖަވާބާ ގުޅިގެން މަޖިލިހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ކޮންމެ ރަށަކީ ގައުމެއްގެ ގޮތުގައި ސިފަވާ ގޮތަށް ހުރިހާ ހިދުމަތެއް ލިބޭ ރަށަކަށް ހެދުމަކީ ދިވެހިންގެ ވިސްނުމެއް އަދި ތަސައްވުރެއް ކަމަށެވެ. އެކަމަކު، ސިޔާސީ ބޭފުޅުން އެކިއެކި ވާހަކަ ދައްކަވާ އިރު، ކުރަން ހެޔޮ ވާވަރުގެ ވާހަކަ އާއި ކުރަން ހެޔޮ ނުވާ ވަރުގެ ކަންކަމުގެ ވާހަކަ ދައްކަވާ އިރު ވިސްނާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވާން ހުރި ކަންކަމާއި ކުރަން ހެޔޮވާ ވަރު ކަންކަމާއި ކުރަން ހެޔޮ ނުވާ ވަރުގެ ކަންކަން އަޅުގަނޑުމެން ސިޔާސީ މީހުންގެ ގޮތުގައި ތިބެ ދައްކާ އިރު އެކަންކަމާ ގުޅޭ ގޮތުން ވިސްނާލުމަށް (އެދެން)،" މެމްބަރުންނަށް ނަސޭހަތް ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފުރަތަމަ ރަށެއްގައި ނަމަ، އަޅާނީ އެއް ގަމު ތޮއްޓެވެ. އޭގެ ފަހުގައި ބަނދަރާއި މަގުތަކާއި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދިވެހިންގެ އުންމީދަކީ އެކިއެކި ރަށްރަށުގައި ބޮޑެތި އުމްރާނީ މަސައްކަތްތަކެއް ހިންގުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކާށިދޫއިން އެއްވެސް ރަށަކާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރު އެޅުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. ވަޒީރެއްގެ ހައިސިއްޔަތުން މިފަދަ މަސައްކަތަކީ ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަން ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭ. މި ޒާތުގެ ކަންކަމަކީ ވާނެ ކަންކަމެއް ނޫން ކަން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ވާނެ ވަރުގެ ކަމެއް ކަމަކަށް ވެސް. އަދި މިއީ ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ވެސް ނޫން." އަސްލަމް ވިދާޅުވިއެވެ.
ނަސީދު ރައިތުން ގުބޯނަހަދަބަޅާށެ ނަސީދު.ގެކައިރިންްްދަސް ކޮށްގެން ތިފިކުގެމީހުން ރައިތުން ގުބޯހަދަނީ ޔަﷲ އެނުބައި ބައިގަޑް ކަރިިން އަޅަމެން ސަ ލލާމަތްކުރަވާދޭ ޔަﷲ
ތަޅާނެކުދިންކޮޅެއް ގޯދައިގެން ފުލުހުންނާތަޅަންގޮވުން އޯކޭތޯ ނަސީދު ކޮންމެފަދަ ވާހަކައެއް ދެއްކުން އޯކޯއެއްނޫން
ކުރަން ހެޔޮވާވަރު ކަންކަމާ ނުކުރޭވަރުގެ ކަންކަން މީމުޅިން ދޭއްޗެއް...ނަޝީދޫ...އަސްލަމް ބުނީމަ ވާނެ ޖާބިރުބުނީމަ ނުވާނެ..އަސްލަމަަކަށް ހެލިކޮޕްޓަރެއް ނުގަނެވޭނެ.އެކަމު ޖާބެ އެއޮތީ ހެލިކޮތަޅު ބައްލަވައިގެންފައި...ދެންނަޝިދު ބހެއްބުނެބަލަ މިކަމަށް
ކުރަން ހެޔޮނުވާ ވަރުގެ ކަމަކީ މީނާ ދައްކާ ވާހަކަ ގަބޫލު ކުރުން.
ބުރިޖު އަޅަން ލާރި ހޯދާނީ ކިހިނެށް
ބްރިޖް ފެނޭތަ؟ ކައޭ ބުނި އެކަމެއްވެސް ނުވާ ނެއޭ.
ނަޝީދު މަނިކުފާނު ހިތައް އެރިހާ އެއްޗެއްގޮވާ ނަގަނީ ކީތްވެ ކަލޭ ކީތްވެ ޗައިނާއޭ ކިޔާގެން ބުހުތާނު ދޮގުހަދަނީ ކަލޭ ކީތްވެ ފަތްޔާޒުއޭ ކިޔާގެން ބުހުތާނު ދޮގުހަދަނީ ކަލެޔަކީ މިހާރު ރައްޔަތުން ކުރިމަތީގަ އަގެއް ހުރި މީހެއްނޫން
ބޯން ވާނެ ބޮވެން ވާނެ ،24 ގަޑިއި ރު ހަމާއިގެ ތިބޭކަށް ނުޖެހޭ މިހުއްނަނީ މީހުން ރައްޔިތުން ކާ ރީ މިޒާތުގެ ވާހަކަ ދެއަކުން އޯކޭ ދޯ
ރައްޔިތުންނަށް ސަރުކާރުން ގާއިމް ކޮށްދޭންޖެހޭ ކަންކަން ގާނޫނުއަސާސީގަ ލިޔެވިފައިވައިރު އެކަންކަން ނުކޮށް ވަކިބަޔަކަށް މަންފާލިބޭ ކަންކަން ކުރާކަށް ގާނޫނުއަސާސީ ހުއްދަ ނުކުރޭ.
ނަސީދު ތިޔަ ވާހަކަ ނުދައްކާ ގާނޫނުއަސާސީގަ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ިދުމަތްތައް ކަނޑައެޅިފައިވާއިރު އެކަންކަން ނުކޮށް 18.5 ބިލިއަންގެ ދަރަނި 3 އަހަރުތެރެ ނަންގަވައިގެން ކުރެއްވީ ކޮންކަމެއް؟
ޑިދިވެހިން ނޫޅޭ ކޮންމެ ރަށަކީ ވަކި ގައުމެއްގޮތުގަައި ދެކިގެން ތަރައްގީކުރާކަށް. ޚކަލޭމެން ތިއުޅެނީ މާލެއަކީ ވަކި ގައުމެއްކަމަށް ދެކިގެން މުޅި ބަޖެޓު މާލެތަރައްގީކުރަން ހޭދަކުރަނީ. އަހަރަމެނ މިމަސައްކަތްކުރަނީ ބޭސިކް ނެސެސިޓިސް ހޯދަން. ދެން ކީއްކުރަން ކޮންމެ ރަށެއް ގައުމެއް ވަރަށް ތަރައްގީކުރަން އަހަރަމެން ވިސްނަންވީ
ގާފަރު ފަރުގާ ބުރަފަތި ޖަހައިގެން މުޅި އަތޮޅަށް ކަރަންޓް
ދޭން ބުނީ ކެނެރީގެ ނަޝީދު އެވައުދު ނުފުއްދީ ކީއްވެ
މުޅި ދުނިޔެއަށް އިޢުލާން ކުރި ހަނދާން އެބަހުރިތަ
ކުރަން ހެޔޮ ނުވާވަރުގެ ވާހަކަ ދައްކާއިރު ވިސްނަން ޖެހެޔޭ މިހަރަމޮޔަޔާ ، ކަލޭ ހެޔޮދޯ ކުރަން ހެޔޮ ނުވާވަރު ކަން ކަން މީހުން ނުރިމަތީ ކުރިޔަސް އެ އޯކޭ ދޯ...؟؟؟
ކުރަންހެޔޮވާވަރު ކަމެއް ފާހާނާއަށް ޕުއްޕުލުން ކުރަންހެޔޮނުވާނެކަމެއް ﷲ ގެ ރަސޫލާއަށް ހަޖޫޖެހުން މިކަލޭގެޔަށް ހެޔޮކަމަކާ ނުބައިކަމެއް އެބައެނގޭބާ ބޯގޮސް ނަމްބަރވަން އިންދަވާލްޑު.