އޭއެފްސީ ކަޕުގެ އޮފިޝަލް ޕޭޖުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ރައުންޑް އޮފް 32 އިން ރާއްޖޭގެ އަލީ އަޝްފާގް ދަގަނޑޭ ކުރިހޯދައިފިއެވެ.

ރައުންޑް އޮފް 32 ގައި ކުވެއިތުގެ ކްލަބަކަށް ކުޅެމުންދާ ބްރެޒިލްގެ ރޮޖެރީނިއޯ އާއި ވާދަކޮށް އަޝްފާގް ކުރިހޯދީ ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓާއެކުގައެވެ. ކުވެއިތުގެ ގަދްސިއާ ސްޕޯޓްސް ކްލަބާއި ދެކޮޅަށް އެގައުމުގެ ކުވެއިތް އެފްސީއަށް ކުޅެމުންދާ ރޮޖެރީނިއޯ ކާމިޔާބުކޮށްދިން ލަނޑާ ވާދަކުރީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ އަޝްފާގް އެޓީމުން އިންޑޮނީޝިއާގެ ޕާސިބޯ އާއި ދެކޮޅަށް ކުޅެ 0-7 އިން މޮޅުވި މެޗުގައި ޖަހައިދިން ރީތި ސޯލޯ ގޯލެވެ.

Ashfaq's Goal nominated for bracket challenge

މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ 54 އިންސައްތަ ވޯޓާއި އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދާފައެވެ.

މިހާރުކުރިއަށްދާ ބްރެކެޓް ޗެލެންޖްގައި ޖުމްލަ 32 ކުޅުންތެރިއަކު ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ދެންއޮތް ރައުންޑް އޮފް 16 އަށް ކޮލިފައިވާނީ މި ނިމުނު ރައުންޑުން ކުރިހޯދާ 16 ކުޅުންތެރިންނެވެ.

ރައުންޑް އޮފް 16 ގައި އަޝްފާގް ކުރިމަތިލާނީ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ސޮހޭލް ރާނާ އާއިއެވެ. ސޮހޭލް ރައުންޑް އޮފް 16 އަށް ކޮލިފައިވީ ރައުންޑް އޮފް 32 ގައި ސިންގަޕޫރުގެ ހޯމް ޔުނައިޓެޑަށް ކުޅެމުން އަންނަ ހައިރުލް ނިޒާމްއާއި ވާދަކޮށް ވޯޓުލީ މީހުންގެ 80 އިންސައްތަ ވޯޓު ކާމިޔާބުކޮށްގެނެވެ.

އަޝްފާގާއި ރޮޖެރީނިއޯގެ ކުރިމަތިލުމަކީ މި ޗެލެންޖްގައި އެންމެ ބޮޑު ފަރަގަކުން ކުޅުންތެރިއަކު ކުރިހޯދި ކުރިމަތިލުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނި

    ދެ ރައި ފުޓްބޯޅަގެ އެންމެކަމިޔާބުޓީމް އެންމެ ސަޕޯޓަ ރުންް ގިނަޓީމް އެންމެ ދުވަސް ވިޓީމް ބައިނަލްއަގްމިގޮތުން އެންމެ ކަމިޔާބްޓީމް އިޓަނޭސަލް މުބަ ރާތަކުންް އެންމެ ކާމިޔާބު ހޮދިން ޓީމް ނިޔު ރެޑިއެންޓް ސަސްޕެޑްކު ރިމާ ވަ ރަށް ދެ ރަ ފުޓުބޯޅަގެ ފޮ ރިހިގަޖެ ދަޑްފަޅުވެޖެ ފުޓްބޯޅަމަތިންް ފުހިވެޖެ

    14
    3
  2. ޝަޒާ

    މަރުޙަބާ ދަގޭ..