ތިން ރަށެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އދ. ދަނގެއްޗާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ކަމަށެވެ.

އެގޮތުން އދ. ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެރަށު ފަޅުގައި އޮތް ޑިންގީއެއް ބަލައިފާސްކޮށްފައިވާއިރު، އެޑިންގީ ތެރެއިން މަސްތުވާތަކެތި ހުރި 49 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވިދާޅުވީ، ފުވައްމުލަކުގައި މިއަދު ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކުރިއިރު، އެގޭ ގޯތިތެރޭގައި ހުރި ކެޔޮފީންޏެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 10 ރަބަރު ޕެކެޓާއި 60 ކުދި ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެރަށުންވެސް އެއްވެސް މީހަކު މިހާތަނަށް މި މައްސަލަތަކާއި ގުޅިގެން ހައްޔަރު ކޮށްފައެއް ނުވެއެވެ.

އައްޑޫސިޓީ ހުޅުމީދޫގައިވެސް ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގެވެ. މި އޮޕަރޭޝަނުގައި މީދޫގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ހުރި 11 ސެލޯފިންކޮޅާއި 23 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ޖަޒީރާރާއްޖެ ކިހާ ތަފާތު

  2. ޖަޒީރާވަންތަ ދަޅުނުފަޅާ ޖަނަވާރު

    އެޖެންޑާ 19 ތަފާތުވާނެ

  3. ދިގުރަށު މީހާ

    މާމިގިލީގަ ތިކަހަލަ އޮޕަރޭސަނެއް ހިންގާ ބަލަ. ތިޔޭގެ ހާއްޔެއް މާމިގިލިއަކީ.