1990 ވަނަ އަހަރުގެ ބައެއް ބައެއް ވާހަކަތަކާއި އެއިރުގެ ހަނދާންތައް އާކޮށްލަދޭ ޝޯވއެއް މިރޭ އައިސްޓީވީން ދައްކަން ފަށާނެއެވެ.

"The 90s Show" ގެ ނަމުގައި ގެނެސްދޭ މި ޝޯވއަކީ އައިސްޓީވީން މި ރޯދަ މަހު މުޅިން އަލަށް ދެއްކުމަށް ނިންމާފައިވާ ޝޯވއެކެވެ.

މި ޝޯވގައި މިރޭ ހާއްސަ މެހުމާނެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ޢެވެ.

މި ޝޯވގެ ތެރެއިން އެއިރުގެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގެ ތަފާތުތަކާއި ގުޅޭގޮތުން ވާހަކަދައްކާނެއެވެ. އަދި އެއިރު އެކި ދާއިރާތަކުގައި މަސައްކަތް ކުރިއަށްދާގޮތާއި މިހާރު އެކަން ކުރާ ގޮތްވެސް ޝޯވގެ ތެރެއިން ކިޔާދޭނެއެވެ.

މިރޭގެ ޝޯވގެ ޓްރެއިލާ މިހާރު ނެރެފައިވާއިރު، އެ ޓްރެއިލާގައި ތޭރަވާ ވަނީ 1990 އޭ ބުނުމުން ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގެ ދައުރުގެ ހަނދާންތައް އާ ވާކަމަށް ބުނެފައެވެ. އަދި އެއިރު މީހުންގެ ޝައުގުވެރިކަން މިއުޒިކަށް ނުހުންނަކަންވެސް ތޭރަ ވަނީ ފާހަގަކޮށްފައެވެ.

އަދި ތޭރަވާ ވަނީ ބައެއް ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުގެ ވާހަކަވެސް އެ ޝޯވގެ ތެރެއިން ދައްކާފައެވެ.

އެހެންކަމުން މިއީ ކުރީގެ ބައެއް ކަހަލަ ވާހަކަތަކާއި ކަންތައްތައް އަޑުއަހާލަން އަދި ބަލާލަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ޝޯވއަކަށްވެގެންދާނެކަން ޔަގީނެވެ.

"90s" ޝޯވ މިރޭ 10:00 ގައި އައިސްޓީވީން ދައްކާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖސޖސޖ

    ޔަކް ސޮޑު ލަވަކިޔުންތެރިޔާ ހޭރެވާ

  2. ?

    ރަނގަޅަށް މައުޟޫމާތު ހޯދާފައި ޚަބަރު ލިޔަން އާދަކުރޭ... ޓްރެއިލަރ ގަ ތޭރަ ބުނީ އޭރު "މީހުންގެ" ޝައުޤު މިޔުޒިކަށް ނުހުންނަ ވާހަކައެއް ނޫން... ތޭރަގެ މިޔުޒިކަށް ޝައުޤު ނުހުންނަ ވާހަކަ... ?