މުދައްރިސުން ރަޖިސްޓްރީކޮށްގެން ލައިސަންސް ނަގަން ޖޭހޭ ގޮތަށް ކަނޑައަޅައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު މަޖިލީހަށް ހުށަހެޅުއްވި ތައުލީމުގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

ގައުމީ ތަރައްްގީ އާއި ތަރިކައިގެ ކޮމިޓީއިން ފާސްކުރި ގޮތަށް މި ބިލް ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާ އެކުގައެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ތައުލީމުގެ ބިލް ދެ ވަނަ ފަހަރަށް މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ފުރަތަމަ މި ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އިސްލާހު ގެނެސް ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވައިފައެވެ. ދެ ވަނަ ފަހަރު އެ ބިލް ތަޅުމަށް ފޮނުވާފައި ވަނީ ކޮމިޓީ މަރުހަލާގައި ގެނައި ބައެއް ބަދަލުތަކާއި އެކުގައެވެ.

އެގޮތުން އެ ބިލުގެ 11 ވަނަ މާއްދާގައި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކުދިންގެ ސަބަބުން އެހެން ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭނެ ކަމަށް ބުނާ އަކުރު އުނިކުރަން ކޮމިޓީއިން ވަނީ ނިންމާފައެވެެ.

މީގެ އިތުރުން، ފަށާ ތައުލީމަކީ އެލްކޭޖީން ފެށިގެން ގްރޭޑް ފަހެއްގެ ނިޔަލަށް ކަމަށް އެ ބިލުގައި ކުރިން ބުނެފައިވާ ބައި ބަދަލުކޮށް، ފަށާ ތައުލީމަކީ ގްރޭޑް އެކަކުން ފެށިގެން ހައެއްގެ ނިޔަލަށް ކަމަށް ކޮމިޓީއިން ކަނޑައެޅިއެވެ.

އަދި ސާނަވީ ތައުލީމަކީ، ގްރޭޑް ހަޔަކުން ފެށިގެން 10 ގެ ނިޔަލަށް ކަމަށް ކަނޑައަޅާފައިވާ ބައި ބަދަލުކޮށް، ސާނަވީ ތައުލީމަކީ ގްރޭޑް ހަތަކުން ފެށިގެން 10 ގެ ނިޔަލަށް ކޮމިޓީއިން ކަނޑައެޅިއެވެ.

އެ ބިލުގައި ބުނެފައި ވަނީ ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު، އުނގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށެވެ. އަދި ދިވެހި ބަސް ކިޔަވައިދޭން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ތައުލީމުގެ ބިލުގައި އިތުރަށް ބުނެފައިވަނީ މި ގާނުނަށް އަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީ ކުރުމާ ގުޅޭ ކަންކަން ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށެވެ.

އަދި މި ގާނޫނަށް އަމަލު ކުރާއިރު ކިޔަވައި ދެމުންދާ މުދައްރިސުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި، އެ ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަން ވާނެ ކަމަށް ބިލުގައި ބުނެއެވެ.

މި ބަދަލާއެކު އެ ބޯޑުގައި ރަޖިސްޓްރީ ކުރުމަކާ ނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫން ވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ނުކުރެވޭނެއެވެ. އަދި އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ވެސް ނުދެވޭނެއެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމު ދޭ ތަންތަން ހިންގާ ނަމަ އެތަނެއް ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީ އަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށްވެސް އެ ބިލު ބުނެފައި ވެއެވެ. އެފަދަ ތަނެއް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް މި ބިލް ގާނޫނަކަށް ވުމުން ލިބެެއެެވެ.

ހަމައެހެންމެ ތައުލީމީ ނިޒާމުގެ ފެންވަރު ހިފަހައްޓައި، ކަށަވަރު ކުރުމަށް ސްކޫލްތަކާއި ކިޔަވައިދޭ ތަންތަން ހިންގަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، އެކަންކަމާއި މެދު ފިޔަވަޅު އެޅުމާއި ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް ގާއިމްކުރަންޖެހޭނެ ކަމަށް އެ ބިލުގައިވެއެވެ.

މި ބިލް ތަސްދީގުކޮށް މިގާނޫނަށް އަމަލު ކުރަން ފެށުމުން މިހާރު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ސްކޫލްތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޕްރީސްކޫލް ހިންގުމުގެ ގާނޫނު އުވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޢަޖައިބު

    މަޖިލީހުގެ މެމްބަރުން ލަދެއް ނުގަނޭ އެހެން ދައިރާތަކުގެ ފެންވަރު ކަނޑައަޅާއިރު މި މީހުން މަޖިލީހަށް ނުކިޔަވާ ތިބެގެންވެސް ކުރިމަތިލާންވީ. ބޯ ހަލާކު.

    90
    • ޙާސިމް

      ކިޔަވައިގެން ތިބި މީހުން ނުކިޔަވާ މީހާ އެއީ އަހަރުމެންގެ ކެޑިޑޭޓޭ ކިޔާފަ ހޮވާފަ ދެން ކީކޭ ތިޔަ ކިޔަނީ. ނުކިޔަވާ ވެސް ކިޔަވާއިގެން ހުރި މީހާގެ ސިކުނޑިއަށް ސަވާރުވެގެން ވޯޓު ހޯދުމަކީ ކިޔެވައިގެން ހުރި މީހާގެ މައްޗަށް ކާމިޔާބު ހޯދުން ނޫންތޯ

      10
      5
  2. ސ

    ރަގަޅު. އެކަމަކު ގާނޫނު ހަދަން ތިބެންވާނީ ނުކިޔަވާ ސަންގޯރުން

    75
  3. ޢާޝޯހު

    ޤާނޫނޫ ހަދަން މިތިބީ ، ޤާނޫނު ކިޔަންވެސް ނޭނގޭ މީހުން . އެންމެ ފުރަތަމަކަމަކަށް ތިމާމެންގެ ޝަރުޠު ކަނޑައަޅަންފެނޭ.

    60
  4. އަލީ

    ތިޔަބިލު މަޖިލިހައް ހުށަހެޅިކަމައް ތިޔަ ބުނާ މެމްބަރަކީ ވެސް ތަޢުލީމީގޮތުން އެއްވެސް އުރައްޕެއް ހުރި މީހެއްނޫން.. މީހަމަ ރޭވިގެން ހިންގާ ކަންތައް އެގަންޖާ19 ގަވާގޮތައް

    42
    1
  5. ޓީޗަރ

    Thauleemee fenvarakah sharuthu hamavun laazim vumeh nethi hovaafaivaa bayaku faaskuraaa ehcheh Hama rangalhuvaanebaey salaamaiy sikundi suvaalu ufahdhaeve.
    Islaamee qaumehga gaanoonu hadhan ahyan kuraaa bayakah islaamee shareeaiy engen jeheyne kamaamedhaku kudaves shahkehnetheve.

    23
    2
  6. Anonymous

    ރައްޔިތުންގެ މައްޗަށް ގާނޫން ހަދަން މިތިބީ ގުރޭޑް 7 ގެ ފެންވަރުވެސް ނެތް މެންބަރުން. ކޮންމެވެސް ޤައުމެއްގެ ޤާނުނެއް ގެނެސް ޓްރާންސްލޭޓްކޮށް އުނިއިތުރު ގެނައީމަ ދެން މަށަކީ ލޯމޭކަރޮކޯ... ހުރި ނުތާހިރުކަން ބަލާބަ

    53
    • ނައީމާ

      ޢެކަހަލަ މީހެއް ހޮވާން ތިބާ ވޯޓު ލާފަ ދެން ތިޔް ކިޔަނީ ކީކޭ؟ ބޯހަލާކު

      13
      1
  7. Anonymous

    ކޮންލައިސަންސެއްބާ މީއަނެއްކާ. ބަލަ ޓީޗަރަކަށް ވަނީ ކަނޑައަޅައިފައިވާ ކޯހެއް ފުރިހަމަކޮށް ފާސްވެގެން ނޫންތޯ. ފުރަތަމަ މަޖްލީހުގެ މެމްބަރަކަށްވާ ކޯސް ހަދާފައި
    ފާސްވެގެން ލައިސަންސް ދޭ ގޮތަށް ހަދަންވީ.ރަށްރަށުގެ ކައުން ސިލް ގައިވެސް އެތިބީ މަސްތުވާއެއްޗެހީގެ ތެރޭ އުޅޭ ކުދިން މިސަރުކާރުން ލާފައި. ގޭގައި މިތިބެނީ ނިދާފައި. ފޮތް ހިފައިގެން ސޮއިކުރަން ގެއަށް. ލަދު ކޮބާތޯ ރައްޔިތުން ނަށް ދުއްޕާން ސަރުކާރު. ރ. ޔާމީންގެ އިސްތަށިފުޅުގައި ހެއްދެވިހާ ނުބައިކަމެއް އަޅުވާފައި ދުޢާދެއްވި ސޯލިޙް ގެ ސަރުކާރުގައި ރައްޔިތުމީހާއަށް ޖައްސާ ޙާލުމިހިރީ.

    19
    1
    • ކަމަނަ

      ލާރި ލިބޭނެ ގޮތެއް ބަލަންބާނެ އެއްނު

  8. ހައްވަ

    މަޖިލިސ މެނބަރުގެ ޝަރުތުތަހ ކަނޑައެލިއްޔާ މާ ރެެހޗެއްނު1 ޤާނޫނު ކިޔަން ނުދަނަނަ ބަޔަކު ޤާނޫނުހަދާނީ ކިހިނެެއްބާ؟

    19
  9. މަރީ

    މީ ކޮން ފެނއވަރެެއ ހުރެގެނަ ދައުލަތުން ލާރި ނަދާ ބައެއްބާ؟

    29
  10. ހުސޭނުބޭ

    ރައްޔިތުން މަޖިލީހު މެމްބަރުންވެސް އެ ދާއިރާއިން ޑިގްރީއެއްހަދައި ލައިސަންސްނަގައި ވިސާކާޑް ހަދައި އިންސުއެރެންސްކޮށް މި ހުރިހައި ކަމެއް ފުރިހަމަކުރަން ޖައްސާބަލަ!

    19
  11. މުހުންމާ

    އަލެއް ބާއެއް ނުދަންނަ މެމްބަރުން ހަދާ ގުއި ގާނޫނު. މައުމޫނުގެ ދިގު ތިރީސް އަހަރު ނިމުމީވެސް ތިޔަގާނޫނެއް ހަދަހަދައި އިސްލާހުކޮށްކޮށް ހުއްޓައި. ދެން ހަމަ އަންނަ ކޮންމެ ވެރިކަމެއްގައި އޮންނަނީ ގާނޫނުހެދުން އިސްލާހުކުރުން.
    މަތިން ބާވައިލައްވާފައިވާ ގާނޫނު ދޫކޮށް ދޮންމީހުންގެ ގާނޫނުގައި ހިފީމައި ވާނެގޮތް ތިވަނީ. މިހާރުވެސް މަތިން ބާވައިލައްވާފައިވާ ގާނޫނުގައި ހިފާއިރަށް ހުރިހާ ކަމެއް ހައްލުވާނެ. އިމްރާން (ޝޭހެއްކަމަށް މީހުންކިޔާ) އެބުނާ ކަހަލަ ކުދި ކުދި ކަންކަން އާންމުތަންތަނުގައި މީހުންނުކުރާނެ އެއިރަކުން.

    13
  12. އާންސަރ

    މަހިތަށްއަރާ މިބިލު ހުށަހަޅާ ފާސްކުރި މީހުން ލަދުނުގަނޭ ބާއޭ! ތައުލީމީގޮތުން ގާބިލުކަމެއް ނެތްތާ ތިމާމެންނަށް އެއްޗެއް އުނގަންނައިދިން މީހުންގެ ފެންވަރު ކަނޑަ އަޅައި ބޮޑެތި ގާނޫނުތައް ހަދަން. މަޖިލީހުން ގޮނޑިއެއް ލިބެޭއިރަށް ތިމަަމެންގެ ފެންވަރުވެސް އޮޅެނީތާ☹️

    19
  13. ފާތުމާފުޅު

    ޤާއުމީ ޔުނިވާސިޓީގައި ނަރުސްކަން ކިޔަވައިދޭން މިހާރު ތިބި ލެކްޗަރ އިންނަށް ވަރަށް ވެދުން. ރާކަނިމަސް ކެވިފް ހުންނާނީ.
    ޢަދި ވެސް ދަރިވަރުންނާ މަބޮޑޭ ވައްތަރަށް ހަޅޭއްލަވަލަވާފައި ފުއްޕާފަ ކިޔަވައިދޭންތިބޭ. މިސަރުކާރުން އެކަން ހަތިމް ތިޔަކޮށްދެއްވީ. ދެންވެސް ކިޔަވައިދޭ ހިއްވަންޔާ ޓީޗަރުކަން ކިޔަވައިގެން ދަރިވަރުންގެ ސައިކޮލޮޖީ ވެސް ކިޔަވައިގެން ލެކްޗަރ އަަކަށް ވެގެން ވަޑައިގަންނަވާ. ޙަމަ ހުވާ ދަރިވަރުންނާ ވާހަކަ ދައްކަން މިފަހަރު ދަސްކުރާތި. ދެން އަވަހަށް ދުވޭ މިކަން ބަދަލުވޭތޯ ސިޔާސީ މީހުންގެ ގާތަށް. މަހީހީ ހަލާކު.

    7
    3
    • ސަމީރު

      ޙާއްސަކޮށް މާސްޓާރސް ޕްރޮގުރާމްގެ ލެކްޗަރ އިން ހިމަނާލިނަމަ

  14. ޕެޓިޝަން

    ޑިގުރީ ފެންވަރުގެ ސެޓްފިކެޓް ނެތް މީހުން މަޖިލީހުގެ ލައިސްނަސް ނުލިބޭނެ ކަމަށް ބަލައި މަޖިލީހުން ބޭރުކުރަން ޕެޓިޝަނެއް ޓީޗަރުންގެ ފަރާތުން ހުށައަޅަން ފެނޭ !

    21
  15. ބޯހަލާކު

    ފުރަތަމަ މަޖިލީހުގައި ތިބިމީހުން ލައިސަންސް ނަގާބަލަ

    15
  16. ޢިންޒާރު

    ނާޒުކު މި ދަނޑިވަޅުގައި ހުށަހާޅާމި ބިލަކީ ކޮވިޑްގެ ބަލިމަޑުކަމުން ގައުމު ސަލާމަތްވެ، ހަކުރުން މިންޖުވެފައިވާ ޖީލެއް ބިނާކުރެވި، އަދަބު އަހްލާގަކީ މުޅިގައުމުގެ އާންމު ފޭރާންކަމުގައިވެ، ގައުމުގައި ތިބި ހުރިހާ ދަރިވަރުންނަކީ އޯލެވެލް ގަދަ ދިހައެއްގައި ވިދާލާނެ ދަރިވަރުންނަށްވެ، ދިވެހި ކޮންމެ ދަރިޔަކީ ކަރަޕްސަނޭ ކިޔާއަޑު އިވުނަސް މޭނުބާކޮށް ހޮޑުލަވާވަރުގެ ދަރިންތަކެއް އުފައްދާނެ ބިލެއް ކަމާމެދު ޝައްކެއް ވަސްވާހެއް ނެތަތީ ބިލު ބަލައިގެންފީމެވެ. ދެންފަހެ ވައްކަމައި ޒިނެއަށްވެސް އަލްވަދާއު އެވެ

    9
    1
  17. ރައްޔިތުން

    ދެން ނަގާ ވޯޓަކުން ތި ކަން އަނގާލާނަން. ރައްޔިތުންނަށް ދުއްޕާން ސަރުކާރު

  18. ދުންތަރި

    މަޖިލީހުގަ އަސާސީ ފެންވަރު ނެތަސް އޯކޭ އެކަމަކު ކިޔަވައިގން ތިބޭ މީހުންގެ މައްޗަށް ޤާނޫނު ހަދަނީ މިމީހުން ކިހާ ރަނގަޅަށް ކަންކަން ހުންނާނެބާ؟ ލާދީނީ މީހުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖު އާ އެބަކުޅޭ މިކަމަކީ ކުރިޔަށްއޮތް ޖީލުތަށް ހަލާކުކޯށް ޤައުމުގަ ބައިބައިވުން އުފައްދައި ލާދީނިއްޔަތު އާލާކުރުމަށް ޔަހޫދީންގެ ރޭވުމާ އެއްގޮތަށް ކެނެރީގޭ ލާދީީ ނަޝިދު އިސްވެހުރެ ހިންގާ ޖަރީމާއެއް ނިކަން ކެރެންޏާ ތިޔަ މަޖިލީހަށްކުރިމަތިލާމީހުންގެ ފެންވަރަކީ ދަށްވެގެން ޑިގުރީ ފެންވަރުކަމަށް ކަނޑައަޅާ ޤާނޫނެއްހަދާލަބަލަ ނޫނޫ ޤާނޫނަށް އިސްލާހުގެނެސްބަލަ މި ޤައުމުގަ ވޯޓުލައިގެ އިންތިޚާބުކުރާ މަޤާމުތަކަކީ ފެންވަރެއް ފަންވަރެއް އޮންނަންޖެހޭ ކަމެއްނޫން އެކަމަކު ދައުލަތުގެ އިދާރާއެއްގެ ވަޒީފާއަކަށް މީހަކު ކުރިމަތިލަންޔާ ގައިގަ ފަޅާފަހުރި ހުރިހާ އިސްތަށީގެ ޢަދަދުވެސް ބުނެދޭންޖެހޭ

  19. ޢަންތަރީސް

    ޓީޗަރުން ކުރާމަސައްކަތައް އެކަށީގެންވާ ފައިސާއެއްނުދީ އަދިވެސް އިތުރު އުނދަގުލެއް ޖެއްސޭތޯ ބަލާ! ވާނީ އެހެންތާ! މަޖުލީހުގައި ލައިސަންސު ނަގައިގެން 60ހުން 70އިން ހާސްކިޔާބޮޑުމުސާރަ އެނަގަނީ މިއޮތީކަމެއް

  20. އެސް.އެމް.އެސް

    ސްކޫލްތަކަކީ ކޮންމެ ތަށެއްގައިވެސް މިވަގުތު ސިޔާސީ ބައިވައިވުން އެންމެ ކުޑަތަން. އެތަންތަނަށް އެއިރެއްގެ ވެރިކަން ކުރާޕާޓިއަކުން ބޭނުން ބަޔަކު ވައްދާ ބޭނުން ބަޔަކު ވަކިކޮށް ތަން ފުނޑާލަން ހިންގާ ޕްރޮޕެގެންޑާއެއް ތީ. އަންނި މައުމޫނަށް ފަހައިދިން ކޯޓް އަންނި ލާންޖެހުނީމަ ވީގޮތް ދެން ވާނީ

    2
    1
  21. ހަސަދު

    މިހާރުވެސް ޓީޗަރަކަށް ވެވެނީ ވަކި ސަނަދެއް އޮވެގެން. ދެން ކޮން ލައިސަންސް އެއްގެ ވާހަކަބާ!!!. ތަންދޮރު ނުދަންނަ މީހުން ޕޮލިސީ މޭކިންގް ގައި ތިބެންޏާ ގައުމު ދާނީ ހަލާކާ ދިމާ އަށް.