ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރާ ފަރާތްތަކާއި ގުޅުން ކަނޑާލުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއާ އައްޝައިހް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.

ޝެއިހް އިލްޔާސް މިހެން ވިދާޅުވެފައި ވަނީ ފުރާންސްގެ ސަރުކާރުން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ވަނީ، މިކަމާއި ގުޅިގެން ފްރާންސް ސަރުކާރަށް ފާޑުކިޔާފައެވެ. ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ، އިސްލާމް ދީނަކީ ޓެރޮރިޒަމުގެ ފެށުން ކަމަށާއި، ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ޝެއިހް އިލްޔާސް ވިދާޅުވެފައި ވަނީ، ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫން ކުރެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންނާއި، ގުޅުން ކަނޑާލުމަކީ އިސްލާމް ދީނުގެ ދިފާއުގައި، އަދި ކީރިތި ރަސޫލާގެ ދިފާއުގައި ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޝެއިޚް އިލްޔާސް އިތުރަށް ވިދާޅުވެފައި ވަނީ، ކީރިތި ރަސޫލާދެކެ އަމިއްލަ އަނބިދަރިންނާއި، މައިންބަފައިންނަށް ވުރެ ބޮޑަށް ލޯބިވާން ޖެހޭ ކަމަށާއި، ނަބިއްޔާ ދެކެ ނުވާ ލޯތްބެއް އެހެން މީހުން ދެކެވާ މީހުންނަކީ ފުރިހަމަ މުއުމިނުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

ފްރާންސް ސަރުކާރުން ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ބަސްތައް ރައްދުކުރުމާއި އެކު ގިނަ ގައުމުތަކަކުން އަންނަނީ ފްރާންސްގެ އުފެއްދުންތައްވެސް ބޮއިކަޓްކުރުމަށް ނިންމަމުންނެވެ.

ފްރާންސް ސަރުކާރުން ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. Anonymous

    މި މުނާފިގު ކަލޭގެއައް ލާދީނީ އެމްޑީޕީ އާއި ގުޅުން ނުކެޑިގެން އެއުޅެނީ ކީއްވެބާ. ދައްކާވާހަކަ އާއި އަމަލާ ދިމަލެއް ނުވޭ

    85
    12
    • ނަސޭހަތް

      ވެރިޔާ ޝ.އިލްޔާސު ދިމާލައް ތިހެންބުނުމުގެ ކުރީން ހަލާދަނޑީގެ ދެކޮޅު ބަލާބަލަ...އެއިރު އޮތް ޔާމީނުގެ ސަރުކާރު އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ދިޔުމުން އިލްޔާސު ވާހަކަ ދެއްކީ...އިލްޔާސުއަކީ ތިއަންނިއަށް ތާއީދު ކުރާފަރާތެއްނޫން...

      13
      47
      • އަހހަހަހަހަ

        "ކީރިތި ރަސޫލާ (ޞއވ) ދުޢާ ދެންނެވި ފަދަ ވެރިއެއް އިބޫ ސޯލިހަކީ" މިހެން ބުނީ ކާކުތޯ؟ އެބުނީ އެމްޑީޕީގެ ރިޔާސީ ކެޑީޑޭޓަކީ އެފަދަ މީހެކޯ... އިލްޔާސު އަމިއްލައަށް އެމްޑީޕީއަށް ތާއިދު ކުރާ ވާހަކަ އެދެއްކީ. ރައްޔިތުންނަކަށް ދެން އޮޅުވައެއް ނުލެވޭނެ. އަދާލަތު ޕާޓީއިން އެމްޑީޕީއަށް ތާއިދު ކުރާވަރު މިއަދު ވަރަށް ސާފުކޮށް އެފެނިގެން ދަނީ.

        4
        1
    • ބޭރު ކުރޭ

      މީނަގެ ދީނީ ދަރުސްދިނުމުގެ ހުއްދަބާތިލްކޮށް މިކަލޭގެހިފާ ހައްޔަރުކުރޭ މީ ބޮޑުމުނާފިގެއް މިތިބަ ލާދީނީ ބައިގަނޑަށް ހުރިހާ ހިއްވަރެއް ދެނީ މި މިކަންނެލި އޮޑިޔަށް ދީންވިއްކާ ގައްދާރު ކަލޭގެ މީމި އިސްލަަމީ މުޖުތަމައު ހަލާކޮށްލި ބަގަ

      22
      13
  2. ވިސްނާލުމަށް އެދެމޭ

    ތިކަންކުރަން ދުރަށް ގޮވާލުމުގެ ބޭނުމެނެތް... އިލްޔާސް އަމަލުން ތިކަންކޮ އްފަ ނަމޫނާދަ އްކަދީ.. މޑޕގެ ސަރުކާރަށް ތާ އިދުކުރުން ހު އްޓާލާ...ރަސޫލާ އަށް ފުރަ އްސާރަކުރާ މީހުންތިބި ޕާޓީ އާ އެޕާޓީގެ ލީޑަރަކު ވެރިކަންކުރާ ރަ އީސަށް ތާ އިދުކުރުން ހު އްޓާލާ..ރަސޫލާ އަށް ފުރަ އްސާރަކުރާ މީހުންނަ ނިމާޔަތްދީ އެމީހުންނަ ފިޔަވަޅު ނޭޅުނު ރަ އީސް ވަކިކުރަން ތެދުވެ އަޑު އުފުލަދީ...

    70
    4
    • ގިސްލާރޮމުން ބުނަމޭ

      ހަގީގަތްވާނީ ހަގީގަތައް..އެމްޑީޕީ އަކީ އިސްލާމްދީނާއި ދެކޮޅުބައެއް..ދީނާދެކޮޅުވާ ސަރުކާރެއް ރަގަނޅު ނުވާނެ..ހަމައެޔާއެކު ޔާމީނަކީވެސް ރަގަނޅު ބޭފުޅެއްނޫން...

      19
      4
  3. ޢަފްލާ

    ޢެހެންވީމަ އިބޫސަރުކާރަކީ ފްރާންސުގެ ބައިވެރިއެއްކަން އެނގިއްޖެ

    76
    3
  4. ެއަހްމަދު

    ބަލަ މިސަރުކާރަކީވެސް އޭގެބައިވެރިއެއް ނޫންތޯ؟

    76
    3
  5. ރާޔާ

    މުނާފިގުންގެ ބޮޑޭ!

    17
    6
  6. ގުއިދައިތަ

    މުނާފިގު ކަލޭގެ ފާޅުވެއްޖެ. !!

    17
    6
  7. އިކްލީލް

    ކަލޯ ކަލޯމްނެ ދޮގުން ގެނައި މިސަރުކާރުގައި ﷲ ތަޢާލާގެ ޒާތުފުޅަށާ މާތް ރަސޫލާއަށާ ކީރިތި ޤުރުއާނަށް ބަޔަކުނުކުމެ މަލާމަތްކުރިއިރިުގަޔާ ، ޢަދަދުނުކުރެވޭހާ ގިނައިން ރޭޕްތަކާ ، މިންނުކުރޭވަރަށް ގިނަ ވައްކަންތައް ހިނަގަމުންދާއިރު އަންހެނުންގެ މަޤާމަށްޓަކަތަ ހިމޭންވެފަ ތި ހުންނަނީ؟

    2
    1
  8. މާމީ

    އިލްޔާސޫ މަނިކުފާނު ކަންފަތުގަ ރަނގަޅައް އަޑު އިވޭކަމައް ވެގެން ތިއުޅެނީ ފުރާންސްގަ ރަސޫލާއައް ފުރައްސާރަ ކޮއްގެންދޯއެވެ.. ބަލަ ތިބޭފުޅާވެސް ނިސްބަތްވާ ގައުމު މިދިވެހިރާއްޖޭގަ ކީރިތި ގުރުއާނައް ހަޖޫޖަހާ ރަސޫލާއައް ފުރއްސާރަކޮއް މިސަރުކާރު ތެރޭތިބިބަޔަކު ކުރިއިރު ތިބޭފުޅާ ހުންނެވީ ހިނދުކޮޅުގަދޯއެވެ ނޫނީކަންފަތައް އެއްޗޭއް އެޅި އިވުމުމް މަހްރޫމުވެފަތޯއެވެ

    22
    3
  9. ސީނުކަރަ

    އިލްޔާސް ޕޯޑިއަމް ތަކަކީ މުނިފޫހި ފިލުވައިދޭ ތަންތަން ކަމުގައި ނަހައްދަވާ
    ފުރާންސް ގޯސް އިޒްރޭލް އޯކޭ

    12
    4
  10. ާއަސޭލަރ

    ބޭފުޅާ ތިފަތުވާދެއްވަނީ ކިހިނެތްތޯ

    14
    4
  11. ހުސޭނުބޭ

    އެހެންވިއްޔާ ކަލެޔާ އިމްރާނާ ބުއްޅަބޭ ފައިބުޑަށް ވެއްޓިގެން ތި އުޅެނީ އަޅެފަހެ ކީއްވެގެން! ތިމާގެ ބަހާ ޢަމަލުތަކާ ދިމާ އިގިކޮޅު!

    17
    4
  12. ބޮޑު ވަރު

    މި ކަމާ ގުޅިގެން ސަރުކާރުން އެްްޗެއްނުބުނަނީ ކީއްވެގެން ބާ؟؟؟؟

    18
    1
  13. ގެރި

    މިކަހަލަ މުނާފިގަކުދޭ ދަރުސެއް އަޑުއަހާކަށް މަށެއް ބޭނުމެއްނޫން

    14
    4
  14. ދަސާލު

    ބަލަ ލާދީީ ޖަމާއަތަކ ގުލިގެން ޑީ ޕާސްޕޯޓު ހިފައިގެން އުޅޭނީވެސް އެ ބާގައިގެ މީހުން. މެކްރަން އަކޭ މެކްރޯނިއަކޭ އައިލަވް މުހަންމދު ޖަހައިގެން ޓުވީޓް ކުރުމެކޭ ވާނީ އެއްވަރު!

    12
    4
  15. ބޮލި މުލައް

    މީ ހަމަ މުނާފިގެއް

    15
    4
  16. Anonymous

    ޝެއިޚް އިލްޔާސް މަނިކުފާނު ވިދާޅުވީ ދުޢާދެއްވި ވެރިއެއް ކަމަށް. އެކަމަކު އެންމެ ކުޑަމިނުން ކުއްވެރިކޮށްލަންވެސް ނުކެރުނު. ލާދީނީ ރިޕޯޓް ނެރުނީމަ ކަންވީގޮތް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ހައްދަވައިގެން އެފަދަ ބަޔަކަށް ވާގިވެރިވާން ތިޔަ ހުންނަވަނީ ދެން ކެހެނެއް ވެގެންނޯ. މިއަދު މިޤައުމުން މިފެންނަ މަންޒަރުތައް ފެނިވަޑައި ނުގަންނަވަނީތޯ ހަމަ. އިސްލާމްދީނުގައި ބޮޑު މުސީބާތުން ސަލާމަތްވުމަށް ކުޑަ މުސީބާތުގައި ހިފަން ޖެހޭ ނޫންތޯ

    23
    2
  17. އައްޑޫ މީހާ

    މި ޝޭހު ކަލޭގެ ދައްކާވަހަކަ މިހާރު ގަބޫލު ކުރަން ހެޔޮނުވާނެ ޝޭހު ކަލެއަށް ކެރެންޏާ މިސަރުކާރާއި ގުޅުން ކަނޑާލަންވީނުންތަ އިސްލާމްދަނަށް ފުރައްސާރަކުރާ ސަރުކާރެއް އެފަދަ ފަރަަތްތަކާއި ގާތް ގުޅުމެއްވެސް އޮންނަ ސަރުކާރެއް މިއީ

  18. ޖަޒްލާން

    ޝޭހް އިލިޔާސް ތާއިދު ކުރެއްވި ސަރުކާރުން ތިކަން ކުރާނެބާ...

  19. ހަނި

    އެހެން ވެޖެޔާ އިލިޔާސް އެންމެފުރަތަމަ ނަސީދު ހިމިނޭ ގޮތަަށް އުފަދާފާވަސަރު ކާރާ ގުލުން ކަޑާލާ ﷲ އަށްޓަ ކައި އިސް ލާން ދިނަޓަ ކާއި ހިތްވަރުހުރިޔާ ގަސިމާގުލުން ކަޑާލާ

  20. އަބްދޫ

    ތިޔަ ހުރިހާ ވާހަކައެއް ނަސިދު ދައްކާ އިރު އޭނަޔާ ގުޅުން ބާއްވައިގެން ފަހަތުން އެނބުރެނީ އެކަމަށް ލޯބި ވާތީތަ ؟

  21. މުހައްމަދު އަންޖުމް

    އަނެއްކާ ވިގަނި ފާވީތާ ކިހާބޮޑުވެއްޖެކަމެއްތީ ކަލޭގެ ތިޔަ ގޮވެލިފަތި ގޮވަން އެއްވެސް އުރަތްޕެއް މިހާރަކުނެތް ތީ ވަރަށް ލަދުހަޔާތްކުޑަ ޖާހިލެއް އެހެންމީހުންނަށް ތިޔަނަސޭ ހަތް ނުދީ ތިމާތިޔަކަމަށް އަމަލުކޮށްބަލަ ތީ ހަމަ ބަދު ދުއާކުރުމުގެ ފިރުއައުނު ބޮލާނުކުޅަދާނަ ފެނުނަށް އަންނަ ރުޅިއެއް ނޭގެ ބުނަންވެސް

  22. އަޙްމަދު

    ޝޭހް އިލްޔާސަށް ހަނދާން ކޮއްލަދޭން ބޭނުމީ މަނުފާނު ވިދާޅުވި ނޫންތޯ ދިވެހިރާއްޖޭގެ ވެރިކަންކުރިމީހަކު ރަސޫލާއަށް ސަލަވާތް ނުކިޔަވާތީ ދެންނެވުމުން އެނާބުންޏޭ ތިމަންނާއަށްވެސް ކިޔަނީ މުޙައްމަދޭ!!!! އެނާއަކީ ބޭނުޤައުމެއްގައި އެމާތް ނަބީޔާއަށް ބަދުބަސް ކީމީހެއްކަން ބައެއް މީޑިޔާތަކުގެ ސުރުހީތަކުންފެނުނު މީހަކަށް ވީއިރު މަނީކުފާނު ކީއްވެތޯ އެމީހުންގެ ފަރާތުން ނުނެއްޓިގެން ތިއުޅުއްވަނީ! ބޭރުގެ ފަރަންޖިއަކު އެއްޗެކޭ ބުނުމުން ގޯސްވެގެން އުޅޭއިރި މިދިވެހިން ދިވެހިފަސް ގަނޑުގައި އެމާތް ނަބީއްޔާއަށް ބަދުބަސްބުނެ ލިޔާއިރު ހަނު ހުންނަނީ ކީއްވެތޯ!!!!!!!!!!!!!!

  23. ޑޮލަރު ސޭކެއް

    ކަލޭ ތިއީ ކާކު ތިހެން ބުނަން. އިތުބާރު ގެއްލިފައިވާ ސޭކެއް.