ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިންޓަގްރީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ ނޭޝަނަލް ޑިމޮކްރަީކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މިއަދު މާނިއު އަށް ދެއްވާފައިވާ ކަމަށެވެ. ސިޔަސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މާނިއުއަށް ދެއްވި ކަމުގެ ލިޔުން އޭނާ އާއި ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ.
National Democratic Congress ge namugai siyaasee party eh ufehdhumuge massakai kuriyah gendhiyumuge huhdha G. Atha, Yoosuf Maaniu Mohamed ah miadhu vanee dheefai pic.twitter.com/SP9ggB3kq3
— Elections Commission (@ElectionsMv) October 27, 2020
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މާނިކުއަށް ލިބުމުން އޭނާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެންބަރުން ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅަން ޖެހޭނެއެވެ. 3000 މެންބަރުން ހަމަވުމުން ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވުނު ނަމަވެސް ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދޫކުރާ ފައިސާ ލިބޭނީ 10000 މެންބަރުން ހަމަވުމުންނެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިއަދު ފެއްޓެވި މާނިއު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރީ 2015 ވަނަ އަހަރުއެވެ. އެކޮމިޝަންގެ ރައީސް ކަމަށް އޭނާ އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އޭނާ މަގާމުން ވަކިކުރީ 2017 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މާނިއު މަގާމުން ވަކިކުރީ، ފުލުހުންނާ ގުޅޭ ތަހުގީގުތަކަށް ނުފޫޒު ފޯރުވާތީވެ އެ ތަހުގީގުތައް ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ މީސް މީޑިއާގައި ފާޑުވިދާޅުވުމުންނެވެ.
އާސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދެއްވިއިރު ފާއިތުވި ދެއަހަރެއްހާ ދުވަސް ތެރޭގައި ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ގިނަ ބޭފުޅުންނަށް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވާފައެވެ. ނަމަވެސް ގިނަ ޕާޓީތައް ތިން މެންބަރުން ހަމަކޮށް ރަޖިސްޓްރީ ކުރަން ހުށަހަޅާފައެއް ނުވެއެވެ.
މީ ކުވާ މުހައްމަދު ޔޫސުފުގެ ދަރިކަލެއް! ވަރަށް ފޮނި ގޮތަކަށް އުޅޭ ބޭކަލެއް ކަމަށް ބެލެވެނީ! ދެން ވަރަށް ރޯޔަލް ފެމިލީ ބެކްގްރައުންޑެއްވެސް ބޭކަލެއް ކަމަށް ބެލެވެނީ! އެކަމާ ފިސާރި ފޮނިވެލާފަ ހުންނަ ކަހަލަ ގޮތަކަށް އުޅުއްވެނީވެސް! ދެން ބަލަން ތިބެމާ އަޅެ ވާ ގޮތެއް!
މަރުހަބާ. އިލެކްޝަނަށް ފޯމް ލީ ފޮޓޯގަ މާނިއު އާއެކު އެހުރި ބޭފުޅާއަކީ ކާކުބާ؟ މާނިއުމެން ފަދަ ބޭބޭފުޅުން ކުރިޔަށް ނެރެގެން އޭގެ ފަހަތުގަ ކޮރަޕްޓް ވިޔަފާރިވެރިން ތިބެއްޖެ ނަމަ ވަރަށް ދެރަ.