މިއަދާއި މާދަމާއި ބުރިޖާއި ބައެއް މަގުތައް މެންދުރު 13:00 އިން ފެށިގެން ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ އޮކްޓޫބަރު 26 އަދި 27 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކާއި ގުޅިގެން، މި ދެދުވަހުގެ މެންދުރުފަހު 13:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން އެއާޕޯޓް މަގާއި، ސިނަމާލެ ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތަކާއި ގްރީން ޒޯން ބަންދުވާނެ ކަމަށެވެ.
މިސަރަހައްދުތައް ބަންދު ކުރަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް ބުދަ ދުވަހު ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ކުރިއަށް ގެންދާ ފަރިތަކުރުންތަކަކަށެވެ.
ޕޮމްޕިއޯ އޭޝިއާ ބައްރަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ އިންޑިއާ އަށެވެ. އެއަށްފަހު ރާއްޖެއަށާއި ސްރީލަންކާ އަށް އަދި އިންޑޮނޭޝިއާއަށް މިދަތުރުފުޅުގައި އޭނާ ވަޑައިގަންނަވާނެއެވެ.
ޕޮމްޕިއޯގެ ދަތުރުފުޅަކީ ގާތް ރަހުމަތްތެރި ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމެރިކާ އިން ބުނި ނަމަވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ޕޮމްޕިއޯގެ މިދަތުރުފުޅުގެ އެންމެ މުހިއްމު މަޤުޞަދަކީ އޭޝިއާ ބައްރުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދިއުން ހުއްޓުވުމެވެ. ހާއްސަކޮށް ރާއްޖެ އާއި ލަންކާ އަދި އިންޑޮނޭޝިއާގައި ޗައިނާގެ ނުފޫޒު ގަދަ ކުރަމުން ދިއުމުން އެމެރިކާގެ ކަންބޮޑުވުންތައް މިދަތުރުފުޅުގައި ޕޮމްޕިއޯ ގައުމުތަކުގެ ވެރިންނާއި ހިއްސާ ކުރާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.
މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވުމާއި އެކު އޭނާ ވެގެން ދާނީ 2004 ވަނަ އަހަރަށްފަހު ރާއްޖެ އަށް ވަޑައިގަންނަވާ އެމެރިކާގެ ފުރަތަމަ ސެކްރެޓަރީ އޮފް ސްޓޭޓަށެވެ. އެންމެ ފަހުން ރާއްޖެ އަށް ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަކީ 2004 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިމް ޕަވަލް އެވެ.
އޭގެ ކުރިން 1992 ވަނަ އަހަރުގެ ޖުލައި މަހު އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ. އެއީ އިރާގުން ކުވޭތު ހިފައިގެން މެދުއިރުމަތީގައި އެމެރިކާ އިން އިރާގާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރުއެވެ.
ބޮޑު ނުފޮރުއްޕާނެއްނު. މަސައްކަތް ނިންމާފަ ގެއަށް ދެވޭނެގޮތް ޖެހޭނެ ހަމަޖައްސަދޭން
މަގުތައް ބަންދު ނުކޮށް ވެސް އެސްކޯޓް ކުރެވޭނެ އެނުން.. މި ގައުމުގެ ރައީސް ނުދޭހާ ވީއަޕީ ކަން އެހެން މީހަކަށް ނުޖެހޭދޭކަށް.!
ކަލޯމެންއެކަނި މި ދުނިއޭގައި އުޅެންވީ..
ކޮންމެ ކާފަރަކު ރާއްޖެއަޔަސް މައްސަލަ އެއް ނެތް އެކަމަކު ރައްޔިތުން ނަށް އެބަލާ ޖައްސާ ގެން ނުވާނެ
ޚކަލޭމެންގެ ލޯތައް ބަންދުވެފަ ތި ހުރީ. ޚސަލާމަތީ ބާރޭ ކިޔާފަ މުސްލިމުން ނިކަމެތިކޮށް އަޅުވެތި ކުރުމަށް ކާފަރުންނަށް އެހީތެރި ވަނީ ތި
ކަންކަންކުރަންނޭންގޭމީހުން ކަންކަމާހަވާލުވީމަ ވާނެގޮތްފެނިގެން މިދަނީ.
ބަލަގަ މައިކު އަންނަގޮތަށް ގަރަންޓީނުވާންށެންނު ޖެހޭނީ. އާންމު ރައްޔިތުންނަށް އުނަގޫވާގޮތަށް އެސޮރު ގެންނާކަށް ނުފެނޭ.
މި ސަރުކާރަކީ ގައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް
އިސްތިއުފާ. ވަގުސަރުކާރު
.. މި ސަރުކާރު ވަބާއަކަށް ވެއްޖެ ވިއްޔާ މިހާރު. ހުސް ނޮހޮރުއްޕާން ކުރުން.. ގެރިސަރުކާރު އިސްތިއުފާ
ވ ގޯސް މިއަދު ހެނދުނު ހުޅުމާލެއިން މާލޭގެއޮފީސްތަކަށް އަދި މާލެއިން ހުޅުމާލެގެ އެކިވަޒީފާތަކަށް ދިޔަމީހުން ދެންހަދާނީ ކިހިނެއް އެމްއެންޑީއެފުން އެމީހުންގެ ހުރިހާކަމެއް މިދެދުވަހު ބަލަހައްޓާނީބާ؟
އެމެރިކާގެ އެއްމެ މީހެއްގެ ޙައްޤުގައި ދިވެހި އެތައްހާސް ރަޢިއްޔަތުންނަށް ގެއްލުމާއި އަނިޔާ ތިފަދަ މީހުން ރާއްޖެ ނައުންވެސް މާރަނގަޅު
މާ ބަލާވެރިކަން ބޮޑުވަންޏާ މުޒާހަރާވެސް ކުރަންވީ. ވަޒީފާއަށް އައިސް ދެން މަ ހުންނަންވީ ތާށިވެފަ..
ކިހާ ބޮޑު ނުހޮރުއްޕާނެއް
އިސްތިއުފާ. ވަގު ސަރުކާރު އިސްތިއުފާ
ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ތިޔަ ބެފުޅަތިޔަ އި ވަ ރަށް ސެކު ރިޓި ހައި ބެފުޅެއް ބޮޑަށް ބެލެވެނި ެެެެެ އެހެން ވެ ކަމަށް ތިޔަ ފަ ރިތަ ކު ރުން ތިޔަ ހިންގަނި
މި ސަރުކާރުގެ މުސީބާތުން ސަލާމަތް ކުރައްވާންދޭތޯ ދުއާކުރަން.
އިޒްރޭލްގެ ހައްގުގައި ކުރެވޭ ދަތުރު ފުޅެއް!
ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް އަޅުއްވާދެއްވި ބުރިޖު ދިވެހިންނަށް ނޭރޭގޮތަށް ބަންދުކުރެވިގެންނުވާނެ ސިކުންތަކަށްވެސް. ފެއިލްސަރުކާރު އިސްތިއުފާ.
އެމެރިކާގަ ހެސްކިޔާފަ ކޮވިޑް އުޅޭއިރު، ،ތިޔަ ކަލޭގެ 14 ދުވަސް ވަންދެން ކަރަންޓީންގަ ބަހައްޓަން ޖެހޭނީ، އެކަހެރިކޮށް. ކޮބާ ހެލްތް މިނިސްޓަރު، ކޮބާ މައިމޫނާ،
ކޮން ސެކިއުރިޓީއެއްތަ މީހަކު އެބައުޅޭތަ ތިހެން އަންނަ ފަރަންޖީންނާއި ބެހެން ، ދެން ސަލާމަތީ ބާރުތަކުންވެސް ބަތްކައްކާކުޅުން ހުއްޓާލަންވެއްޖެއެއްނު، މީ މާ ތްރެޓްހައި ޤައުމެއްވެސް ނޫނެއްނު ، ހަމަ ބޯބުރާންތިއެއް އަންނަ އިރަށް ވަކިވަގުތަކު ކަނޑުން މަސްބޭނުންމަނާ ، ފާޚާނާކުރުން މަނާ. ޑާޓީ ޤޭމް
ޙާދަ ހެއްވައޭ ނިމޭނޭ ގަޑިއެއް އެގިގެން ދޯ ހުޅުމާލޭގައި އުޅޭމީހުނައް ޑިއުޓީއަށް ދެވޭނޭކަން ނުވަތަ ނޫންކަން ވެސް އެގޭނީ މިހާރު މިހުރީ ވާނެ ގޮތެއްނޭގިފައި ކިޙާދެރަކަމެއް ...
އިންޑިއާ އަށް ބަރޯސާވެގެން އޮތް ސަރުކާރަކުން، ރައްޔިތުންނަށް ދުއްޕާންވާ ގޮތަށް ކޮން ފަރިތަކުރުން ތަކެއް ބާއްވަންވީ....؟ މީހަމަ ރީނދޫ ބަލާވެރިކަން.