ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ގާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭގެ) ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭގޮތުން، ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ބޮޑު އަގުގައި ޑޮލަރު ވިއްކަމުން ގެންދާ މައްސަލަ ގާތުން އެމްއެމްއޭ އިން ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަނީ އެކްސްޗޭންޖު ކުރާ ތަންތަން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.

ގަވަރުނަރުގެ ވާހަކަފުޅުގައި ވިދާޅުވީ ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލާގައި ފިޔަވަޅު އެޅުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ފުލުހުންވެސް ހާމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންނާއި ގުޅިގެން ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބްލެކު މާކެޓު ނުވަތަ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ މަނިޓަރީ ރެގިއުލޭޝަންގެ ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. ނަމަވެސް އެކަމަށް މިހާތަނަށް ވަކި ހާއްސަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ދަށުން އެކަން މަނާ ކުރެވިފައެއް ނުވެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ މަނިޓަރީ ރެގިއުލޭޝަންގެ ގަވާއިދުގެ ދަށުން މަނާކަމެއް ނަމަވެސް އެކަން ހުއްޓުވަން އޮތީ ގާނޫނީ ގޮންޖެހުންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އެކަމަށް ހައްލުތަކެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދިދީ

    އިސްލާމީ ތާރީހް ކިޔާދޭ ފޮތެއްގައި ލިޔެފައިވޭ.
    އަމީރުލް މުއުމިނީން އަލީބިން އަބޫތާލިބް ރ.އ. ހިލާފަތުގައި އެއްދުވަހަކު އެކަލޭގެފާނުގެ ބޭބޭފުޅު އަގީލްބިން އަބޫތާލިބް ރ.އ. ވަޑައިގެން ދަންނަވަނީ ތިމަންކަލޭގެފާނަށް ފައިސާކޮޅެއް ދެއްވާށޭ ދަރަންޏެއް އަދާކުރުމަށް، އަލީ ރ.އ. ވިދާޅުވަނީ ތިމަންކަލޭގެފާނުގެ އަތުގައި މިވަގުތު އެއްވެސް ފައިސާއެއްނެތްކަމަށާއި ތިމަންކަލޭގެފާނަށް މަހު މުސާރަ ލިބުނީމައި ބޭބެގެ މުހުތާދު ފިލުވައިދޭނެކަމަށް، އެހެން ނަމަވެސް އަގީލް ރ.އ. އެދުނީ ބައިތުލްމާލުން ފައިސާކޮޅެއް ނަގާފައި އެކަން ހަމަޖައްސައިދެއްވުމަށް. އަލީ ރ.އ. ދަނގަޑު ބުރިއެއްގެނެސް ދޮންކުރުމަށް ފަހު އެކަލޭގެފާނުގެ ބޭބެގާތު މީގައި ހިފާށޭބުނުމުން އަގީލް ހިތްހަމަ ނުޖެހުނީމައި ވިދާޅުވަނީ މިއަދު ބޭބެއަށް މިދޮންދަގަނޑުގައި ހިފާންނުކެރުނީ މީގެ ހޫނުގެ ސަބަބުންނޭ، މިއަދު ބައިތުލްމާގައި ހުރި ރައްޔިތުންގެ ފައިސާއިން ބޭބެގެ މުހުތާދު ފިލުވައިދީފިނަމަ މާދަމާ ނަރަކައިގެ އަލިފާން ދެކެ ތިމަންކަލޭގެފާނު ބިރުވެތިވަމޭ.
    މިކަހަލަ ވެރިން ލިބުނީމައި ޑޮލަރުގެ ކަޅުބާޒާރުވެސް އަދި އެހެން ކަންކަންވެސް ހައްލުވެގެންދާނެ.

    31
    2
  2. ހަނި

    މިގެކު ރިގަވެސް އެމްޑީޕީ ސަ ރުކާ ރު އޮތްއެ ރު ޑޮލަ ރެތްގެ ފަހަތުގާ ޕޮލިހެތް ބަހަޓާވަހަކަދެތްކިމެންނުހޭ ދެެން ފެނުނީ އަގުބޮޑް ކޮލިތަނޭ މިފަ ރުވެސް އެހެންހަދަށެވެ

    22
  3. ތެދު

    ހުސް ފޮނިކަނޑާ ... ބޮންދުން ރޯމާދުވާލު ވިއްކާ ގަނޭ ނެތް ހުއްޓުވާނެ ބަޔެއް

    18
  4. ސޫދު

    އެމްޑީޕީން ކުރިން ވެރިކަން ކުރިއިރުވެސް، ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވަން، ޑޮލަރު ފްލޯޓުކުރާނީއޭ ކިޔާ، ޑޮލަރުގެ އަގުބޮޑުކުރި. މިހާރު ހަމައޭތި ތިހަލުވަނީ. ޑޮލަރަށް އޮންނަ ޑިމާންޑެއް ނުގެއްލޭނެ. ކަލޭމެން ކޮންމެ ފައިސާއެއް ބޭނުން ކުރިޔަސް. މިހާރުވެސް އެކި ބާވަތްތަލިގެ ފައިސާ ބޭނުންކުރާކަށް މަނަލެއްނޫން. މީހުން ގުނބޯ ނުހަލުވާ. ޑޮލަރުވެސް މިހާރު ތި އޮތްވާމު އޮތަދީ.

    17
  5. ޑީޑީ

    ނުވާނެ އަމުދުން މިސަރުކާރަކައްނުވާނެ. ބޮޑުސޯބަކަށް ހައިރާނެއްހުރެގެން ކުދިސޯބުތައްވެސް އެނބުރޭނީ ހައިރާނކަންމަތީގައެއްނު ކޮންމެކަމެއްވެސް ވެނިމުނީމަ ހައިރާންވެއަންތަރީސްވެފަތިބެގެން ކޮނމެވެސް އަނގައެއް އަރުވާނެ ފޮނިކަނޑާ ސަރުކާރު

    17
  6. ރަޙްމާ ޢީސާ ފުޅު/ލަންކާ

    އަޅުގަނޑު ހުންނަނީ ލަންކާގައި 4 ދަރިންނަށް ކިޔަވާދޭން. 750 ޑޮލަރު މަހަކަށް ނެގޭތީ އެއް އިރު ކައިގެން މިހާރު މިއުޅެނީ. ފިރިމީހާ ބުރަ މަސައްކަތް ކޮށްފައި އެކައުންޓަށްލާ ލާރިން މިކޮޅުންނަގަނީ. ޔާމިނު އެއް މިގޮތަށް ރައްޔިތުން ބަނޑަކަށް ނުޖައްސާ، ހަމަގައިމުވެސް. އަންގާ ވެސް ނުލާ ޓަސްލާފަ ޑޮލަރު ބަންދުކޮށްލީ. މާލެ އަގު ބޮޑު ކަމުން މިތަނަށް އައީ. ރާއްޖެތެރޭ މީހުން ދެން 750 ޑޮލަރު ނެގޭ ގޮތަށް ހެދީމާ ދަރިންނަށް ރަންގަޅު ތަޢުލީމެއް ހޯދާދޭނީ ވެސް ކިހިނެތް އަޅެ ؟ އިބޫ އަށް ކޮންކަމެއްތަ ވީ ؟ އިބޫ އަށް ނުވަންޏާ ވަޒީފާ އިން ވަކިވެފަ ގެއަށްދޭބަލަ. މިހާރު އުނދަގުލާ ހަމަވެއްޖެ.

    33
    5
    • ޢަލިބެ

      ޢަދިވެސް ހޮވަފަ ގޮސް ލަންކާގަ އޮވޭ. 😂

  7. ސަގަރު

    ހެހެހެ ސަރުކާރުން ކަޅުފައިސާ އިތުރަށް ޖެހިޖެހީނުން ގައުމުގެ އިގުތިސާދަށް އަސަރުކުރިކަމެއް މިވެރިންނަކަށް ނޭނގުނު އިތުރުފައިސާ ނުޖަހަން ވޯލްޑުބެންކުން އިންޒާރު ދިންއިރު ހިރުވާތަން ކަހާވެސް ނުލާތިބީ މިހާރު ކަހާތަނަށް ރަތްހިނި އެރީމާ ތިޔަތެޅިގަތީ ދެން ނަޝީދު ހެދިހެން ކޮންމެ ޑޮލަރަކަށް ފުލުހެެއް ހޯދާ..

  8. ކޮވިޑުވަގު

    ސޯލިހު އިސްތިއުފާ ދީފަ ރަށަށްދޭ މިހާރުވެސް ސޯލިހުގެ ރަށުމީހަކު ހިޔާލީފުލެެެޓު ވިއްކާ އިންސުޓޯލްމަންޓަށް ފުލެޓުތަށް ވިއްކަމުންދުވަމުން ދަނިކޮށް ފުލުހުން އަތުލައިގަނެފި.

  9. ބޭކާރު

    ތިއީ ސަރުކާރުން ކަންކަން ކުރާގޮތުން ވާގި ލިބި ހިންގާ ކަޅުބާޒާރެއް.
    ބޭންކްގައި ހުރި ޑޮލަރު ކޮޅުން ހަމަ އެކަނި ވިޔާފާރިތަކަށް ޓީޓީ ހަދައިދީބަލަ ބޭންކްރޭޓުން.
    އިސާހިތަކު ކަޅުބާޒާރުގެ އަގުވެއްޓި ތިކަން ނިމިދާނެ.

  10. ގާދިރު

    ފުރަތަމަ މަޖިލިސް އިސްލާހުވާން އެބަޖެހޭ މިމައްސަލާގައި’ މިތަނުގަ ތިބި މަހުޖަނުންގެ ޑޮލަރު މާލެ ތެރޭގަ އަގުބޮޑުކޮށް މިވިއްކަނީ....

  11. ބޭކާރު

    ރާއްޖޭގެ ޑޮލަރުކަޅު ބާޒާރަކީ ނަސީދުގެ ވެރިކަމުގަ ޑޮލަރު އެމްއެމްއޭ އަށް ޖަނާނުކުރުމުން ޑޮލަރު ލިބުން ދަތިވެ ތިޔަގަވަރުނަރުގެ ފިނޭންސްމިނިސްޓަރުކަމުގާ ވިޔަފާރި މުދަލަކަށް ހެދުމުން އުފެދުނު އެއްޗެއް

  12. އަބްދޫ

    ތިޔަ ގާނޫނުގެ ބަދަލުން ދެންވާނެގޮތަކީ އެއްގޮތަކަށްވެސް ޑޮލަރު ގަންނަން ނުލިބުން .ބްލެކް ފިލާވަރަށް ޑޮލަރު ނެރުމުގެ ގާބިލްކަމެއް ގައުމުގަ ނެތް އިރު ތިޔަހޭދެނީ ގޯހަކަށް ވެދާނެ ކަމެެއް

  13. ޑައެލޯގް

    ޔާމީނެއް ތިޔަހާ ސަކަރާތެއްނުޖަހާ ފުލުހެއްވެސް ނުބަހައްޓައެވެ. އެކަމު ޔާމީނުވަނީ ޑޮލަރުގެ އަގު ހަމަމަގަށް އަޅުވައި ކޮންމެފުރާ ދިވެއްސަކަށް 500 ޑޮލަރު ލިބޭގޮތަހަދާފައެވެ.