އިލެކްޝަން ކޮމިޝަންއިން ކުރީގެ ރައީސް ނަޝީދު އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކަޑައެޅިޔަސް އެމަނިކުފާނުގެ ކެންޕެއިން ކުރިޔަށް ގެންދިއުމަށާއި އިލެކްޝަން ކޮމިޝަންއިން އަދި ފަހަތަށް ޖެހޭނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ޔޫޓިއުބް މެދުވެރި ކުރައްވަވާ އާއްމު ކުރެއްވި ވީޑިއޯއެއްގައެވެ.

ޖަޒީރާ ރައީސްގެ ނަމުގައި ކުރީގެ ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ފަރާތުން އެމަނިކުފާނު އިންތިޚާބުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަންއިންވަނީ އެމަނިކުފާނަށް އެމްޑީޕީގެ ޕުރައިމެރީގައި ފުރުސަތު ދީފިނަމަ އެޕުރައިމެރީ ބާތިލްކޮށް ޕާޓީ އުވާލަން ކޯޓަށް ދާނެ ކަމުގެ އިންޒާރު ދީފައެވެ.

13 އަހަރުގެ ޖަލު ހުކުމެއް ގައި ހުންނެވި ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންއިން ވަނީ ވިދާޅުވެފއެވެ.

އިލެކްޝަންގެ މިނިންމުމަށް ރައްދު ދެއްވަވާ ނަޝީދު ވީޑިއޯގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސައްހަ ކަމާގުޅޭ ގޮތުން ގޮތެއް ނިންމާނީ ސުޕްރީމު ކޯޓުގެ ފަސް ފަނޑިޔާރުން ކަމަށާއި އެމަނިކުފާނު އިންތިހާބުގައި ވާދަކުރުމަށް ހުރިހާ ގާނޫނުތަކާއި ގަވައިދުތައް ތަންދޭ ކަމަށެވެ. އަދި އެމްޑީޕީން އެއް ރޫޙެއްގައި މަސައްކަތް ކުރާނަމަ އިލެކްޝަން ފަހަތަށް ޖެހޭނެކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މިވީޑިއޯގައި އިތުރަށް ވިދާޅުވެފައިވަނީ އިލެކްޝަން ކޮމިޝަނުން މިފަދަ ގޮތަކަށް އަމުރެއް ނެރުމުން އިލެކްޝަން ކޮމިޝަންއިން ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވާނެކަން ދޭހަވެގެންދާ ކަމަށާއި ޤާނޫނާއި ޚިލާފަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ހައްދަވަން އެއުޅުއްވަނީ ވާދަ ކުރައްވައިފިނަމަ ބަލިވާނެކަން ޔަގީންވާތީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލީ

    ކަލޯ ކީއްވެތަ ރާއްޖެ ނާންނަނީ ކެމްޕެއިން ކުރަން. ޖަލުން މިނިވަން ވެއްޖިއްޔިއާ ރާއްޖެ އާދެވޭނެ ދޯ.

  2. އަފޫ

    ދުނިޔޭގައި ފުރަތަމަ ފަހަރަށް ގައިދީއަކު އިންތިހާބުގައި ވާދަކުރަނީ މިރާއްޖޭގައި. ކިހާބޮޑު ޖޯކެއް.

  3. އާދަމް

    ޖަރީމާ ރައީސް ކީކޭ މި ކިޔަނީ

  4. Anonymous

    ހެސްކިޔާފަ ނުކައި ނުބޮއެ ކެމްޕޭނު ކުރިއަސް އިންތިހާބުގައި ވާދަކުރާކައް ލާހިކު ކުޅަދާނައެއްނޫން.

  5. Anonymous

    ވެރިކަމައް ބޫތު

  6. މުހައިމިން

    ނަށީދު އެމްޑީޕީގެ އެއްވެސް މެންބަރަކަށް އިތުބާރު ނުކުރާތީ އެހެން މީހަކަށް ފުރުސަތު ނުދީގެން އުޅެނީ. އެކަމަކު ދައްކާނެ މޭލޭޝިޔާގެ ވާހަކަ. އެހެން މީހަކަށް ފުރުސަތު ދީފިނަމަ ނަށީދުގެ ނަން ފޮތުގެ ބަނޑޭރި ގަނޑުގައިވެސް ނޯންނާނެކަން އޭނަޔަށް ކަށަވަރުވޭ. ދެން އުފެދޭ ސުވާލަކީ އެވަރު ބޮލުގެ ތެތްކަމެއް ހުރި އެމްޑީޕީގެ މެންބަރެއް ހަމަނެތީހެއްޔޭ؟ ނޫނީ ގޮތްދޫނުކޮށް ގަދަކަން ދައްކަންހޭ ބޭނުމީ ރަނގަޅަށް ފުނޑެންދެން.

  7. ޝައްކެއްނެތް

    ބަލިވާނެ

    • ކެނެރީީ

      ކެނެރީީ ބަލިވަާނީީ..

  8. އަބްދުއްލާ

    މާ ގިނަ ވާހަކަ ދައްކާނެ ކަމެއްނެތް ގާނޫނާ ހިލާފު ކަންކން ކުރާނަމަ ގާނޫނުގައިވާގޮތަށް އަމަލުކޮށްގެން ޕާޓީވެސް އުވާލަންޖެހޭނެ .ގާނޫނާ ހިލާފުވާނަމަ އެހިލާފުވާ ފަރާތްތަކާމެދު އަމަލުކުރުމަށް ގާނޫނުގަ ބުނާގޮތަށް އަމަލުކުރަންޖެހޭނެ.

  9. ޢާދިލު

    ގާނޫނޭ ކިޔަން ތާހިރެއްނު ފުރަތަމަ ތިމަން މީހާ ގާނޫނަށް ފިލައި ހުރެ.

  10. ޖޮއްބެ

    ނަޝީދަކީ އެމްޑީޕީ ޙިސޯރުކޮށްގެން އުޅޭމީހެއް. އޭނާއަކީ އާދަޔާޚިލާފަށް އަމިއްލަ އެދުން ބޮޑުމީހެއް. އޭނާބުނާހާގޮތަކަށް ކަންތައްކޮށްގެން ހުރިހާގެއްލުމެއް ލިބޭނީ އެމްޑީޕީ އަށް. އެކަން އެމްޑީޕީއަށްވެސް އެނގެންވާނެ. ނަޝީދަށް 2018 ގެ ރިޔާސީ އިންތިޚަބު ގައި ބައިވެރިވެވޭނެ އެއްވެސް ގޮތެއް ޙައިޘިއްޔަތެއްވެސް ނެތްއިރު ނަޝީދު ބުނާ ގޮތައް ކަންކަން ކުރުމުން އެއްމެފަހުން އެމްޑީޕީ އަށް ލިބޭނީ ދެމީދާ ފެހި ބުޅަލަށް ލިބުނު ކެހި ފަދަ ކެއްސެއް. އެއީ އެއްމެފަހު ވަގުތުގައި ނަޝީދަށް ބައިވެރިނުވެވި ޕާޓީއިން އެހެން ކެނޑިޑޭޓެއްވެސް ނެރެވޭގޮތް ނުވުމެވެ. އެހެންކަމުން ވިސްނުންތެރި ގޮތަކީ ނަޝީދު އެއްފަރާތްކޮށް އޭނާގެ ކިބައިން ބަރީއަވެ ޕާޓީން ރަނގަޅު ކެނޑިޑޭޓަކު ނެރެ ކެމްޕެއިން ކުރިޔަށް ގެންދިޔުމެވެ.

  11. ނުރަބޯ

    ޕާޓީއެކޭ ބުނާ ބައިގަނޑެއްގެ ކުރިމަތީގައި ކަމާބެހޭ ދާއިރާ ފަހަތަށްޖެހޭކަށް ނުޖެހޭނެ. އަދި އިންޝާﷲ ނުވެސް ޖެހޭނެ. އެންމެންނަކީ އުއްތަމަ ބެއްޔާއާއި ހުދުޖަނގިޔާ ފަދަ މީހުނެއްނޫނެވެ. މީގެކުރިންވެސް އެކިއެކި ކަންކަން ކަލޭމެން ގަދަބާރުން ކުރަން އުޅެފީމު ޕާޓީގެ މީހުންނެރެ ހަމަނުޖެހުން ހިންގައިގެން ސަރުކާރު ވަށްޓާލަން އުޅެފީމު، ރައީސް ގެ ބޮލުގައި ވަގުބަދުނާމު އަޅުވައިގެން އަގުވަށްޓާލަން މަސައްކަތްކަތްކޮށްފީމު، ބޭރު ގައުމެއްގެ ޢަސްކަރީބާރު ބޭނުންކޮށްގެން ސަރުކާރު ވަށްޓާލަން އުޅެފީމު، ރާއްޖޭން ބޭރުން ރާއްޖެއަށް އާމްދަނީލިބޭ ދޮރުތަށް ބަންދުކުރަން އުޅެފީމު، ގައުމުގައިތިބި މޮޔައިން ލައްވާ ގައުމުގައި ހުޅުޖައްސައިފީމު، އަދި އެންމެފަހުން ސުޕްރީމްކޯޓުގެ ދެ ޚާއިނުންނަށް ރިޝްވަތުދީގެން ސަރުކާރު ވަށްޓާލަން އުޅެފީމު އެހެންނަމަވެސް މާތްﷲގެ ރަޙްމަތްފުޅުން އެއްކަމެއް ވެސް ކާމިޔާބު ވެފައެއް ނެތެވެ. ދެންވެސް އިންޝާﷲ ހަމަވާނީ އެގޮތެވެ. އެހެން ކަމުން ކަލޭމެންނަށް އޮތް އެންމެ ރަނގަޅުގޮތަކީ ނަޝީދަށް ފުލުސްޓޮޕް ޖަހާފައި އެ މީހާގެ ކިބައިން ސަލާމަތްވުމެވެ.

  12. ކަނބުލޮ

    މަނީ ޖަޒީރާ ރައީސް ކިޔީ ކީއްވެތޯ މަ ވަރަށް ވިސްނައިފިން. މީނާއެކޭ ރެފިއުޖީ ނުވަތަ ޖިޕްސީ އެކޭ އެއްހާލު. މިނިވަނެއްގެ ގޮތުގައި އަމިއްލަ ގައުމުގަ އުޅެވޭކަށް ނެތް، ދިވެހި ރާއްޖޭގެ ވެރިކަން ބޭނުންވާތީ އެހެން ގައުމެއްގެ ރައްޔިތަކަށް ވެވޭކަށް ނެތް، ދެން އެއްގައުމުން އަނެއް ގައުމުން ލާހުރެނީ. ގިނަވެގެން މުޅި ދުނިޔޭގެ އުނގުޅެނީ. ޖަޒީރާ ރައީސްއެއް ވެސް ނޫން ކިޔަންވީ މުޅިދުނިޔޭގަ އުނގުޅޭ ރައީސް

  13. ބުހުތާން

    ތިކަހަލަ ޖަޒީރާ ރައީސް ދަންވަރު މިގޭ ބަދިގެތެރޭގައިވެސް އުޅޭ. މީހަކު ނޫޅޭތީ ވަރަށް ފުއްޕާފަ ނުކުމެ މުޅި ބަދިގެތެރޭ ދުވެނަގާ. މާ އުނދަގޫ ބޮޑުވީމަ އަހަރުން ޖަހަނީ ޝެލްޓޮކްސް އޭރުން ހޮރަށް ވަދެފިލާ. ޢަހަރުން މި ޖަޒީރާ ރައީސް އަށް ކިޔަނީ ކުރަފި.

  14. Mives vaahak

    ވެރިކަމައް ބޫތު