ލ.އަތޮޅު ތެރޭގައި އެން ހިފަން އޮތް ދޯންޏަކަށް ބަޔަކު އަރައި ހައިޖެކްކުރި ކަމަށް ބުނާ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައިޖެކް ކުރިކަމަށް ބުނާ ދޯންޏަކީ ލ.ގަމުގެ މީހަކު މީގެ ދެއަހަރު ކުރިން ފަހުން ފައިސާ ދައްކާ ގޮތައް ވިއްކާލާފައިވާ ދޯންޏެކެވެ. އެދޯންޏަށް އިއްޔެ ރޭ ބަޔަކު އެރިއިރު ދޯނީގައި ތިބީ އައްޑޫ ސިޓީ ހިތަދޫ ބައެކެވެ. ހަތް މިލިއަން ރުފިޔާ އަށް ވިއްކި ދޯންޏަށް އެއްވެސް މަހަކު ފައިސާ ދައްކާފައެއް ނުވެއެވެ. ފުރަތަމަ ދޯނި ގެންދިޔައީ ހަތްލައްކަ ރުފިޔާ ދެއްކުމަށް ފަހު ބާކީ ފައިސާ ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވެގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ދޯނީގެ ފަޅުވެރިން އިއްޔެ ވަނީ ދޯނިން ފައިބާފައެވެ. އެދޯނި މިހާރު އޮތީ ދޯނީގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައި ލ.ގަމު ތުނޑީ އަވަށު ބަނދަރުގައެވެ.

ދޯންޏަށް ބަޔަކު ތޫނު ހަތިޔާރާއިއެކު އެރިކަމަށް ދޯނީގެ ފަޅުވެރިން ބުނި ނަމަވެސް ދޯނީގެ ވެރިފަރާތުން އެކަން ދޮގުކުރެއެވެ. ދޯނީގެ ވެރިފަރާތުން ބުނާ ގޮތުގައި ދޯންޏާއި ހަވާލުވާން ބަޔަކު އެރި ނަމަވެސް އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނުހުންނާނެއެވެ.

ދޯނީގައި އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވެސް އިއްޔެ ވިދާޅުވިއެވެ. ނަމަވެސް މާރާމާރީއެއް ހިންގުމަށް ބޭނުން ކުރެވިދާނެ ތަކެތި ދޯންޏަށް އެރި މީހުންގެ އަތުގައި ހުރި ކަމަށް ފުލުހުން އިއްޔެ ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަލާހް

    ތިހުންނަނީ ލޮލީ ޖާބިރުގެ ކަންތައް މުޅިންވެސް. ކޭބަލް ކާރުގައި ގާފަރާ ކާށިދޫއާ ދޭތެރޭ ދުއްވަދުއްވާ އެފަކީރަށް ދޯނި ވެރިފަރާތަށް ދައްކަންޖެހޭ ފައިސާކޮޅުވެސް ދައްކާލެވޭ ވަރުނުވޭ.

    6
    1
  2. ތަމެންދޯ

    މަސްދޯންނަށް ނާރާނެ ދޯ އައްޑޫ މީހުން އެއަށް ދައްކަން ޖެހޭ ފައިސާ ދެއްކިނަމަ ދޯނި ދުއްވަން އޮތީ ދީފަައި އައްޑޫ މީހުންނަށް އެމެންނަށް އިނގޭ ދޯންނަށް ފައިސާ ދޭން ޖެހޭ ކަން އެކަމަކު ފައިސާ ނުދީ ދޯނި ފޭރިގަނެގެން ދޯނިން މަސްވެރިކަން ކުރާނަމަ ދޯނީގެ ވެރިފަރާތުން ދޯނި ހޯދާނެއޭ މިރާއްޖެއަކީ ނިކަމެތިންނަށް އިންސާފު ލިބޭ ގައުމެއް ނޫންވިއްޔާ..

  3. އެބަޖެހޭ

    އައްޑޫ މީހުން ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމުގައި މަކަރާއި ހީލަތާއި ވައްކަމާއި ފޭރުން ހިމެނޭ ކަން އެއީ ފާހަގަ ކުރަން ޖެހޭ ކަންކަމޭ އެމެންނާއި މެދު އެބަޖެހޭ ސަރުކާރުން ވިސްނާ އައްޑޫ އެންމެނަަށް މާލެ ސަރަހައްދުން ބިން ދީފައި އައްޑޫ އެއްކޮށް ހުސްކޮށްލަން އެނޫން ނަމަ އައްޑޫ ބަދަލު ވެގެންދާނީ މުސްތަގްބަލް ގައި ރާއްޖޭގެ ކޮލަމްބިޔާ އަށޭ...

  4. ސަފަރު ކައްދަގެ ތިއްތިބެ

    ޢެބަރަނގަޅުވޭ..ޤާނޫނު ތަންފީޒުކުރޭ. މޫނަކަށް ކަދުރާއަކަށް ނުބަލާ. މައްސަލައަކީ ޖުޑީޝަރީ ގެ އިތުބާރު މާބޮޑަށް ގެއްލިފައި ވާތީ. ބޮޑުވާ ބިއްލޫރިން ވެސް ނުފެންނާތީ. ލޯބޮޑު ބުރަކިޖަހައިގެން ބާނައިގެން ލޯބޮޑު ކަންނެލީގެ މަސް ކައިގެން ތިބޭއިރުވެސް. ގެއްލުނު އިތުބާރެއް ހޯދަހޯދާވެސް ނުފެނުނު.

  5. ދުންތަރި

    ލ.ގަމުގަ އޮންނަކަމަށްމީހުންބުނަނީ ވަރުގަދަގޭންގެއް އެގޭންގުކުރާކަންކަން ހުއްޓުވުން އަތޮޅުތެރޭ ހަރަކާތްތެރިވާ ފުލުހުންނަށްވެސް ނުކެރޭ މީގެ ދެތިން އަހަރުކުރިން އެއްރޭގެ ދަންވަރު ލ.ގަމުިގެ ނި ގޭންގުން ތ.އަތޮޅުގެ ރަށަކަށް ދަންވަރުއަރާ އެންމެން ނިދާފަތިއްބާ ރަށެއްގަ ހުރި ފުރާވަރުގެ އަންހެންކުއްޖަކު ބެލެނިވެރިންނަށް ވަގަށް ގެންދިޔަކަމަށްުނަނީ އެރޭވެސް އެ ގޭންގުމީހުިން އެރަށަށް އެރީ ވަޅިއާ ކަނޑި ހިފައިގެންކަމަށް މީހުންބުނަނީ އެރޭ އެހާދިސާހިނގުމާގުޅިގެން ފުހުންނަށް ރިޕޯޓުކުރީމާވެސް ވީކަމެއްނެތް އެކުއްޖާ ލ. އަތޮޅަށްގެންގޮސް ފުލައިޓުން މާލެ އައިސް އެކުއްޖާ ލޯބީގެ ގޮތުން ގުޅިގެންއުލޭ ކުއްޖާގެ ބެލުމުގެ ދަށަށް ގެންދިޔައީ އެންމެ ފަހުން ވަލީވެރިޔާގެ ނުރުހުމުގަ ޤާނޫނާ ޚިލާފަށް ލ.ގަމު ކޯޓުން ތ. އަތޮޅު މީހަކާ މާލެއަތުޅު ހުރާ މީހެއްގެ ގަމުގަ ދިރިއުޅޭ ބަޔަކަށްހަދައި ގަމު މެޖިސްޓްރޭޓްކޯޓުން މި ދެމީހުންގެ ކައިވެނިކޮށްދިީފަވަނީ ގަމުކޯޓުގެ މެޖިސްޓްރޭޓަކީ މިގޭންގަށް ނިސްބަތްވާމީހެއް ކަމަށް މީހުން ބުނެ އުލޭ ގަމު ކޯޓުގެ މެޖިސްޓްރޭޓުގެ މި ޤާނޫނާ ޚިލާފުި ޢަމަލުން މިކަން ޔަޤީންވޭ

  6. ާެެެަަްއަބްދުލް

    15 މިލިޔަނަ ހެލިކޮޕޓަރު ރާޖެ ގެންނަމޭ ބުނާ ޖާބިރް 7 މިލިޔަންަަައަށް ލާރި ދޭނަމޭ ބުނެފަ ދޯނި މަހައްނެރެ ރުފިޔާ މަސް ވިކާގެން ނަގާ އިދުރީސް ނިކަމެތި މީހާގެ ހައްގު ނުދީ ޖާބިރުއާ އޭނަގެ ޓީމް ހިންގަމުން ދިޔަ ޖަރީމާ އެވެސް ނޫސް ވެރިޔަކަށް ނުފެނުން ވަގުތު ކޮބާ އޭރު އަދިވެސް ދޯނި އަތުލީމަ އެވާހަކަ ދަކަން ވަގުތަ އެންގެނީ. ވަގުތަ ޖާބިރު ކަން ކުރި ގޮތާ ކުރަމުން އައި ގޮތުގެ ވާހަކަ ވަގުތަށްލިޔަން ނުކެރެނީ ދެއްތޯ...