ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަމް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅީ "ދިޔަރެސް" ނޫހުގެ ނޫސްވެރިއާ އަހުމަދު އަޒާންއެވެ. އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތިން އަޑުއެހުމެއް ވެސް ބޭއްވިއެވެ. ނަމަވެސް މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައެއް ނުވެއެވެ.

މައްސަލައިގެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވީ ސިއްރުކޮށްގެންނެވެ. އޭގެ ފަހުން އިންފޮމޭޝަން ކޮމިޝަނަރާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުން އާންމުކޮށް ހުޅުވާލައިގެން ވެސް ބައްދަލުވުމެއް ބޭއްވިއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގަ އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.

އަދި އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ހާމަކޮށްފައި ވަނީ މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ކަމާ ގުޅޭ ފަރާތްތަކުން ދެއްކި ގާނޫނީ ހުއްޖަތްތަކަކީ ބަލައިގަނެވޭނެ ހުއްޖަތްތަކެއްގެ ގޮތުގައެވެ. ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތަހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ.

ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ސިމާހު ވިދާޅުވީ އަޒާން އެ މައުލޫމާތު ހޯދަން އެދުމާއި އެކު އެ މިނިސްޓްރީން ވާނީ މިކަމުގެ މައުލޫމާތު ހާމަކުރެވެން އޮތްތޯ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހަޅާފައި ކަމަށާއި، އެމަޖިލީހުން ވަނީ މި މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިކަމަށެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުސޭނުބޭ

    މާނައަކީ ދިވެހިރާއްޖެއަކީ ޑިފެންސް މިނިސްޓަރުގެ އަމިއްލަ މުދާގަނޑެކޭ ދެއްތޯ!

  2. ރައްޔިތު

    މި ސަރުކާރަކީ ރައްޔިތުންނަށް އިހުސާސްތެރި ސަރުކާރެއް ނޫން. އަމިއްލަ ވަހުށީ އެޖެންޑާ އެއް ކުރިއަށް ނެރެގެން އުޅޭ ބައިގަޑެއް. ބައްލަވާ
    ހދ ހަނިމާދޫ
    ލ. ކައްދޫ
    ލ. ގާދޫ
    އައްޑުއަތޮޅު
    ރައްޖޭގެ އުތުރާއި މެދު އަދި ދެކޮނުގައި އިންދިޔާ ބުދިސްޓުން މޮބިލައިޒްކޮށް އެތަންތަގައި ގަރަރުވެ އެތިބީ ހެޔޮނިޔަތަކު ނޫން.

  3. ރެފްރީ

    އެކަމުންވެސް ވައްކަންކުރަން !! ކީކޭދެންބުނާނީ ؟، އެމީހުންގެއަދަދު ބުންޏަކަސް ތިބޭފުޅާގެ އަނގަތޭގައޮތްދޫ ނުފައިބާނެކަންޔަގީން !!

  4. ނުރަބޯ

    ހަމައެކަނި އިންސާނީ އެހީގެ މަސައްކަތަށް އައިސްތިބިކަމަށް ތިބުނާ ބައެއްގެ އަދަދު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތެއް ހަމަ ވިސްނާ ވިސްނާވެސް ނުވިސްނުނު.

  5. ރޯދަމުބާރަކް!

    ވީމާ މި ޔަގީންވީ މި ކަމުގައި ކަންތައްތަކެއް ހިނގަމުންދާކަންތާ! މި ހުރިހާ ދުވަހު ދެއްވި ބަޔާންތައް މިވީ ހުސްވާހަކައަށް ތާ! ޢުސްތާޒް ޖަމީލް އާއި އަލްފާލިލް އުމަރު ގެ ބަސް މި ވީ ރަންގަޅުކަމަށް ތާ!

  6. ނަފީސާ

    ހައިރާންވެ އަންތަރީސް އެބަވޭ ކޮބާތޯ އަދަދު ހާމަކުރީމަ ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބަކީ؟ މިދިވެހި ފަސްގަނޑަކީ ވަކިބައެއްގެ ވާރުތަ މުދާގަނޑެއް ނޫން. މީއަހަރެމެންގެ ވެސް ބިން. މިތާއުޅޭ ބައެެއްގެ މައުލޫމާތު އަހަރެމެން އެނގުމުގެ ހައްގުން އަހަރެމެން މަހުރޫމުކުރަނީތަ؟ އިންޑިއާއިން އަންނަ ބޯޓު ފަހަރުތަކުން ގެންނަ ބޮޑެތި ސިންގާ ފޮށިގަނޑުތައް ޗެކްކުރުމުގެ ހުއްދައެއް ނެތް. މިތަނަށް ގެނެސް އަޅާފަ ތިބި މީހުންގެ އަދަދެއް ހާމަކުރެވޭކަށް ނެތް. މިކަމުން ހާމަނުވޭތޯ ރައްޔިތުންނަށް އޮތް ނުރައްކާ؟ މާދަމާ އިރުއަރާއިރު ވެރިކަމުގަ ހުންނާނީ އިންޑިއާ ބޮޑުވަޒީރެއް ނޫން ބާވައޭ ހިތައްއަރާ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނވޮޑިގެންވަނީ ﷲ.

  7. ނަފީސާ

    And (the unbelievers) plotted and planned, and Allah too planned, and the best of planners is Allah.”

    1
    1
  8. އަހުމަދު

    އިންޑިއާގެ ސިޓީ އެއް މި ރާއްޖެއަކީ. ވީމާ ތިކަހަލަ މައުލޫމާތެއް ހާމަ ނުކުރެވޭނެ.

    1
    1
  9. ހަނި

    ދިވެހިރާޖެ އޮތިހަގުމައެތްގެތޭރީގަނުނެއެވެ އިންޑިޔާސިފައިން ބައިތިބާގެންނުވާނެ ބާމަނަވަރެތް ބާހެލި ކޮޕްޓަރެތް ދިފާ އަަރެމެންގެ އަހަރެމެންގެ ގައުމް ދަރުވާލާފި އިންޑިޔާސިފައިން މިގަމްންބެރު ކުރޭ

  10. އިބްރާ

    ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މަސައްކަތްކުރަނީ ދިވެހިންގެ މަސްލަހަތަށްވުރެ އިންޑިޔާގެ މަސްލަހަތު ހިމާޔަތްކުރަންކަން މިއޮތީ ފަޅައިއަރާފައެވެ. މިހެންމިވަނީ އިންޑިޔާއިން ބޮޑެތިލޯނުނަގައިގެން ދައުލަތުގެ މުވައްޒަފުންނަށް މުސާރަދެމުންދާ ދުވަސްވަރެއްގައިކަމުން މި ސަރުކާރު އިންޑިޔާގެ ދަށުވެފައިވާތީ ވެގެންއުޅޭ ގޮތެކޭވެސް އެބަހިތަށް އަރުވާންޖެހެއެވެ.

  11. ލަނޑާ

    ހަނދާން ކުރާތި. ކަލޭމެން އަހަރުމެންގެ މި ލޮބުވެތި ވަތަނައް ގައްދާރު ވެއްޖެ. ﷲ އިރާދަ ކުރެއްވިއްޔާ އަދި މިނިވަންކަން ހޯދާނަން.

  12. ކޮވިޑް

    ތިޔަ ކޮމިސަން އިން ހާމަ ކޮށް ދެވޭނެ މައުލޫމާތު ތައް ނަގާލާފަ އޮންނަ ނަމަ ހަމަގައިމުވެސް ވަގުތު ލާމަތް ކުރެވޭނެ ދޯ؟

  13. އިސްތިއުފާދީ

    ޚުދު މިސަރުކާރުގެ ވެރިންނަކަށްވެސް ނޭނގޭ މިގައުމުގައި ތިބީ އިންޑިއާގެ ކިތައް ކިތައް ސިފައިންކަމެއް.

  14. ގެއްލުނު ލޯބި

    އާން. ނުޖެހޭނެ.
    ދިވެހި ރައްޔިތުންނަށް އެނގެންޖެހޭނެ ހަމައެކަނި ކަމަކީ ވޯޓު ލާންޖެހޭކަން އެކަނި.

  15. އާދޭސް

    މިފަސްގަނޑުގައި އެމީހުން ކުރާކަމަކާއި ތިބޭ ބޭނުމާއި ތިބި އަދަދު ހާމަކޮށް ދޭންޖެހޭނެ.. އެހެންނޫނީ އަވަހަށް އިސްތިއުފާ ދެއްވާ
    އިސްތިއުފާ
    އިސްތިއުފާ

  16. ސުމާރު

    ހާމަނުކުރިމަށްސަލަ ބަލައި އެމީހަކާދޭތެރޭ ގާނޫނީ ފިޔަވަޅު ވަގުތުން އަޅަންޖެހޭ މިއީ ގައުމުގެ ސިޔާދަތަށް ނުރަށްކާތެރި ނިންމުމެއް މަށްސަލަވަރަށް ސީރިއަސް ....!!!

  17. ޙހަަ

    އެހެން ގަމުއެއްގެ ސިފައިން ތިބޭނަމަ އެ ގައުމުން ރާއްޖެ ދެބުރިއަސް ނަގައިދޭނެ. އިންޑިޔާ މީހުން ތިބީމަ ރައްޔިތުންގެ ޓެކްސް ފައިސާ ދޭންޖެހެނީ އެމީހުނަށް. މިކަން ހާމަ ނުކޮއް ދެން ކޮންކަމެއްހާނަކުރަންޖެހެނީ. ކޮމިޝަނަރ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަތުމަށް ގޮވާލަން.

  18. ކާކައތޯ ސިއްުކުރެވޭނީ

    ތިޔަތާ ތިތިބީ ހުސް އެމްޑީޕީގެ މަގުމަތީކުދިންކޮޅު ވައްދާފައި ދިޔާކަހަލަގެ ކަންކަންފާސް ކުރަން ކިތައްމެ ވަރެއްދައކާލިޔަސް މާތްﷲ އައްސިއްރެއްނުކުރެވޭނެ އަދި ރައްޔިތުންނައް އެނގޭނެ

  19. ޓަކި މޫނާ

    ބަލަ ރައްޔިތުންގެ ޤައުމޭ މީ، ކަލޭމެން ތި ތަނަށް ހޮވާފަ ތިހިރީ ރައްޔިތުންނޭ. ރައްޔިތުންނަށް އިނގެން ޖެހޭ ކަމެއް އެއީ! ކަރުގަ ޓައި އެއް އެޅުމީމަ ތިހުންނަނީ މީހާ އޮޅިފަ.