ގިނަ އަދަދެއްގެ ނަރުހުން ހޯދަން ހެލެތް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ހާމަކޮށްފައިވާގޮތުގައި، އެ މިނިސްޓްރީގެ ދަށުން ހިންގާ ސިއްޚީ ހިދުމަތް ދޭ ތަންތަނަށް ދާއިމީ 595 ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވިގޮތުގައި، ކުރިން އެ މިނިސްޓްރީން ނަރުހުން ހޯދަންކޮށްފައިވާ އިއުލާނު ވަނީ ބާތިލްކޮށްފައެވެ.

ނަރުހުންނަށް މުސާރައިގެ ގޮތުގައި 5،610ރ. އަދި ސާވިސް އެލަވަންސަށް 2،500ރ. ދޭނެ އެވެ. އަދި އެ އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ނަރުހުންގެ މަގާމަށް އެދޭ މީހުން މި މަހުގެ 27 ގެ ކުރިން، އެ ވަޒީފާ އަށް އެދޭ ހޮސްޕިޓަލަކަށް ނުވަތަ މަރުކަޒަކަށް ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ނަރުހުން ތަމްރީނުވެގެން ނިކުމެވެ. ނަމަވެސް ބިދޭސީ ނަރުހުން ނުގެނެސް ވާނެގޮތެއް ނޯވެ...