ރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑު ކުޑަ ކުރުމަށްޓަކައި މުދާ އެތެރެ ކުރުމަށް ޑޮލަރު ނޫން ފައިސާ އެއް ބޭނުން ކުރަން ފަށަން ވިސްނަމުން ގެންދާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑު ދަށް ކުރުމަށް އެ އިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރިވެރިން އެންމެ ބޮޑަށް ވިޔަފާރި ކުރާ ގައުމުތަކުގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަލީ ހާޝިމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރަނީ އިންޑިއާ އަދި ޗައިނާ އިންނެވެ. އެހެންކަމުން އެ ދެ ގައުމުގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ ޑޮލަރުގެ ޑިމާންޑު ދަށް ކުރުމަށް އެހެން ގައުމުތަކުންވެސް އެކި ގައުމުތަކުގެ ފައިސާ އެކި ކަންކަމުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެއީ އަލަށް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ރާއްޖޭގެ ފައިސާ ބޭނުން ކޮށްގެން އެހެން ގައުމެއްގައި ހުންނަ މުދަލެއް ހޯދޭނެ މެކޭނިޒަމް އެއް ގާއިމްވެފައި އޮތް ކަމަށްވާ ނަމަ ރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވިޔަފާރިވެރިން މުދާ ގަތުމަށްޓަކައި ޑޮލަރު ގަތުމަށް ހޭދަ ކުރަންޖެހޭ ފައިސާ އިތުރުވެގެން ދިޔައެވެ. އެކަން އެގޮތަށް ހިނގަން ފެށީ ޑޮލަރު ލިބެން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މުހުންމާ

    މީސްތަކުންނޭ ވިސްނާ މިތިބީ ބޮޑު މައްކާރުން އަނެއް މަކަރުވެރި ރޭވުން ރާވައިގެން ނިކުމެފައި. ބަލަ މިއަދާއިޖެހެންދެން މިރާއްޖެއަށް ބޭނުންވާ މުދާވެސް އެތެރެ އެބަކުރޭ، ޑޮލަރުވެސްލިބޭ، ކަލޭމެން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޑޮލަރެއްނެތް މަހެއް ނުބޭނޭ އެމެއްނުދެމޭ. ބޭބޭ ކިހިނެއް މިވަނީ. ހިންގަން ނޭގެނީތަ ނޫނީ ތިބެގެން ހަމަ މަޅަނީތަ.
    މިހާރު ދެން ތިއުޅެނީ ސްޓޭޓްބޭންކް އޮފް އިންޑިޔާ މެދުވެރިކޮށް އިންޑިޔާފައިސާއިން ވިޔަފާރި ކުރެވޭނެގޮތް ހަދަން. ދެން އެމްއެއްއޭއިން ބޭންކްތަކުން ވިޔަފާރިވެރިންނަށް ޑޮރަލު ނުދީ ތާށިކޮށްލީމައި ހުރިހާ އެންމެވެސް ޖެހޭނީ އިންޑިޔާއިން ވިޔަފާރިކުރަން، އެސްބީއައިމެދުވެރިކޮށް ފައިސާގެ ކަންކަން އިންޑިއަން ރުޕީސް އިން ހަމަޖެހޭނެތާ.
    މިއޮތީ ބޮޑު ގެރީގެ ނުހޮރުއްޕާނު ލައިގެންފައި.

    55
    1
    • ޕުތުރީ

      ޙަމަ އެންވެ ރިކަން ދަށީ. ބަ ރަކާތެއްނެތީ

  2. ކޮވިޑް

    މައިކަލާކޯ ހަމަ އިންޑިޔާ ނޫން ގޮތެއް މި ގައުމުގެ ސަރުކާރަށް ނެތީ ތޯ؟މިވަރު ވީމަ އިންޑިޔާ އައުޓް ކިޔާނެ ދޯ މީހުން.....

    52
  3. ޒާ

    ތިކަން އަދިކިރިޔާ އެމްއެމްއޭއަށް ވިސްނުނަސް ތީ މީގެ އެތައް އަހަރެއްކުރިންވެސް ފާޅުކުރެވިފައިވާ ޚިޔާލެއް. ޑޮލަރަށް އޮތް ޑިމާންޑު ކުޑަކުރުމަށް އެޅިދާނެ އެތައްފިޔަވަޅުތަކެއް އެބަހުރި. އެކަންކަން ވިޔަނުދެނީ ރިސޯޓް އޯނަރުން ޑޮލަރު ވިއްކައިގެން ހޯދާފައިދާ ކުޑަވެދާނެތީ.

    11
    6
  4. މާމީ

    އިންޑިއާގެ އަވަށަކައް ވީމަ އިންޑިއާ ފައިސާ ބޭނުން ކުރެވެން ޖެހޭނެ މަކަރުވެރި ރޭވުން މިއޮއްދަނީ...

    50
  5. ކޮރޯނާ

    ލޮލް
    ތި ކުރަން އުޅޭ ކަންތަށް ނޭންގޭ މީހަކު ނެތް.
    ތި އުޅެނީ އިންޑިޔާ ގެ ކަރަންސީ މިތަނަށް ނުގެނެވިގެން. އިންޑިޔާ ރުޕީސް އަށް ދިވެހި ފައިސާ ބަދަލުކޮށް މޮޔަވާން

    31
  6. ބޯޖަލީލު

    ސާބަސް އިންޑިޔާ މުށުތެރެޔަށް މިގައުމު ނުޅެވިގެން ހަމަ ތެޅިބާލަނީދޯ

    30
  7. ރިސަޗަރ

    ގަމާރު ސަރުކަރުގެ ތަޖުރިބާ ނެތް ކަން މިފަދަ ކަންތައްތަކުން އެގިގެންދަނީ. އެހެން އެކަންވާނަމަ ވޯލްޑް ލީޑިން ކަރަންސީ އަކަށް ޑޮލަރު ނުވާނެ. އިންޓަރނޭޝަނަލް ފޮރިން އިންވެސްޓްމަންޓް އަދި ފޮރިން ޕަރޗޭސްގައި ގައުމުތަކުން ޑޮލަރުން މުއަމަލާތްކުރަން ޖެހެނީ. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދުނިޔެއަށް ކުރިމަތިވާނެކަން ކުރައިިސިސް އެއް. މުޅި ދުނިޔެގެ އިގްތިސޯދަށް ް އެކަމުގެ އަސަރުކުރާވަރުގެ. އެއީ ވޯޑްވެއަރ ތްރީ ވިޔަސް ނުވަތަ އެހެން ކުރައިސިސަކަށް. ދުރު ނޫން މުސްތަގުބަލެއްގައި ވެއަރ ކުރައިސިސްްަކަށް ދިއުން ވަރަށް ގާތް. އަބަދަކު ދުނިޔެ ނޯންނާނެ މި ގޮތަށް ޕީސްކޮށް. އެފަދަ ހާލަތެއްގައި އިންޕޯޓް ހުއްޓި ރައްޖެ ފަދަ 99% އިންޕޯޓަށް ބަރޯސާ ވާ ގައުމުތައް އިދަޖެހި ބަޑަށް މަރުވާނެ. މިފަދަ ހާލަތަކުން އަރައިގަނެވޭނީ އެގްރިކަލްޗަރ އަށް ބަރޯސާވެގެން އެއްވެސް ހާލެއްގައި ރަންބިސް އަޅާ ކުކުޅަށް ރިސޯޓްތައް ހަދައިގެން ނޫން. ކުޑަވަގުތު ކޮޅަކަށް މިލިޔަން ޑޮލަރު ލިބުނަސް ބަޑަށް ޖެހޭއިރު މަރަށް ތެޅޭނީ އެއްކަލަ މިލިޔން ދޮލަރު ހުއްޓަސް އިންޕޯޓެއް ކުރަނެ ގޮތެއް ނޯންނަނެ. ސަސްޓައިނަަބަލް އެގްރިކަލްޗަރ ަށް ބަދަލުކޮށްގެން. ރައްޖޭގެ ކޮންމެ ފަލުރަށެއްގައިވެސް ތަފާތު އެކި ފަމްތައް ހަދަާ ހައިޑްރޮޕޮނިކް ސިސްޓަމްގެ 4 ފުލޯގެ އިމަރަތް އަތުރަލައި ކެބެޖް ފަދަ ތަކެތި ހެއްދުން. ޗައިނާ ފަދަ ގައުމުތަކުގައި ވެސް އެކަހަލަ ތަރުކާރީ ހައްދަނީ އިމާރާތް ތަކުގައި ހައިޑްރޮޕޮނިކް ސިސްޓަމް ގައިމޮށްފައިވާ 5 ފުލޯ އިމާރާތަކުގައި. ނަމަވެސް ރައްޖެގައި ބިން އެބައޮތް އަދި އެކި ރަށްތަކުގައި ގެރިބަކަރި ކުކުޅު އަލާކުރުން މުހިންމު. މިނޫން ގޮތެއް ރައްޖެއަކަށް ނެތް ސަލަމަތެއް. މިދުވަސް އަންނާނެ. އެރުން ރައްޖެއަންނަނެ ގެސްޓެއް ނުހުންނާނެ ކާނެ ކާއެތި ކޮޅު އިމްޕޯޓް ނުކުރެވި ބަޑަށް މަރުވާނީ. ރަންބިސް އަޅާ ކުކުޅުގެ ރަންޒަމަން ދިޔައީ މަޒިވެގެން. ވޯލްޑް ކުރައިިސިސް އެއް އަންނަނެ ކޮންމެ ވެސް ހިސާބަކުން 99 ޕަސެޓް އެކަން ދުނިޔެގެ ޖީ 10 ގައުމުތަކުންވެސް ގަބުލުކުރޭ.

    23
  8. ޙަހަހަހ

    ކުރަންތިއުޅޭ ކަމެއް އަހަރުންނަށް އެނގޭ. ގެރިމޯޑީގެ ރުފިޔާ މިގައުމުގަ ބޭނުންކުރަން ބަޖުބޫރުކުރުވަން ވެގެން. މިގައްދާރުން ހީކުރަނީ މިމީހުން ހިންގާ ޖަރީމާ ރައްޔިތުންނަށް ނޭނގޭނެ ކަމަށް.

    26
  9. ސުންކު

    މޮޔަނުގޮވާ ޑޮލަރުގެ ޑިމާންޑު ބޮޑުވީ ކަލޭމެންގެ ސަރުކާރުން އިތުރަށް ނުތަކާވަރަށް ފައިސާޗާޕުކޮށްގެން ގައުމުގައި ގެންގުޅޭތީ ތަޖުރިބާހުރި ފަރާތްތަކުން މިކަމަކީ ނުރަށްކާތެރި ކަމެކޭ ގޮވަގޮވާ އޮށްވާ ދެން މިހާރު ޑޮލަރާ އަޅައިގަނެގެން ނޫޅުނިއްޔާ ބުއްދިވެރި ބޯނެބޮނޑި ތިއޮތީ ބޮވިފަ.

    24
  10. މާމީ

    އެއާރޕޯޓު ވިއްކާލި މޭސްތިރީ މިހާރު އިންޑިއާގެ ގުއިފޮހޭ ކަރުދާސް ގޮތައް ގެންގުޅޭ އެއްޗަކާ ދިވެހި ރުފިޔާ އެއްވަރު ކުރަން އުޅެނީ

    30
  11. ތޮރާ

    މުދާ އެތެރެކުރުމަށް ޑޮލަރ ނޫން އެހެނިހެން ފައިސާ އަކީ އިންޑިޔާ ރުޕީސް ތޯ ވަރަށް ސަޅި

    27
    1
  12. ޜުޕީސް

    މިހާރު ކޮންމެ ދިވެއްސަކަކަށް އިގޭނެ މި ޕުލޭން ގެ އެކްޝަންތައް.މި ރާއްޖޭގެ ފައިސާ ދުއްވާލާ އިންޑިއަން ރުޕީސް ގެ ކުރިމަގު .ދިވެހިން ވިސްނާ

  13. ޑަރޭ

    ދައްކާކަށް އާވާހަކައެއްނެތް. ﷲ ދިވެހިންނާ ދިވެހިންގެ މިގައުމު ގައްދާރުންގެ ކިބައިން ސަލާމަތް ކޮށްދެއްވާށި. އާމީން.

  14. ދުންތަރި

    ދެން ބޭރުން މުދާ އެތެރެކުރަން ޑޮލަރުގެ ބަދަލުގަ ރަށްވެހިފަތިސް ކުރެހުންޖަހާފަވާ ކަރުާސްކަންނޭނގެ ބޭނުންކުރާނީ މިވަރުގެ ނުބައި ބަޔަކު ޤައުމެއްގެ ވެރިކަމަށް އައީމަ ޤައުމަށްވާނެ ހުރިހާ ގެއްލުމެއް މިވަނީ ޤައުމު ހަލާކުވެ ނިމިއްޖެ

  15. ބޯކިބާ

    އިންޑިއާމީހަކާނޫނީ ނީނދެވޭގޮތަށް ގާނޫނު ހަދާތަން ދެން ފެންނާނީ.

  16. ޅުހާއިން

    ހަމަ ވެރިކަމަށް އަންނަ ކޮންމެފަހަރަކު ޑޮލަރަށް ތިހަދާއެއްޗެއް ނިކަން ބުނެދީބަލަ

    11
    1
  17. ފައްޔާޒު

    ތިކަމައް އެތްމެ ރަނގަޅު ފައިސާއަކައް ދެންހުންނާނީ ކެނެރީގޭ ނަސީދުގެ ބޮޑުކަމުދާ ތަކެއްޗާ ގެރިގޫއީ.