ފްރާންސްގެ އުފެއްދުންތައް ބޭނުންކުރުން "ވަގުތު" ނޫސްވެރިން ހުއްޓާލައިފިއެވެ.

ނޫސްވެރިންގެ އަމިއްލަ އިސްނެގުމަށް ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއި ފްރާންސް ސަރުކާރުން އިސްލާމްދީނާއި މެދު މީހުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާތީ އާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރަމުން ގެންދާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ފްރާންސުން ވަރަށް ގިނަ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އަށް އެތެރެ ކުރެއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ސެންޓާއި ބޮޑީ ސްޕްރޭ އާއި ކާބޯތަކެތީގެ ބާވަތްތައް ވެސް ހިމެނެއެވެ. އެންމެ އާއްމުކޮށް ދިވެހިން ބޭނުން ކުރާ ބައެއް ބްރޭންޑްތަކުގެ ސޮސެޖަކީ ވެސް ފްރާންސުން އެތެރެކުރާ ތަކެއްޗެވެ.

"ވަގުތު"ގެ ނޫސްވެރިޔަކު ބުނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރަން "ވަގުތު" ނޫސްވެރިން ނިންމި ސަބަބަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ފްރާންސުން ހިންގަމުން ގެންދާ ކަންކަން ކުށްވެރިކޮށް އަދި އާއްމުންގެ މެދުގައި އެކަމާއި މެދު ހޭލުންތެރިކަން އިތުރު ކުރަން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަބަބުން ފްރާންސް ފަދަ ބޮޑު ގައުމަކަށް މާބޮޑު އަސަރެއް ނުކޮށްފާނެ. ނަމަވެސް މިނިންމުގެ ބޭނުމަކީ ފްރާންސްގެ ލާދީނީ އަދި ލާއިންސާނީ ނިންމުންތަކާއި އަޅުގަނޑުމެން ދެކޮޅުކަން ހާމަކުރުން." ނޫސްވެރިޔާ ބުންޏެވެ.

"ވަގުތު" އިން މީގެ ކުރިން ވެސް ވަނީ މިފަދަ ބައެއް ނިންމުންތައް ނިންމާފައެވެ. އިސްރާއީލާއި އެމެރިކާ އިން މުސްލިމުންނަށް އަނިޔާކޮށް މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރުމުގެ ގޮތުން އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚަބަރުތައް ގެނެސްދޭއިރު ރީތި ބަސް ބޭނުން ނުކުރަން ވެސް ކުރިން "ވަގުތު" އިން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ވަރަށް ގިނަ އިސްލާމީ ގައުމުތަކުގެ ވެރިންނާއި އާއްމު ރައްޔިތުން މިހާރު ގެންދަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ. ނަމަވެސް ފްރާންސް ސަރުކާރުން އިސްލާމްދީނަށް ފުރައްސާރަކޮށް ކުރަމުން ގެންދާ ކަންކަމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ސިޒޫ

  ސާބަސް ވަގުތު ނޫސް..ތިޔަ ދެއްކި ނަމޫނާ ވަރަށް ފުރިހަމަ

  147
  10
  • އަމީން

   ޝުކުރުވެރިވަން ވަގުތު ނޫސްގެ ތި ނިންމުމަށް. ރައްޔިތުންނާ ހަމަޔަށް އެންމެ ތާޒާ ފަހުގެ ހަބަރު ގެނެސް ދިނުމުގެ އެއްވަނައަކީ ވަގުތު ނޫސް...

   20
   2
 2. ޢަލީ

  ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުރާސް އިން އެތެރެކުރާ މުދަލާ ބެހޭ މައުލޫމާތު ހާމަކޮށް ދިނުން އެދެން..

  122
  7
 3. ހަނީ

  ފުރާންސް ގެ ހުރިހަ އުފެއްދުމެއް އުފަައްދަނީ ސަރުކާރުން؟؟؟
  މުސްލިމުންގެ އާބާދީ މަދު ގައުމެއް ނޫން އެެއީ. ތިކަމުން މުސްލިމުން ނަށް ދަތި ވުން ކައިރި.......

  22
  70
  • ޢާލިމް

   ގާތްގަނޑަކަށް އާބާދީގެ %5.7 ވަރު މުސްލިމުން އުޅޭނެ. އެއީ 3.7 މިލިއަން ވަރު
   65 މިލިއަން ގެ އާބާދީ އެއް އޮންނަ ގައުމެއް

   6
   2
 4. Anonymous

  ރާއްޖެއައް އިންޕޯޓް ކުރާ ފްރާންސްގެ ހުރިހާ ޕްރޮޑަކްޓްސްތައް ވަގުތުން ހުއްޓާލަންޖެހޭ. ސަބަބަކީ އަހަރެމެންގެ ލޮބުވެތި މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމްގެ އަބުރުފުޅައް ކުޑައިމީސް ކުރީމަ.

  111
  5
 5. އަސަރު ކުރަމުން ދަނީ

  މަރްޙަބާ ވަގުތު ނޫސް. ތިއީ ވަރަށް ރަނގަޅު ނިންމެވުމެއް

  "އަޅުގަނޑުމެންގެ ސަބަބުން ފްރާންސް ފަދަ ބޮޑު ގައުމަކަށް މާބޮޑު އަސަރެއް ނުކޮށްފާނެ."
  އިސްލާމީ ގަވްމުތަކުން ބޮއިކޮޓް ކުރަމުންދާތީ ފްރާންސް އިން ކަންބޮޑުވެ ބޮއިކޮޓް އުވާލަދިނުމަށްވެސް އެދިފައިވޭ.
  ވީހާވެސް ގިނަ ފަރާތްތަކުން ބޮއިކޮޓް ކުރަމުންދާންވީ

  85
  6
 6. ސ

  ފްރާންސްގެ އުފެއްދުންތައް ލިސްޓް އައުޓް ކޮށްލަބަ، އޭރަށް އިނގޭނީ

  73
  6
  • ވަގުތޫ

   ވަގުތުގަ އުޅޭކުދިންނަށް އިނގޭބާ ރާއްޖޭގަ ގެންގުޅޭ “ފްރާންސް” ގެ އުފެއްދުންތައް؟ ހާމަކޮށްދީބަލަ. އޭރުންތާ އަހަރެމެނަަށްވެސް އެ ބޭނުން ނުކުރާން އިނގޭނީ. ކަންދައްކަން ސުރުހީއެއް އަޅާލިޔަސް ނުފުދޭ.

   44
   16
 7. ވިސްނާލުމަށް އެދެމޭ

  ވަގުތު ނޫހަށް މަރުހަބާ އެކަމަކު ހިތާމަވެރި ކަމަކީ މިއަ ދު ވަގުތު ނޫހަކަށް އެމެރިކާއާ ދެކޮޅަށް ރީތިބަސް ބޭނުން ނުކުރުމުގެ ހިއްވަރެ ނު ދެއްކޭނެ...އިންޑިއާގެ ނޭއްގާނީ ވާހަކައެއް ނު ދެއްކޭނެ..އިންޑިއާ ދެކޮޅު ކޮމެންޓެ ނުޖެހޭނެ.. ދިވެހިގައުމު އަޅުވެތިކޮށް މިނިވަންކަން ނަގާލާއިރު މިއަ ދަކު ވަގުތަށް އިންޑިއާ ނުރުހޭގޮތަކަށް ހެޑްލައިނެ ނުހެ ދޭނެ..ވަގުތުނޫހަކީ އިރެއްގަ ދިވެހިގައުމުގެ ރޫޙުކަމަށްވިޔަސް މިއަ ދު ވަގުތުނޫހަކީ ނީލަމުގަ ވިކިފައޮތް ނުހެއް..ސޮރީ ވަގުތަށް ..

  32
  11
 8. ބޮއިކޮޓް

  @ޢަލީ، މިއީ ބޮއިކޮޓް ކުރަމުންދާ ބްރޭންޑް ތަކުގެ ލިސްޓެއް.
  Danone
  Activia
  Evian
  Perrier
  Doux
  LU
  LU (Pim’s)
  Tefal
  ASeB
  Moulinex
  BIC
  GAULOISES
  Alcatel-Lucent
  Capgemini
  Lafarge Cements
  Total
  PEUGEOT
  CITROEN
  Michelin
  Elf
  BNP PARIBAS
  SOCIETE CENERELE
  Cartier
  Dior
  LANCOME
  YVESSAINTLAURENT
  LOUIS VUITTON
  LACOSTE
  ACCOR
  SOFITEL
  L’OREAL
  GARNIER (Take care)
  Chloe
  CHANEL
  NINA RICCI
  GIVENCHI
  ibis

  33
  5
  • މީރާ

   ތިތަނުން އެއްބައި އެއްޗިއްސަކީ އެމީހުންގެ ފްރެންޗައިސް އައުޓްލެޓްސް. ހަމަ ގޫގުލްކޮށްލާފަ ތަނެއް ދޮރެއްބަލާ ނުލާ ތި ލިޔެލަނީ. ގެޓް ޔޯ ފެކްސް ރައިޓް. ވާނުވާ އިނގުން މުހިންމު

   8
   3
 9. ހުސޭ

  ދިވެހި ސަރުކާރައް ނުކެރޭނެ ތިކަމުގަ ބަހެއް ބުނާކައް....

  51
  3
 10. Anonymous

  ސާބަހޭ ލޯބި ވަގުތު ނޫހަށް.
  ތިޔައީ މިސާލެއް ހުރިހާ ހެޔޮކަމެއްގައިވެސް.
  ހިނގާލަންވެސް ނުކުންނަށްވީ
  އަޑު އުފުލަނީ
  މުސްލިމުން މިކަހަލަ ކަންތައްތައް ކުއްވެރި ކުރަން ޖެހޭ. އެކަމަކު މިސަރުކާރު އަދި އެއްޗެއް ނުބުނޭ
  .

  53
  5
 11. ޔޫސުފް

  އިންޑިއާގެ އުފެއްދުންތައް ކީއްވެތަ ބޮއިކޮޓް ނުކުރެވިގެންތިއުޅެނީ، އެއީ މި ސަރަޙައްދުގައި އިސްލާމް ދީނަށް ފާޅުގަ ފުރައްސާރަކޮށް އެތައް މުސްލިމުންނެތް މަރަމުންދާ ބައެއް. އިންޑިއާއައުޓް،

  10
  2
  • ސިޒޫ

   ްޗައިނާގެ އުފެއްދުންތައްވެސް..ޗައިނާއިން އެތައްމުސްލިމުންނެއް ކޮންސެންޓްރޭޓަން ކޭންޕް ތަކުގައި މަރަމުންދޭ

   4
   2
 12. ޖަޒީރާމަނިކު

  މިހާރު މިއޮތް ދިވެހިސަރުކާރަކީވެސް އިސްލާމްދީނާ ދެކޮޅު އަދި އެދީނަށް ފުރައްސާރަކުރާ މީހުނަށް ހިމާޔަތާ ރައްކާތެރިކަމާއި ރައީސްއޮފީހުން ވަޒީފާވެސްދޭ ސަރުކާރެއް. މިސަރުކާރުން ތިޔަކަމާދެކޮޅަށް އެއްވެސް އެއްޗެއްބުނާނީ ރައްޔިތުން ހަޅޭއްފަޅޭއް ލާ ރައީސް މީހާ އަށް ހެއްދެވި ނެހެއްދެވިއަށްގޮވީމާ. މީހަމަ ސީދާ ލާދީނީ ސަރުކާރެއް.

  7
  2
 13. މުސަލްމާން

  ސުކުރިއްޔާ!

  3
  2
 14. އީތޭން

  Thank you 💖

  5
  2
 15. ހައިޝަމް

  ޝުކުރިއްޔާ..... ސާބަހޭ ކުދިންނޭ... 💖

  5
  2
 16. ސައިމޮ

  އާންމު ކޮށް ރާއްޖޭގެ މީހުން ބޭނުން ކުރާ ފްރާންސް ގެ އުފެއްދުންތަ ކުގެ ލިސްޓެއް ޕޯސްޓް ކޮށް ދެއްވުން އެދެން

  6
  2
 17. ޓަކަފިރޯށި

  ވ.ހިތްވަރުގަދަ ނިންމުމެއް! ސާބިތުވެތިބޭތި!

  11
  2
 18. ރަދީފް

  ސާބަހޭ ވަގުތު.

  14
  2
 19. ނުރަބޯ

  ތިމާމެން އެކަނި ބޭނުން ނުކުރިއަކަސް ނުފުދޭނެ. އެހެން މީހުންނަށް ވެސް އެ ފުރުސަތު ފަހިކޮށް ދޭންޖެހޭނެ. ތިޔަހެން ފައިކޮޅު ދަމާފަ އޮޅުންސުވާއްޔެއް ހެން ހުންނަ އަކުރު ތަކަކުން ނުލިޔެ އެންމެންނަށް ވެސް ކިޔަން އެނގޭ ގޮތަކަށް އޭރިއަލް ފޮންޓުން ލިޔެލާފަ ދީބަލަ. ރީނދޫ ފިކުރުގެ ލާދީނީން ނޫން އެހެން އެންމެންނަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމް އަށް ނަޞްރު ދޭނޭ މީހުން.

  4
  2
 20. ޏަމް ޗަމް

  ވަރައް ގިނަ ޕާން، ކޭކު މިފަދަ އެއްޗިހި ފިހާ މީހުން ގިނައިން ބޭނުންކުރަނީ ފުރެންޗް ބަޓަރު. ދެން ކިހިނެއް ހަދާނީ؟ މަ ކޮންމެ ކެފޭއެއް ނުވަތަ ބޭކަރީއަކައް ވަދެ އެމީހުން ބޭނުން ކުރާ ބަޓަރު ނެރެން ބުނާނަން.

  9
  3
 21. ދިވެހިންގެ ވިންދު

  މިކަލޭގެ މީބޮޑު ޖާހިލެއް. އަބޫޖަހުލުގެ ޖަހުލުން އުޅޭނެ. ބޮޑު މޮޔަ.

  4
  3
 22. ބެލެންސް

  ވަގުތު ނޫސް ދެކެ ވަރަށް ލޯބިވޭ.

  4
  2
 23. އަޙްމަދު

  ސާބަސް