މިއަދު މެންދުރު 12:30 އިން ފެށިގެން ސިނަމާލެ ބުރިޖާއި ބައެއް މަގުތައް ބަންދުވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވެސް ވިދާޅުވީ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކާއި ގުޅިގެން ފަރިތަކުރުންތައް ނިމެންދެން އެއާޕޯޓް މަގާއި، ސިނަމާލެ ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތަކާއި ގްރީން ޒޯން މިއަދު ބަންދުވާނެ ކަމަށެވެ. މިސަރަހައްދުތައް އިއްޔެ ވެސް ބަންދުކުރިއެވެ.
މިސަރަހައްދުތައް ބަންދު ކުރަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް މާދަމާ ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ކުރިއަށް ގެންދާ ފަރިތަކުރުންތަކަކަށެވެ.
ޕޮމްޕިއޯ އޭޝިއާ ބައްރަށް ކުރައްވާ ދަތުރުފުޅުގައި މިހާރު ހުންނެވީ އިންޑިއާ ގައެވެ. އެއަށްފަހު ރާއްޖެއަށާއި ސްރީލަންކާ އަށް އަދި އިންޑޮނޭޝިއާއަށް މިދަތުރުފުޅުގައި އޭނާ ވަޑައިގަންނަވާނެއެވެ.
ޕޮމްޕިއޯގެ ދަތުރުފުޅަކީ ގާތް ރަހުމަތްތެރި ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމެރިކާ އިން ބުނި ނަމަވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ޕޮމްޕިއޯގެ މިދަތުރުފުޅުގެ އެންމެ މުހިއްމު މަޤުޞަދަކީ އޭޝިއާ ބައްރުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދިއުން ހުއްޓުވުމެވެ. ހާއްސަކޮށް ރާއްޖެ އާއި ލަންކާ އަދި އިންޑޮނޭޝިއާގައި ޗައިނާގެ ނުފޫޒު ގަދަ ކުރަމުން ދިއުމުން އެމެރިކާގެ ކަންބޮޑުވުންތައް މިދަތުރުފުޅުގައި ޕޮމްޕިއޯ ގައުމުތަކުގެ ވެރިންނާއި ހިއްސާ ކުރާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.
މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވުމާއި އެކު އޭނާ ވެގެން ދާނީ 2004 ވަނަ އަހަރަށްފަހު ރާއްޖެ އަށް ވަޑައިގަންނަވާ އެމެރިކާގެ ފުރަތަމަ ސެކްރެޓަރީ އޮފް ސްޓޭޓަށެވެ. އެންމެ ފަހުން ރާއްޖެ އަށް ވަޑައިގެންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަކީ 2004 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިމް ޕަވަލް އެވެ.
އޭގެ ކުރިން 1992 ވަނަ އަހަރުގެ ޖުލައި މަހު އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ. އެއީ އިރާގުން ކުވޭތު ހިފައިގެން މެދުއިރުމަތީގައި އެމެރިކާ އިން އިރާގާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރުއެވެ.
ޢިންޑިޔާ އައުޓް...
ބަލާވެރި ސަރުކާރު
މިދެންކިހާދެރަކަމެއް މާލެއާހުޅުމާލެއާދެމެދު ބުރިޖްއެޅީ ތަމްރީނުތައްބާއްވާކަށްނޫނޭ އެއީ ރައްޔިތުންނައް ލުއިފަސޭހަކޮށްދެއްވުމަށް ރައީސްޔާމީކޮށްދެއްވިކަމެއް ދެންހުޅުމާލެއިން މީހަކުމާލެއައް އަޔަނުދީ މާލެއިން މީހަކު ހުޅުމާލެއައް ދިޔަނުދީ ތިޖަހާސަކަރާތް ތީރައްޔިތުންނައް ކުރާޖެއްސުމެއްނޫންކޮންކަމެއްތޯ
ބްރިޖު ބަންދު ކުރަނީ ކިހާ އިރެއް ވަންދެންތަ
މީހަކު ނޫޅެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޯއާ ބެހޭކަށެެއް، އެކަހަލަ ކަމެއް ކުރުމަށް ވުރެ އަހަރުމެން މިތިބީ ފައިސާގެ ދަތި ކަމާ، ފްލެޓް ކަންތަކާ، ކައިވެނީގެ ކަންތަކާ ވަޒީފާގެ ކަންތަކުގަ ބޯގާނަން ޖެހިފަ
ޢިންޑިޔާ ސިފައިން ބައިވެރި ވަނީ ކީއްކުރަން
މިދެންކިހާދެރަކަމެއް
ރައީސް ޔާމީން ޖަލަށްލައިގެންތިބެ ރައީސް ޔާމީން އަޅުގަނޑުމެން ރައްޔިތުންނަށް އަޅައިދެއްވި ބުރިޖުވެސް ނޮޅާކަނީ.. ސްޓިކާ ސަރުކާރު އިސްތިއުފާ
މި ސަރުކާރަކީ ބޮޑުބަލަވެރިކަމެއް