ފުވައްމުލައް ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަަށު ހޮސްޕިޓަލުން ބުުނީ، އެރަށުގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ދޫކޮށްލުމުގެ ކުރިން، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އިއްޔެ ސުންކު ނެގި ބަންގްޅާދޭޝްގެ 37 އަހަރުގެ ރައްޔިތަކު، ކޮވިޑް-19 އަށް ފައްސިވެފައިވާ ކަަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ މީހާގެ ހާލު ރަގަޅު ކަމަށާއި، އޭނާގެ ގައިން ބަލީގެ އަލާމަތްތައް ފެންނަން ނެތް ކަމަށެވެ،

އަދި އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިނގްހަދާ ޑިރެކްޓް ކޮންޓެކްޓްއެއް ނެތްކަންވަނީ ފާހަގަ ކުރެވިފައެވެ.

މިހާރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ ތިނެކެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.

މި އެންމެންނަކީވެސް މާލެއިން އައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުންދިޔަ މީހުން ކަމަށް އެރަށު ހޮސްޕިޓަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު