އިކުއަޓޯރިއަލް ގިނީއާ އެކު ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. ގައި ހުންނަ އިކްއެޓޯރިއަލް ގިނީގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުުގައި ކަމަށެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރެވެ. އަދި ގިނީންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނަޓޯލިއޯ ޑޮންގްއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ވެސް ދެ ގައުމުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މިއީ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި 169 ވަނަ ގައުމެވެ.

ރާއްޖެ އިން އަންނަނީ އެފްރިކާގެ އެކި ގައުމުތަކާ ސިޔާސީ ގުޅުން ގާއިމުކުރަމުންނެވެ. އެގޮތުން އައިވަރީ ކޯސްޓާއި ޒެމްބިއާ އަދި ކޮންގޯއާ އެކު ސިޔާސީ ގުޅުން ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު