ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ޝުކޫރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަނޑިޔާރު ޝުކޫރް މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާ ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ޖޭއެސްސީން މިއަދު ބުނީ. އެ ކޮމިޝަނުން ފަނޑިޔާރު ޝުކޫރު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، މިއަދު އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ އިސްތިއުފާ ދެއްވި ހިސާބުން ފެށިގެން ފަނޑިޔާރުކަމުން ވަކި ވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ވަކި ކުރަން ޖޭއެސްސީ އިން ނިންމާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ހިނގާފައިވާ ކަން އެ ކޮމިޝަނަށް ފާހަގަކުރެވުމުން ކަމަށް ބުނެއެވެ. އެހެންކަމުން ފަނޑިޔާރުންގެ ސުލޫކާ އޭނާ ކަނޑައެޅިގެން ހިލާފްވެފައިވާ ކަން ޖޭއެއްސީން ފާހަގަކުރެއެވެ.

އެގޮތުން ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ. ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، ހައްޔަރު ކުރެވިފައިވާ ފަރާތުގެ ގާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސް މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީ އުރައަކާ ހަވާލުވެފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދު ކުރާ ކަން ހާމަކޮށް ވާހަކަ ދައްކައި ވޯޓް ހޯދުމަށް ޝުކޫރު މަސައްކަތް ކޮށްފައިވާ ކަމާއި، އެ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދިފައިވާކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ.

އެ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން މެޖިސްޓްރޭޓް ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުކުޅޭ

    ޖޭ. އެސް. ސީގަ މިހާރު ތިބި މީހުން މި ސަރު ކާރު ގެނައުމަށް އެއްވެސް މަސައް ކަތެއް ނު ކޮށް ހަމަ ހުދުފޮތި ހެން ތިބީތަ؟ މީހަ ކު ފަހެ ބީތާއެއް ނުވާނެތަ؟

  2. ފެކްޓް

    މީގެ ހެއްވާ ތަންކޮޅަކީ އެއިންމީހަކު އިސްތިއުފާދޭ ހިސާބުން އެކަން ނިމޭތީ! ހީވަނީ އެހިސާބުން އިންސާފު ޤާއިމް ކުރެވުނީހެން.
    މީހާ މަސްއޫލިޔަތާ ޙަވާލުވެގެން ހުންނައިރު ކުރާ ކަންކަމުގެ ސަބަބުން އެމީހަކު ކުއްވެރިވާކަމަށް ސަބިތުވަންޏާ ހަމަ އެކަނި މަޤާމުން ވަކި ކުރުމުން ނުވަތަ އެމީހަކު އިސްތިއުފާ ދޭހިސާބުން އެކަން ނިމިގެން ނުވާނެ! އެގޮތަށް އެކަން ނިމެންޏާ ތިބުނާ އިންސާފް ހޯދާދިނުން ދެކޮޅެއް ނުޖެހޭ ދެއްތޮ! އެމީހަކު ކުރި ކުށުގެ އަދަބުވެސް ލިބެން ޖެހޭނެ. ޒިންމާދަރު މަޤާމުތަކުގަ އުޅެނީ މޭ ފުއްޕާފަ ތިމާމެން ހިތު ހުރިހާ ގޮތަކަށް އުޅެކަށް ނޫން.

    2
    2
  3. ލލ

    ދައުލަތުން ދިވެހި ފަޑިޔާރުންނަށް ބިރުދައްކާ ފަޑިޔާރުން ނާއި މެދުގައި ބޭއިންސާފުން ކަންކުރަމުންދާ މައްސަލަ އދ ށާއި އޯއައިސީއަށް ވެސް ހުށަހަޅަން ވެއްޖެ ނުންތޯ !