ރާއްޖޭގެ މަޝްހޫރު ރެސްޓޯރެންޓަކުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކޮށްފިއެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކޮށްފައި ވަނީ މާލޭގައި ހުންނަ ސްޓީކް އެންޑް ކޮފީ ބާ އިންނެވެ.

އެ ރެސްޓޯރެންޓުގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އިސްލާމް ދީނާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސް މެކްރޯން ދެއްކެވި ވާހަކަތަކަށް މާފު ނުކުރައްވަނީސް ފްރާންސުގައި އުފައްދާ އެއްވެސް އިންގްރީޑިއެންޓެއް އެ ރެސްޓޯރެންޓުން ބޭނުން ނުކުރާނެ ކަމަށެވެ.

ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންދަނީ އެ ގައުމުގެ ރައީސް މެކްރޯން އިސްލާމް ދީނާ މެދު މީހުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާތީއެވެ. އަދި އޭނާ ވިދާލުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. އޭނާގެ ވާހަކަތައް މިފަދަ ގޮތަކަށް ހުރުމާއި ގުޅިގެން މުސްލިމް ގައުމުތަކުން ވަނީ އެ ގައުމއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އޭނާގެ ވާހަކަތައް ކުށްވެރިކޮށްފައެވެ.

ފްރާންސުގެ ނޫހަކުން ވަނީ ދާދި ފަހުން ކީރިތި ރަސޫލާގެ ކާޓޫނެއް ޝާއިއުކޮށްފައެވެ. މީގެ ކުރިންވެސް އެ ނޫހުން ރަސޫލާގެ ކާޓޫނެއް ޝާއިއު ކޮށްގެން އިސްލާމީ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އޭރު ވެސް އެ ގައުމާ ދެކޮޅަށް ދުނިޔޭގެ މުސްލިމް ގައުމުތަކުން މުޒާހަރާކޮށް އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އަޑު އުފުލާފައި ވެއެވެ.

ފްރާންސާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމަކީ ތުރުކީއެވެ. އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ފްރާންސުގެ ރައީސްގެ ސިކުނޑި ހަމަޖެހޭތޯވެސް ސުވާލު ކޮށްފައެވެ. އަދި މެކްރޯން ސިކުނޑިއަށް ފަރުވާ ހޯއްދެވުމަށްވެސް އުރުދުޢާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސިޒޫ

    އަލްހަމްދު ﷲ

    30
    1
  2. ޣަނީ

    ބަރާބަރު..ﷲ ތިބާގެ ވިޔަފާރީގައި ބަރަކާތް ލައްވާށި..އާމީން.

    34
    1
  3. ހަނި

    މަވެސް ފު ރާންސްގެ އުފެއްދުންބެނުންނުކު ރަނަ އެ ރަސުހުޓާ

    14
    1
  4. Anonymous

    ހެޔޮރަހްމަތް ލައްވަވާށި. އާމީން. ފްރާންސްގެ އުފެއްދުން ބޭނުން ކުރުން ހުއްޓާލައިފިން.

    23
    1
  5. ހުސޭނު

    މާލެ ދެވުނުހާ އަވަހަކަށް ތިޔަ ރެސްޓޯރެންޓަށް މީލަކަށް ދާންއެބަ ވިސްނަން

    15
    1
  6. ބަރާބަރު

    ތި ވިޔަފާރީގައި ބަރަކާތް ލައްވާށި. އާމީން.
    ލެކިއުޓް ފިހާރައކީ ފްރާންސް ގެ ސެންޓް ވިއްކާ ފިހާރައެއް ކަމަށް އަޑު އިވިފައިވޭ. ލެކިއުޓް އަދި އެހެންތަން ތަނުންވެސް ފްރާންސް ޕްރޮޑަކްޓް ތައް ބޮއިކޮޓް ކުރަންވީ. ބޮއިކޮޓް ނުކުރަނީ ނަމަ އެފަދަ ފިހާރަތަކުން ވިޔަފާރި ނުކުރަންވީ.
    ކުވައިތުގެ 10 ޖަމްޢިއްޔާ އަކުންވެސް ބޮއިކޮޓް ކޮށްފައި. ފްރާންސްގެ ޕްރޮޑަކްޓް ތައް ނުލައިވެސް ދިރިއުޅެވިދާނެ.
    މިހާރު އެންމެ ހިނގާ # އަކީ: Boycott_French_Products#
    އެންމެން މި # ބޭނުންކުރަންވީ

    18
    1
  7. އަހުމަދު

    ސާބަސް

    16
    1
  8. ކިޔާ

    ތިކުރި ހިތްވަރަށް ސާބަސް...

    20
    1
  9. ހަނާ

    ފުރާންސް އިން ގިނަ ޕާރފިއުމްތަށް ހަދަނީ. އެވެސް ބޭނުން ނުކުރޭ... ފުރާންސްގަ މުސްލިމުން ވެސް މަދެއްނޫން...

    7
    4
  10. ސާބަސް

    އައްސަރިބަހާ ސާބަސް ރެސްޓޯރެންޓުގެ ބޮޑުންނަށް
    ހިތުގެ ފުންމިނުން ޝުކުރުވެރިވަން...ތުރުކީ ޒިންދާބާދު.

    22
    1
  11. ސާހާ

    ވަރަށް ރަނގަޅު ނިންމުމެއް.

    17
    1
  12. މައިޒު

    އަލްހަމްދުލިއްލާޙި.. ސެލިޓް ކުރަން ތި ރެސްޓޯރެންޓްގެ ވެރިފަރާތަށް

    17
    1
  13. ގަމާރު

    ހަމަ ސަހާދެއް! ކާކަށް ބާ ދެރަވާނީ؟

    4
    17
    • ހޮޅޭ

      ފުރާންސަށް

      22
      2
    • ހޭޖެހޭ

      ކަލެއަށްވެސް ވ ދެރަވާނެ. ގަމާރަށްވީ ކޮމެންޓެއް.

  14. ؟

    އަޅުގަޑުމެންގެ ހާލާގެން އަޅުގަޑުމެން އުޅެމާ ބަހީ!!!!!!

  15. މޯލްޑިވިޔަން

    ހައްހައްހާ.ފްރާންސް ބިރުން އަވަދިވެއްޖެ

  16. ޒަވިޔަނި

    ވިދާޅުވީއެއްނޫން ބުނީ!! އިޙްތިރާމުކުރާނީ ކުރަންޖެހޭ މީހުންނަށް.

  17. ކިނބޫ

    މިދަނޑިވަޅުގަވެސް ސަރުކާރު ހިންގާ ޕާޓީ އުޅެނީ ބިރަކާނުލާ މަޖާ ނުކުރެވިގެން.