ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަންގެ މެންބަރުން ހިމެނޭ ގޮތަށް 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ނުވަ މެންބަރަކު މަޖިލީހުގައި ތިއްބެވިއިރު، އަމިއްލަ ދެ މެންބަރަކު މި މައްސަލައިގެ ގަރާރުގައި ސޮއިކޮށްފައިވެއެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެއެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މެޖޯރިޓީންނެވެ. އެއީ 44 މެންބަރުންނެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު ހިނގައިދިޔައީ އާދައިގެ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން މަސްރަހު ހޫނުވެފައިވަނިކޮށެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގައިދިޔަ ކަންކަން ކަމަށް އާންމުންގެ ތެރޭގައި ދެކެވެނީ ހަގީގަތުގައި ހިނގި ކަންކަމަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށެވެ. ސަފާރީގައި ރޭޕްގެ ކަމެއް ނުހިނގާ ކަމަށާއި އެއީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވޭނެ ވަރުގެ އާދައިގެ ކުަޑަ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މެންބަރުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ކެންޔާ އަންހެން މީހާގެ ގާނޫނީ ވަކީލުން ވެސް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
މި ކަމާ ގުޅިގެން އިމްރާންއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުން، އިމްރާން ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަތައް އޮޅޭ ގޮތަށް ދިވެހި މީޑިއާތަކުގައި ފަތުރާފައިވަނީ ކަމަށެވެ. ޖިންސީ ގޯނާއަކީ ކުޑަ ކަމެއް ނޫން ކަމަށާއި ކުޑަ ކަމެއް ކަމަށް ވިދާޅުނުވާ ކަމަށެވެ. އެކަމަކު ދެއްކެވި ވާހަކައިން އެފަދަ މާނައެއް ނެގޭނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.
الحمدلله 🤲
ހުރި އުފަލެއްގެ ބޮޑުކަމާއެވެ.
އިމްރާން އަކީ ޝޭޙެއް. ޝޭހުންނަށް ގޮންޖެހުމަކީ ބޮޑެވެގެންވާ ފާފައެއް. ޕީޕީއެމް މެންބަރުން ކޮބާ ލަދު
ޝެއިޚް އިސްލާމްދީނުގެ އަސްލުތަކަށް ގޮންޖެހިޔަސް އޯކޭދޯ؟
އިމްރާނު އިސްތިއުފާ.. މި ކަހަލަ ލަދުހަޔާތް ކުޑަ މީހުން މަގާމުތަކުގަ ތިބެގެން ގައުމެއް ނޯންނާނެ ސަލާމަތަކުން.. ބޭރުކުރޭ
👍👍
ތިވޯޓްގަ ބައިވެރިވުމައް މަންމާފުޅު އަދުރޭ، ދޮންކެޔޮ ބުރޯ، ކެލާ އާރިފް، މާވަޑި ފަލާހް، ބޮންމުންދު، ހޮޅި މުއިއްޒައް ދައުވަތުއަރުވަން، ވޯޓްލުންއޮށްނާނީ ބުރިޖުމަގުގަ 17ބުރިއައްހަދަމުންދާ އިމާރާތުގަ، ބުނާތީއިވޭ އެއީ ރައްޔިތުންގެ ބައިތުލްމާލުންނެގި ފައިސާއިން ހަދަމުންދާ އިމާރާތެކޭ. މިފަދައަދި ދެތިންމީހުންއުޅޭނެ، މިމީހުންނަކީ ނިމިދިޔަ ފަސްއަހަރު ޕޯޑިޔަމް ތަކުގަ ކަރުންނާރުނަގައި އަޑުގަދަކުރިމީހުން، ބޮންމުންދުވެސް 2008 އިސްލާމީ މަރުކަޒް ގޮށްވާލާފަ ފައްޅިއެއް އަޅާނޭބުނި އަދިވެސް އޭގެހަބަރެއްނުވޭ، މިމީހުންނަކީ ދޮގުހެދުމާ، ވައްކަމާ، ކޮރަޕްޝަންގެ މުލުވަގުން، މިނިވަންދުވަހުވެސް ބޮލަކަށް 3000ރ ޖަހާފަ ލާރިގަނޑުކާލީ ބޮންމުންދު
އިސްތިއުފާ..
މޑޕ އަށް ޖިންސީ ގޯނާކުރުމަކީ ކިހާ ބޮޑުކަމެއްކަން މިފަހަރު އެނގޭނެ.
މިމުނަފިގު ބޭރުކުރަން މާލަސް ވެއްޖެ
އިސްތިއުފާ އެކަނި ދިނުމަކުން ނުފުދޭނެ.
ސަރުކާރު ބަލިކޮއްލުމަށް އިދިކޮޅުން ރާވާގެން ހިންގާ ކަމެއްތީ.. މޑޕ ރަންރީނދޫ ލަޝްކަރުގެ ފުރިހަމަ ތާއީދު އިމްރާނަށް އެބައޮތް..
ދެލޯ ހުޅުވައިގެން ގައުމައްވާގޮތް ބަލާލަބލ. ވަކި ކޮޅަކަށް ބުރަ ނުވެ މީހުން ހައްދާހާ ގޮތަކަށް ނުހެދި އަމިއްލަ ސިކުނޑިން ގައުމު ގެ ކަންކަން ދއލޮލުން ބަލާ ބަލަ
ތިކަމެއްނުވާނެ މުނާފިގު ކަލޭގެ ތިކަން އޮއްބާލާ ހިންދާލާނެ މިހާރު ހުންނާނީ ފިސާރި ލާރިތަޅާލާފަ މިޖާހިލަށް މިހާރު އައުރަޔެއްނޭގޭ ހެވާނުބައި ނޭގޭ މިވަރުގެ ޖާހިލަކު މިހާރު މިގައުމަކުނޫލޭނެ
ނަޝީދު އަށް ދަންނަވަން މި ކަލޭގެ ބޭރުކުރަން. އެމްޑީޕީ އަށް ފައިދާ ނެތް ގެއްލުން ހުރި ބޮލެއް.
ރީމް ގެއްލި މިނިސްޓަރު ކަން ގެއްލި
މީ ކުށެއްނެތި ޖަލުގައި ބަންދުކޮށްފައިވާ ރ.ޔަމީނުގެ ވާހަކަތައް އޮއްބާލައި ރައްޔިތުން ތިރިކުރަން ޖަހާ މަޅިއެއް އެމްޑީޕީގެ ތާއިދުއޮންނާނީ މުނާފިގު އިމްޜާނާއެކު ބަލތި
އޭބަލަ އިމްރާން ކޮބާ ކަރުދާސްތައް