އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހްމަދު ފަޔާޒް ހަސަން ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލައިފިއެވެ.

ފަޔާޒް ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލީ ފްރާންސްގައި ކީރީތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫން ކުރަހައި ފްރާންސް ސަރުކާރުގެ އިމާރާތްތަކުގައި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫންތައް ހަރުކޮށް ފްރާންސްގެ ރައީސް ރައީސް އެމަނުއެލް މެކްރޯން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅުގެން ފްރާންސްގެ އުފެއްދުންތައް ވަރަށް ގިނަ މުސްލިމުން ބޮއިކޮޓް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އިސްލާމީ ބައެއް ގައުމުތަކުގެ ވެރިން ވެސް ގެންދަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ފަޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން އޭނާ ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. "އޭގެތެރޭގައި ކާބޯތަކެއްޗާއި ސެންޓް ހިމެނޭ." ފަޔާޒް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް 2015 ވަނަ އަހަރު ފްރާންސްގެ ނޫހެއްގައި ކުރެހި ކާޓޫންތައް މިއަހަރު އަލުން އަނެއްކާވެސް އެނޫހުން ޝާއިއު ކުރުމާއި އެކު ފްރާންސްގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. މެކްރޯން ވަނީ ކީރިތި ރަސޫލާގެ ކާޓޫންތައް ކުރެހުމަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއު ކުރުމަށް ފްރާންސް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފްރާންސް ސަރުކާރު ދެމިއޮންނާނެ." އެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް ކުރެހި ކާޓޫންތައް ދަރިވަރުންނަށް ދެއްކި ފްރާންސް ޓީޗަރެއްގެ ކަރު ބުރިކޮށްލާ ދާދިފަހުން އޭނާ މަރާލާފައި ވެއެވެ. އެ ޓީޗަރަށް ފްރާންސް ސަރުކާރުން ވަނީ އެގައުމުގެ އެންމެ މަތީ އެއްޝަރަފް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޞާރި

  ތާއީ ދު ކުރަން

  32
  3
 2. ގުއިދުރު

  ނަޝީދު ޖަހާނީ ތިޔަމައްސަލާގަވެސް އަތް

  19
  2
 3. Anonymous

  ވަރައް ބަރާބަރު. އަޅުގަނޑުމެންވެސް ހުއްޓާލައިފިން

  28
  2
 4. ޣަނީ

  ނަމޫނާ ދައްކަވައިފި.ﷲ ތިބާއަށް ދީނުގައި ސާބިތުކަންދެއްވާ ހެޔޮރަޙުމަތް ލައްވާށި..އާމީން.

 5. ހުޅުމާލެ

  ތި ކަހަލަ ރައީސުން ވިދާޅުވީ އޭ ވެސް ކިޔާނެކަމެއްނެތް. ސީދާ ބުނީ އޭ ލިޔަން ޖެހޭނީ. މާތް ކޮށް ހިތާނެކަމެއް ނެތް.

  1
  2
 6. Ainth

  # ބޮއިކޮޓް ފްރާންސް

 7. ނަޖްވާ

  މީނައަކީވެސް މަހީކުރީ ވަރަށް އެއްޗެހި ކިޔަވަިއގެން ހުރި މީހެއް ކަމަށް! އެއްވެސް ބައެއްގެ ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ރަނގަޅު ކަމެއް ނޫން! އެކަމަކު، ކަންކަމުގެ ހަޤީޤަތް ހާމަ ކޮށް ސައިންޓިފިކުގޮތުން ވާހަކަ ދެކެވެންވާނެ!

 8. ސސ

  އީ ސީ ގަ ހުރެގެން ވިޔަފާރި ކުރީ ދޯ

 9. Anonymous

  މިބޭފުޅާ ގެ ހިތްވަރަށް ސާބަސް ހަމަ.
  މިވަރުވެސް މިސަރުކާރަށް ނުވި. އިސްތިއުފާ