މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އަނެއްކާވެސް ގެއްލުން ދީފިއެވެ.
އޭނާ މިއަދު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ރޭގެ ވަގުތެއްގައި އޭނާ މިހާރު ޓެކްސީ ކުރާ ކާރު ޑްރަގް ކޯޓު ކުރިމަތީ ޕާކްކޮޮށްފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލާފައި ކަމަށެވެ.
"މިއީ އަޅުގަނޑު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި ފަސް ވަނަ ފަހަރު. މިހެން މިކަންވުމުގެ ސަބަބުން އަޅުގަނޑަށް މު ވަނީ ބޮޑެތި ގެއްލުންވެ ކާންބޯން ކުރާ މަސައްކަތް ހުއްޓިފައި". އައިންތު ފޭސްބުކްގައި ޖެހި ޕޯސްޓުގައި ވެއެވެ.
އައިންތު އިތުރަށް ބުނީ އެކަމުގައި ދާއިމީ ހަައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމަާ އާއްމު ރައްޔިތުންގެ އެއްބާރުލުން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މީގެ ކުރިންވެސް އައިންތުއަށްވެސް ހަމަލާދީ، އޭނާގެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ.
އައިންތު އަކީ މާލޭގައި ޓްކެސީ ކުރާ ހަމަ އެކަނި އަންހެން ޑްރައިވަރު ކަމަށްވާއިރު، އޭނާ އެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުއެވެ.
މިކަން ބެލޭނެ ހަމަ އެއްގޮތެއްވެސް ނެތީތަ؟ މިހާރު ރޯމާ ދުވާލު ވައްކަމާ ފޭރުމާ، ދުނިޔޭގަ ލެއްވިހާ ކުށްތަކެއް މިކުރަނީ
މީދެން ކިހާ ދެރަކަމެއް. މިއަންހެން މީހާއައް މި އުނދަގޫ ކުރާ މީހުން ހިފާ ހައްޔަރުކޮއް ހައްގު އަދަބު ދޭން ގޮވާލަން
ފުލުހުން އަޅެބަލާދީބަލަ މިކަންތައް
އެމީހުން ބުނީ އައިންތު ގޭގަ އޮވެގެން ކާރުދުއްވާށޯ، އޭރުން ކާރުގެ ބިއްލޫރި ތަޅައިގެން ނުދާނެޔޯ. ތީ އިސްލާމު ދީނުގަ ހަރާންކަމެކޯލަ!
މީގެ 4މަސް ކުރިން މިނިސްޓރު ނަހުލާ ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތި ތަކަށް ހައްލު ހޯދާދޭނޭކަމަށް. އެއްވެސް ޑްރައިވަރަކަށް ހައްލު ހޯދާދީފިތޯ؟ ގާސިމަށް ކޮންމެސް ކަމަށްދަތިވާތީ ހައްލު ހޯދާދީފި އިތުރު އަންތްބަކުން.