އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހާލު ދެރަވެ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާއިރު، އޭނާގެ ހިތް ރަނގަޅުކަން ކަށަވަރު ކުރަން އިތުރު ޓެސްޓްތައް ހަދަން އެ ހޮސްޕިޓަލްގައި އެދިވަޑައިގަންނަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މި ގޮތަށް ވިދާޅުވީ ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިގެން ކަމަށް އަޑުފެތުރިފައިވަނިކޮށެވެ. ހާލު ދެރަވުމުގެ ސަބަބުން ސްޓްރޯކްއެއް ޖެހުނީ ކަމުގައި ފުރަތަމަ ބެލުވުނު ނަމަވެސް އެފަދަ ކަމެއް ނުހިނގާ ކަމާއި އޭނާގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްއިން މައުލޫމާތު ދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަސްލާ މެންދުރުގެ ކެއުމަށް މެދުކަނޑާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ މެންބަރު ޝިޔާމްގެ ހާލުކޮޅު ރަނގަޅު ކަމާއި ހިތް ރަނގަޅު ކަން އޭނާ ހެއްދެވި އީސީޖީ ޓެސްޓްއިން ދައްކާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އިތުރު ޓެސްޓް ހައްދަވަން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހޮސްޕިޓަލްގައި އެދިއްޖެއްޔާއިން އަދި އެއް އީސީޖީ ނަންގަވައި ދެއްވުމަށް. ދެ އީސީޖީ ނަންގަވައިގެން ނައިފަރު މެންބަރުގެ ހިތް ރަނގަޅުތޯ މުޅިން ކަށަވަރު ކުރަން ޖެހޭ." ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ވާދަވެރި ޕާޓީގެ އެ މެންބަރުގެ ސިއްހީ ހާލުކޮޅު ވީހާވެސް އަވަހަށް ރަނގަޅުވުމަށް ކަމަށެވެ. އަދި އަލުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރައްވަން ނުކުމެވަޑައިގަތުމަށް ކަމަށެވެ.

ޝިޔާމް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވިއެވެ. މަޖިލީހުގައި އިންނަވަނިކޮށް ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެގެން މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންގެ އެހީގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީއެވެ.

ހާލަތު ދެރަވެގެން ތަޅުމުން ދޫކުރައްވަން ޖެހިވަޑައިގަތީ އޭނާ ތަމްސީލް ކުރައްވާ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މުހިއްމު ބިލެއްގެ ބަހުސް ކުރިއަށް ދަނިކޮށެވެ.

މީގެ ކުރިން، މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ވެސް ޝިޔާމްއަށް އަނިޔާވެ އޭޑީކޭއިން ފަރުވާ ހޯއްދެވިއެވެ. އެ ފަހަރު މައިބަދައަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން މަސް ދުވަހު ހިނގާބިނގާވެ އުޅުއްވުމަށް ވެސް ދަތިފުޅުވި ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ގާސިމް ސައުދު ގާސިއާ ހދ ނޮޅިވަރަންފަރު

  (އީސީޖީ ދައްކާގޮތުން އޭނާގެ ހިތް ވަރަށް ރަނގަޅު ކަމަށާއި)މިއީދޮގެއްސިޔާމްގެހިތްވަނީޔާމީނަށްމިލުކްކޮދީފައި

  10
  42
 2. ކޮވިޑް

  ފުރަތަމަ ބަލަންވީ ތިޔަ މަޖިލީހުގެ ރައީސް ހުރީ ހިންދު ކޮޅުގަތޯ ދެއްތޯ؟ޑްރަގު އެޖެންސީން ނުވަތަ ޕޮލިސް ޑީ.އީ.ޑީ ލައްވާ މިކަން ކުރަން ފެނޭ.....

  48
  11
 3. ބެއްޔާ

  ހިތް ރަނގަޅުނޫންނަމަ މަގާމުން ވަކިކުރޭ. މިބުނީ މަނިކުފާނަށް ހިތް ރަނގަޅުނޫން އެންމެންގެ ވާހަކަ

  31
  6
 4. Anonymous

  ކިތަންނެ ޓެސްޓެއް ހެއްދިޔަސް، އޭނަޔާ ކަލެއާ ދެމެދު އޮތް ހިތެއް ރަގަޅެއް ނުވާނެ ކަން އިނގެނީ.

  44
  7
 5. ހުސޭނުބޭ

  ކަލެޔައްތަ ޝިޔާމްގެ ބަލަދުއަރަނީ؟ އަޖައިބެއް! މަށަށް ހީވަނީ ޝިޔާމު ގާއިގައި މަޖިލީހު ތެރޭގައި މީނަ ތަޅަން އަމުރުކުރި ފަދައިން އެތަނު ޑަކްޓަރުން ކައިރީގައިވެސް އެކަހަލަ އެއްޗެއް ބުނެގެން އުޅޭހެން!

  53
  8
 6. އައްޑޫ މީހާ

  ހިތް ރަގަޅުތޯ ނޫން ބަލަންވީ ސިހުރުގެ ކަމެއް އުޅޭތޯ ބަލަންވީ އ.ޑ.ޕ އިން އިދިކޮޅު މެމްބަރުންނަށް ސިހުރުހަދާކަމުގެ މައުލޫމާތު އެބަ ލިބޭ

 7. ޏަވިޔަނި

  ކތަޅާނެ ކުދިން ކޮޅެއް ހޯދަބަލަ މީނަގެ ހިތް ރަނގަޅުތޯ ؟

 8. ކޮރޯނާ ޕީ.ޕީ.އެމް

  ދެން ލަލަލާ

 9. އަބްދޫ

  ސިޔާމުގެ ހިތަށް ގެއްލުމެއް ކުިރިންތަ ؟މަޖިލީހުން ނެރެން ހޫރަމުންދިޔަ އަތުން ސިޔާމުގެ ހިތުގަ ޖެހުނުތަ ؟ ހީ ނުވޭ ހިތުގަ ޖެހުނުހެން . ޖެހިފަ އޮތީ މައިބަދައިގަ ކަމަށް އޭރު ބުނަމުންދިޔަ . މިހާރު ހިތަށް ގެއްލުމެއް ހުރިތޯ ބަލަންތިއުޅެނީ ހިތް ސާފު ކޮށް ނެތްކަން އެގުނީތަ؟

 10. ހާޓީބެ

  ތިޔަކިޔާ ހިތްރަނގަޅުތޯ ފުރަތަމަޓެސްޓް ހަދަންޖެހެނީ ތިޔަމީހާ އެކަން ވަރައްސާފް އަބަދުވެސް ބަލަނީ މިގައުމައް ބޭރުބަޔަކު ވަޒަންވެރިކޮއް ގައުމު ބޭރުބަޔަކާ ހަވާލް ކުރަން އުޅޭކަހަލަ ވާހަކަ އަމަލުތައްވެސް ހުރީ އެގޮތައް ގަުމައް އާމްދަނީހޯދުމުގެ ވާހަކަ ދައްކާފައި ރައްޔިތުންނައް އޮޅޭގޮތައް ބަލަ ޓީއެމްއޭ އައް ރަންވޭ އެދިނީ ވަރައް ދައުލަތަށާއި ރައްޔިތުންނައް ފައިދާވާގޮތައްތޯ ވިސްނާލުން މުހިންމް

  10
 11. ނައިފަރު މީހާ

  މި ނަޝީދަކީ މި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ބަލާވެރި އާފަތެއް. އަބަދުވެސް މާ މޮޅެތި ޢިބާރާތްތައް ބޭނުންކޮށްގެން ހެޑްލައިންއަށް އެރުން. މިވަރުގެ ދެއްކުންތެރިކަން ހުންނަ މީހުންނަށް ޤައުމުގެ ވެރިކަން ކުރެވޭނެތަ؟ ނުބެހޭ ކަމެއް ނޯވޭ. ޑިމޮކްރަސީ އޭ ގޮވަނީ ދިވެހިން ގުބޯ ހައްދަން. އެކަމަކު ޢާއިލީވެރިކަން ކުރަން މިއުޅެނީ ފައިވިއްދާފަ. މީނަ ނުރުހޭ މީހަކަށް ޕާޓީއަކު ނުހުރެވޭ..ކިހާ ރީތި ޑެމޯކްރޭޒީއެއް

 12. ސްކިޕަރ232332

  އީސީޖީ އިޒް ނޮޓް އަ ކޮންކްލޫސިވް ކާޑިއަކް ޓެސްޓް. އަދިވެސް ރޯނުއެދުރު ހެދިގެން އުޅޭ

 13. ކިނބޫ

  ކަލޭ ހާދަ ހެޔޮފުޅޭ. ކަލޭ ނޭދުނުނަމަ ޝިޔާމު ނުވެސް ވެއްދީސް އެތަނަކަށް. ކެކެކެކެ ކިހާ ބލއެއް

  3
  2
 14. މުރާދުބޭ

  ރައްޔިތުންގެ މަޖްލިސް ރައީސް ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާނެ މެމްބަރު ޝިޔާމަށް މިދަނޑިވަޅުގައި ސިއްޙީ މައްސަލަޔަކާ އިތުރަށް ކުރިމަތިލާންޖެހި ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާދޭން ފަށައިފި ކަމަށްވާނަމަ. އެއީ ދާދި މިދާކަށް ދުވަހު މަޖްލިސް ގައި ހިނގައި ދިޔަ މެމްބަރު ޝިޔާމަށް ބޮޑެތި އަނިޔާތަކެއްވީ މާރާމާރީ އަކީ މިރާއްޖޭގެ ތާރީޚުގައި ރައްޔިތުންގެ މަޖްލިސް ކުރާގޭގައި ހިނގާފައި ނުވާ ކަމަކަށްވީއިރު މިމާރާމާރީ ހިންގަން ބޮޑު ހިތްވަރެއް މެޖޯރިޓީ މެމްބަރުންނަށް ލިބިގެން ދިޔައީ މަޖްލިސް ރައީސްގެ ފުރިހަމަ އެއްބާރު ލިބި އެމާރާމާރީ ހިންގަން އަމުރު ކުރައްވައިގެން ކަމަށް ގިނަމެމްބަރުން ފާޅުގައި ވިދާޅުވެ އަދި ރާއްޖޭގެ ތަފާތު ނޫސްތަކުގައި ޝާއިޢުކުރެވި ރައްޔިތުންނަށް އިވި ބައެއްޓީވީ ތަކުންވެސް އެމަންޒަރު ފެނިފައިވާތީ! ފަހަރެއްގައި އެފަދަ އަނިޔާތަކެއް ލިބިފައިވުމުން އެއަނިޔާ ތަކާއި މިފަހަރުގެ އެނދުމަތިވުން ސިންކްވެއްޖެއްޔާ ރައީސް ނަޝީދަށް އިތުރު ކިލަނބުވެރިކަމެއް އައިސްފާނެ. އަދިވެސް އެލައްގަނޑު ރަގަޅަށް ފިލައިގެން ނުދާކަމަށްވެސް ވެދާނެ.