ހަޑިހުތުރު އެއްޗިހި ކިޔާފައިވާ މައްސަލައެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ދައުވާ ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދުރޭގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަނީ ހަޑި ހުތުރު އެއްޗެހި ކިޔުމާއި ހަޑީ ހުތުރު ބަސް ބޭނުން ކުރި ކަމަށް ބުނެއެވެ.

ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާ ބުނާ ގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުމަކީ ކުށެކެވެ. އެކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަދުވަހުގެ ޖަލު ޙުކުމެކެވެ. ޙުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

މީގެ ކުރިން ރާއްޖޭގައި ހަޑި ހުތުރު އެއްޗެހި ކިޔުމުން މީހެއްގެ މައްޗަށް ދައުވާ ކުރިކަން އެނގިފައެއް ނުވެއެވެ. އަދުރޭގެ މައްޗަށް މިދައުވާ އުފުލިއިރު އޭނާ އަކީ މިހާރު އިދިކޮޅު ލީޑަރުގެ ޒިންމާ އަދާކުރަމުން ގެންދާ ބޭފުޅާއެވެ. އަދުރޭ އަކީ އިދިކޮޅު ޕީއެންސީގެ ރައީސްއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން އިދިކޮޅު ހަރަކާތްތައް ލީޑް ކުރައްވަމުން ގެންދަވަނީ އަދުރޭ އެވެ.

އަދުރޭގެ މައްސަލަ ޕީޖީން ކޯޓަށް ފޮނުވުމުން އޭނާ ވަނީ ކޮންމެ ދައުވާއެއް ކުރިނަމަވެސް ސަރުކާރުން ކުރަމުން އަންނަ ވިޔާނުދާ ކަންކަން ހާމަކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުދިމު

    ކޮބާ ކެތެއްނުކުރެވުނު ޕީ.ޖީ އަމިއްލަޔައް ތިޔަފޭހާ އިލޮށި އަމިއްލަ ލޮލައް ހެރެންފެށުމުން ދިލަނަގައިގެން ތަދުވާތި ނޫޅޭތި ކުރީސަރުކާރުގެ އިސްވެރިންނައް ކަލޭމެންނުކިޔާ ހުތުއެއްޗެއް އޮއްނާނެ؟ އަބުރުގެ ގާނޫނު އުވާލައިގެން ކެތެއް ނުކުރެވުނު.

    95
    4
  2. ޒާ

    ދެންމީ ބޮޑުވަރު. ބަލަ އެމްޑީޕީ މީހުން އިދިކޮޅުގާތިބިއިރު ގޮވީ ތަސްބީހަކިޔާ ބަސްތައްތޯ. ޖޭވިޔަސް ބޮޑު. މިސަރުކާރަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތިގެން އުޅޭހެންހީވަނީ.

    95
    4
  3. މުދިމު

    ކޮބާ ކެތެއްނުކުރެވުނު ޕީ.ޖީ އަމިއްލަޔައް ތިޔަފޭހާ އިލޮށި އަމިއްލަ ލޮލައް ހެރެންފެށުމުން ދިލަނަގައިގެން ތަދުވާތި ނޫޅޭތި ކުރީސަރުކާރުގެ އިސްވެރިންނައް ކަލޭމެންނުކިޔާ ހުތުއެއްޗެއް އޮއްނާނެ؟ އަބުރުގެ ގާނޫނު އުވާލައިގެން ކެތެއް ނުކުރެވުނު. އަރެންވެސް މީގެފަހުން އިމްރާނައް ކިޔާނީ މުނާފިގު އިމްރާނު. އަދި ސާހިދުއައް ކިޔާނީ ވަގުކާޕެޓް. އިބޫއައް ކިޔާނީ ކޮވިޑްވަގު ނަސީދުއައް ކިޔާނީ ލާދީނީ ނަސީދު ދެންހުރީ އެމް.ޑީ.އެމް ހަމީދު މިއީ މިމިސްމީހުންގެ ލަގަބު

    67
    3
  4. ސޭކްސްތާނ7

    އިދިކޮޅު އެންމެން މަރަންވީނު. ނޫނޭ ނުބައި ނުލަފާ ހަރާމްޒާދާތަކެއް މި ނޫނިއްޔާ އަދި ނުދެކެން. ހެޔޮނުވާނެ މިވަރުކުރަން. ޕީޖީވެސް މިހާރު ބަތްކައްކާ ކުޅޭތަން ފެންނަނީ. ގައުމެއް ނެތް..

    76
    4
    • ލޮލްލޮލް

      ލަދު އެބަހުރިތަ...ނޫނީ ހަނދާން...

  5. ހަނި

    މިސަ ރުކާ ރާ އެދިކޮޅު އެންމެންނާދަވަކޮށްބަލަ މިހި ރިވަ ޕިޖިއެތް

    73
    3
  6. މަރުމޯލް

    މިގައުމެއްނެތް ރަށުން މީދަލެއް މެރިޔަސް ދައުވާކުރާ ސަރުކާރެއް މިއޮތީ އައިސްފަ.

  7. މިއަދު

    ހަޖަމެއްނުވި 25 އަހަރަށް އަދުރޭއަށް ހުކުމް އަންނަގޮތަށް އަވަހަށް ޤާނުބަދަލުކޮއްލާ އެހިސާބުން އިދިކޮޅުން ލީޑްކުރަން މަށާއި މަގޭ 5 ދަރިން ނުކުންނާނަން އިންޝާﷲ މިފަހަރު ރަގަޅަށް ސަރުކާރު އަތަށްގޮއްވާލާނަން

    1
    1
  8. ދުންތަރި

    ދައުލަތުގެ މުއައްސަސާތައް ސިޔާސީވިޔަސް ތީ ބޮޑުވަރު މިހާރު ސަރުކާރު ހިންގަންތިބި މަޖިލިސްމެމްބަރުންނާ ޖުޑިސަރީ ހަލުވަންތިބި ބޭފުޅުންނާ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނާ ދައުލަތުގެ އިސް މަޤާމުތަކުގަ ތިބި ބޭފުޅުން ފަނޑިޔާރުގެއޭ ފަނޑިޔާރުންނޭ ިޔާފަ ނުކިޔަނީ ކޮން އެއްޗެސް ނުދައްކަނީ ކޮން ވާހަކައެއް؟ ފަނޑިޔާރުގޭގެ ނަމުގައި ފޯރަމްބާއްވައި ނޫސްތަކުގަލިޔެ ނުކުރާކަމެއްނެތް އެކަމަކު އެކަން ނުވި ކުށަކަށް ވަކިމީހަކު ކުރީމަ ކުށަކަށްވެފަ މީ އިސްސާފު އެންމެނަށްލިބެނީތަ؟ ވަކިބަޔަކު ވެރިކަމުގެ ޚިޔާނާތްވެ ދައުލަތުގެ މުދަލަށް ގެއްލުންދީ ހުޅުޖަހާ ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފު އެތައްކަމެއްކޮށްއެކަން އެންމެނަށް އެނގޭ އިރު އެ ނުވޭ ކުށަކަށް ވަކި ސަރުކާރެއްގަ ހިންގި ޢަމަލު ކުށަވެރިވަނީ ސާބަހޭ ތިޔައީ ހަމަ ޙައްޤުވާ މިންވަރު ހޯދާދެވޭނެ ސަރުކާރެއް އިންސާފު ޤާއިމުކުރެވޭނެ ސަރުކާރެއް ތިޔަހާވަރަށް އިންސާފުވެރިވާނީ ސަދޫމަށްވުރެ އެތަށްގުނައެއް އިންސާފުވެރި ހުރިހާ ފަނޑިޔާރުންތިބީ ހިސާނުގެ އަންބޮނޑިއަށްލާފަ އެންމެނަށް ބިރުދައްކާފަ

  9. ކަނަމަނަ

    މިހާރުޕީޖީއަކައްތިހުރީ ކުދިގަޅުތަޅާ ބޭރުކުރަންހެހޭމީހެއް

    25
    1
  10. މަހާ

    މިހާރު ދެން ރައްޔިތުން މަގުމައްޗަށް ނުކުމެ މިސަރުކާރު ވައްޓާލުން ނޫންގޮތެއް ނެތް.

    3
    1
  11. ރަނާ

    ދަޢުވާ ކުރަންޖެހޭވަރުގެ ހަޑި ހުތުރު އެއްޗެއް އަދުރޭއެއް ނުކިޔާ

    2
    2
  12. ޓަގޭ

    ޓިކަހަލަ މީހުން ލީޑަ ރުންނައް ލީމަ ވާނީ ތިހެން..

    2
    1
  13. ޑައެލޯގް

    ހަޑިހުތުރުއެއްޗެތި އެންމެގިނައިން ކިޔާފަހުރީ އަންނިއެވެ. އަދި ހަޑިހުތުރު އެއްޗިއްސަވުރެ މާނުބައިވާހަކަވެސް ދައްކާފަހުރީ އަންނިއެވެ. އަންނިބުނި " ތަޅާނެކުދިންހޯދައިގެން ފުލުންގައިގާ ތަޅަން" " ﷲއަށް ދުވާކުރުމަށްވުރެ އެހެންގޮތެއްހޯދުން" " ބޮވެންޖެހޭނެ" މިއީ މާނުރައްކާވާހަކައެވެ.

  14. ގާތުއަލީ

    ރައްޔިތުންނަށް އަސާސީ ކަންކަން ފޯރުކޮށްދޭން ހުރި ފައިސާ ގަނޑު ލޫޓުވައިގެން ރެހެންދި 2 ފްލެޓާ މެލޭސިއާއިން 2 ގެއާ 4 ފްލެޓާ ، ގުޅީގަ އޮތް 5 މިލިއަން ރުފިޔާގެ މަސްދޯންޏާ އެއްޗެހި ގަތް މައްސަލަ ބަލާކަށް ދައުވާ ކުރާކަށް ޕީޖީއަކަށް ނޭންގުނު. ގައިމު އެލާރި ނުކައި ހުރިނަމަ ރަށުގެ ސިއްހީ މަރުކަޒުން އިތުރު ހިދުމަތްތަކެއް ލިބޭނެގޮތްވެ ކާށިދޫ ބަލިމީހާ ކުޅުދުއްފުއްޓަށް ގެންދަން ޙަރަދުކުރަން ނުޖެހިވީސް.
    ރައްޔިތުންވެސް އަމިއްލަ ތަންތަނަށް ދެން ފައިން އަރާ ފިތާނުލާނެކަމަށް އުއްމީދުކުރަން

    3
    1
  15. މުރާދު

    ބުނެއުޅޭ މައުނައޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ ރުހުމުގެލޮލަކަށް އައިބެއްނުފެންނާނޭ ވީމާ،
    ކަމެއްއިސްލާހުކުރުމަށް ބުނެވޭ ބަހެއްގެ ނުބައިމާނަ ނެގިދާނެ ވީމާ، ނުރުހޭލޯތަަކަށް އައިބުފެނި
    ބާރުއޮތީމަ ކޮންމެގޮތެއްވެސް ހެދިދާނެ ނަމަވެސް ވިސްނަންވީ މިނޫންދުވަހެއްވާނެކަން އެދުވަހުން
    ހައްގަށްނަސުރު ލިބޭނެކަން ''ބޮވޭނޭ ބޮވެންހުންނަންޖެހޭނޭ 24 ގަޑީއިރުހަމަތިބޭނެކަން ބަލާކަން
    ނުވާނޭ މިއީ ކޮންކަހަލަބަހެއްތޯ؟ މިހެންބުނިފަރާތަށް ފިޔަވަޅުނޭޅުއްވީ ކީއްވެތޯ އަަހަރެންމީ 24ގަޑީއިރު ހަމައިގަ ހުންނަންބޭނުވާމީހެއް އަދި ހަމައިންނެއްޓޭ ( މަސްތުވާތަކެތި ) ހަމައިން
    ނެއްޓޭތަކެތި ބޭނުންކުރާފަތެއްދެކެ ރުޅިއަންނަ،ނަފުރަތުކުރާ މީހެއް ނަމަވެސް 24 ގަޑީއިރު
    ހަމައިގަނުތިބޭނެކަން ބަލަންޖެހޭ ފަރާތްތަކުގެތެރޭގައި އަހަރެންވެސް ހިމެނިދާނެތީ މިހެންބުނުއްވި ފަރާތަކަށް މަައާފެއްނުކުރާނަން